ޕްރިންޓެކް ޕްލޭސްޓޭޝަން ފީފާ ޓޯނަމަންޓް 2020ގެ ޗެމްޕިއަންކަން އަނޫފް އަށް

ތިނަދޫ އެސޯސިއޭޝަން ފޯ ޔޫތު ޑިވެލޮޕްމެންޓް އެންޑް އެމްޕަވަރމަންޓް (ޓޭޑް) ޖަމިއްޔާއިން އިސްނަގައިގެން ތިނަދޫގެ ޒުވާނުންނަށް ހުޅުވާލައިގެން ބޭއްވި ޕްރިންޓެކް ޕްލޭސްޓޭޝަން ފީފާ ޓޯޯނަމެންޓް 2020 ގެ ޗެމްޕިއަންކަން އަނޫފް އަހުމަދު ހޯދައިފިއެވެ.

ތިނަދޫ މާވަށް ދިހަރޭ ޕާކުގައި ކުރިޔަށް ގެންދިޔަ މި މުބާރަތުގެ ޗެމްޕިއަންކަން އަނޫފް ހޯދާފައި ވަނީ މިރޭ ކުޅުނު ފައިނަލް މެޗުގައި 3 ލަނޑު 2 ލަނޑުން މޮޅުވެގެންނެވެ. އެގޮތުން އަނޫފް އާއި ފައިނަލުގައި ދެން ކުޅުނު ބައިވެރިޔާ ނިރުފާއު ވަނީ ވާދަވެރި މޮޅު ކުޅުމެއް ދައްކާފައެވެ.

މި މުބާރާތުގެ ނަތީއްޖާ އިއުލާނު ކުރުމުގެ ރަސްމިއްޔާތު މިރޭ ކުރިއަށް ގެންގޮސްފައި ވާއިރު މި ރަސްމިއްޔާތުގައި ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އަނޫފް އަށް ކެފޭ ސޮލެއިލްގެ ފަރާތުން ދެއްވި ގިފްޓް ވައުޗާ އާއި ޔޫރޯ މާރކެޓިންގ ގެ ފާރާތުން ދެއްވި ގިފްޓް ޕެކް ވެސް ހަވާލުކޮށްފައެވެ. އަދި މި މުބާރާތުގެ މެއިންސްޕޮންސާރ ކަމަށްވާ ޕްރިންޓެކްގެ ފަރާތުން ހުށަހަޅާފައިވާ "ޕީއެސް 5″  ހަވާލު ކޮށްފައެވެ.

ތިން އަހަރުގެ މުއްދަތަކަށް ޓޭޑް ޖަމިއްޔާއިން ޕްރިންޓެކާއި އެކު ސޮއިކުރި ކޮންޓްރެކްޓެއްގެ ދަށުން މި މުބާރާތް 2020، 2021 އަދި 2022 ވަނަ އަހަރު ތިނަދޫގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް