logoEN
ކޮކާކޯލާ
ހިއްސާއަކަށް 65 ރުފިޔާ ބަހަން އެސް.ޓީ.އޯ އިން ފާސްކޮށްފި

ހިއްސާއަކަށް 65 ރުފިޔާ ބަހަން އެސް.ޓީ.އޯ އިން ފާސްކޮށްފި

FUBSr50VUAAeUmK

ހިއްސާއަކަށް 65 ރުފިޔާ ބަހަން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން ފާސްކޮށްފިއެވެ.

އަބުޅޯ

އެސް.ޓީ.އޯ އިން މިގޮތަށް ފާސްކުރީ މިހާރު ކުރިއަށްދާ އެކުންފުނީގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައިއެވެ.

މެރީނާ އެޓް ކްރޮސްރޯޑްސްގައި ކުރިއަށްދާ އަހަރީ އާންމު ޖަލްސާގައި ކޮންމެ ހިއްސާއަކަށް 65 ރުފިޔާ ބަހަން އެސް.ޓީ.އޯ.އިން ފާސްކުރިއިރު، މިއަހަރު އެސް.ޓީ.އޯއަށް 487 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިގެން ދިޔައެވެ. އެގޮތުން އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ތެޔޮ ވިއްކައިގެންނެވެ. އަދި ހަމަ އެހެންމެ، މަސްވެރިކަމުގެ އުފެއްދުންތަކުގެ ވިޔަފާރިއާއި ޝިޕިންގެ ވިޔަފާރިންވެސް އެކުންފުނިން ނިމިދިޔަ އަހަރު ބޮޑު އާމްދަނީ އެއް ހޯދިއެވެ. ހިއްސާއަކަށް 65 ރުފިޔާ ބަހަން އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކުރިއިރު، މިއީ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންވެސް ފާސްކުރިގޮތެވެ.

undefined

އެސް.ޓީ.އޯގެ ސަބްސިޑަރީ ކުންފުނި، ފިޔުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޑެލިވަރ ކުރަ ތެލުން އަދި އެނޫންވެސް ގޮތްގޮތުން ވިކުނު ތެލުން އެސް.ޓީ.އޯއަށް ނިމިދަޔަ އަހަރު ބޮޑު ފައިދާއެއް ލިބިގެން ދިޔައިރު، އެސް.ޓީ.އޯގެ އަހަރީ ރިޕޯޓް ދެއްކިގޮތުން މުޅި އެސް.ޓީ.އޯ ގްރޫޕަށް ގޮންޖެހުންތަކެއް ހުރި ކަމުގައިވީ ނަމަވެސް، މުޅި ޖުމްލަ އާމްދަނީ އިތުރުވާނެއެވެ.

undefined

ނިމިދިޔަ 2020 ވަނަ އަހަރު ހިއްސާއަކަށް ބަހަން އެސް.ޓީ.އޯއިން ނިންމީ ހިއްސާއަކަށް 60 ރުފިޔާއެވެ. އެގޮތުން އެންމެ ފަހުގެ އަހަރީ އާންމު ޖަލްސާ ބޭއްވުނީ ކޮވިޑްގެ ސަބަބުން އޮންލައިންކޮށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ