logoEN
ކޮކާކޯލާ
އިބާދުﷲ: ދައްކަމުން ދަނީ އުމުރުން ކިތަންމެ ހަނގަކަސް ވާނޭކަން!

އިބާދުﷲ: ދައްކަމުން ދަނީ އުމުރުން ކިތަންމެ ހަނގަކަސް ވާނޭކަން!

IMG_8743

މަކިޓާ އެޓޯލް ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް އޭ ބުނުމުން ނޭނގޭ ދިވެއްސަކު ވަރަށް މަދުވާނެއެވެ. ހަމަ އެބީދާއިން މައިލޯ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕްއޭ ބުނުމުންވެސް ނޭނގޭ ދިވެއްސަކު މަދުވާނެއެވެ. މިފަދަ މުބާރަތްތަށް ފާހަގަވާ ސަބަބުތަށް ބައިވަރެވެ. އޭގެން އެންމެ ބޮޑު އެއްސަބަބަކަށް ވާނީ ހަމަ ޔަގީނުންވެސް މިފަދަ މުބާރާތްތަކުގައި ވާދަ ކުރާ މޮޅެތި އަދި ހުނަރުން ފުރިފައިވާ އެތްލީޓުންނެވެ. މިއީވެސް އެފަދަ މުބާރާތަކުން ވިދާ ބަބުޅި އެތްލީޓެއްގެ ވާހަކައެވެ. މިއީ އުމުރުން އެންމެ 18 އަހަރަކަސް މިހާރު ދިވެހި ގައުމުގައިވެސް ހުރި އެންމެ ހަލުވި އެއް ދުވުންތެރިޔާގެ ވާހަކައެވެ. ދިިވެހި ގައުމީ ޔޫތް އަދި ޖޫނިއަރ ރެކޯޑް މިހާރު އޮތް ހަލުވި ދުވުންތެރިޔާ، އިބާދުﷲ އާދަމް (އުދަބާނި / ގދ.ތިނަދޫ) ގެ ވާހަކައެވެ.

އަބުޅޯ

އެތްލެޓިކްސްގެ ކެރިއަރުގެ ފެށުން

undefined

2015 ވަނަ އަހަރު އެތްލެޓިކްސްގެ ކެރިއަރުފެށި އިބާދުﷲ އަކީ ދިވެހި ރާއްޖޭގައި މިވަގުތު ހުރި އެންމެ ހަލުވި ދުވުންތެރިޔާ ކަަމާއި މެދު އެއްވެސް ޝައްކެއްނެތެވެ. އުމުރުން އެންމެ 12 އަހަރުން ފަށިގެން ކޯޗް ރައުހަތުގެ ބެލުމުގެ ދަށުން ތިނަދޫގައި ޓްރެއިނިންގް ހަދަމުން ދިޔަ އަދި މިހާރު 100 މީޓާރސް، 200 މީޓާރސް، 400 މީޓާރސް އަދި ޓީމް އިވެންޓްތަކުގައިވެސް ދުވާ މިހަލުވި ދުވުންތެރިޔާ، އޭނާގެ އެތްލެޓިކްސް ކެރިއަރުގެ ފުރަތަމަ ދުވުން ދުވީ، 2015 އަހަރު ގދ.އަތޮޅު ތައުލީމީ މަރުކަޒުންބޭއްވި އިންޓަރ ހައުސް އެތްލެޓިކްސް ޗެމްއަންޝިޕްގައެވެ. އެފަހަރު އިބާދުﷲ ދުވި ކަމަަށްވަނީ 13 އަހަރުން ދަށުގެ ބައިން މިޑިލް ޑިސްޓެންސް ދުވުންތެރިއެއްގެ ގޮތުން 1500 މީޓާރއާއި 800 މީޓަރއެވެ. އެއާއިއެކު އިބާދުﷲ އަށް އެ އަހަރު ތިނަދޫގައި ބޭއްވުނު މަކިޓާ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމޕިަންޝިޕްއިން ޖާގަ ލިބި، އޭނާގެ ހުނަރުވެރިކަމާއި، ހަލުުވިކަން މުޅި ރަށަށާއި، އެހެން ރަށްތަކުން ތިނަދޫއަށް އައިސްތިބި އެންމެހާ ދުވުންތެރިންނަށާއި ބެލުންތެރިންނަށް ދައްކުވައިދިނެވެ. އެފަހަރު އިބާދުﷲ ބައިވެރިވި 100 މީޓަރުން ރަންވަނަ، 200 މީޓަރު އަދި 80 މީޓަރުންވެސް ރިހިވަނަ ޙާސިލްކޮށް ކޮންމެ އަހަރަކުވެސް ކޮންމެ އެތްލެޓިކްސް މުބާާރާތަކުންވެސް އެންމެ އަވަހަށް ކޯޗުންގެ ލޮލުގައި އަޅައިގަތް އެއް ދުވުންތެރިޔާއަށް އިބާދުﷲ ވިއެވެ. މިކަން އޭނާ ސާބިތުކޮށްދެމުން ދިޔައީ 2016 ވަނަ އަހަރު ބޭއްވުނު އިންޓަރ އެޓޯލް ސްކޫލް އެތްލެޓިކްސް މުބާރާތުގައި އޭނާ ވަދަކުރި 800 މީޓާރސްއިން ވަނައެއް ނުލިބުނު ކަމުގައިވިޔަސް، ހަމަ އެމުބާރާތުގައި އިބާދުﷲ ވާދަކުރި 200 މީޓަރު އަދި 400 މީޓަރުގެ ދުވުމުން ރިހިވަނަ ހޯދުމާއިއެކު ހަމަ 2016 ވަނަ އަހަރު ބޭއްވުނު މައިލޯ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި އޭނާ ވާދަކުރި 200 މީޓަރު އަދި 400 މީޓަރު ދުވުމުން ރިހި ވަނަ ހާސިލްކޮށްގެންނެވެ.

އެތްލެޓިކްސްއާއި މެދު އެންމެ ބޮޑަށް ޝައުގު އުފެދެން ފެށުން.

ކާމިޔާބު ފެށުމެއްގެ ގޮތުގައި އޭނާގެ ކެރިއަރު ފެށި އިބާދުﷲ ފާހަގަ ކުރިގޮތުގައި އޭނާއަށް، އެތްލެޓިކްސްއާއިމެދު އެންމެ ބޮޑަށް ޝައުގު އުފެދެން ފެށުނު ހިސާބަކީ 2015 ވަނަ އަހަރު ބޭއްވުނު މައިލޯ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕްއިންނެވެ. އެހެނީ އެއީ އެއަހަރު ބޭއްވުނު މައިލޯ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިަންޝިޕްގައި އޭޭޭޭޭނާވާދަކުރި 100 މީޓަރު އަދި 200 މީޓަރުންވެސް ރަންވަނަ ހޯދައި އެފަހަރުގެ މުބާރާތުގެ ބެސްޓް އެތްލީތްގެ ލަގަބްވެސް އިބާދުއްﷲ އަށް ލިބުމެވެ. ހަމައެހެންމެ އޭގެ ފަހުން 2017 ވީ އިބާދުﷲގެ މުޅި ކެރިއަރުގައިވެސް އޭނާ ވާދަކުރި ހުރިހާ އިވެންޓަކުންވެސް ރަންވަނަ ހޯދައި ބެސްޓް އެތްލީޓްކަން ހޯދި ފުރަތަމަ ފަހަރަށެވެ. އެއީ 100 މީޓަރު 11.4 ސިކުންތުންދުވެ އެއިވެންޓްއިން އެއްވަނަ ހޯދައި 200 މީޓަރާއި 400 މީޓާރއިންވެސް އެއްވަނަ ހޯދުމެވެ މި ތިން އިވެންޓުންވެސް އިބާދުﷲ އެއްވަނަ ހޯދުމާއިއެކު އޭނާއަށް ލިބިގެންދިޔައީ، އޭނާގެ ކެރިއަރުގެވެސް އެންމެ ބޮޑު އެއް ކުރިއެރުމެވެ. އެއީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ދެއްވާ ސްޕޯރޓްސް ސްކޮލާރޝިޕް އޭނާއަށް ލިބި ގައުމީ އެތްލެޓިކްސް ސްކޮޑްއިން އޭނާއަށް ޖާގަލިބުމެވެ. އެއާއިެކު ފެނިިގެންދިޔައީ ހިތްވަރާއި އަޒުމް އިތުރަށް ވަރުގަދަ ކޮށް، އިބާދުﷲ އޭނާގެ އެތްލެޓިކްސް ކެރިއަރު މުޅިން މެކުހަށް ޖަހަމުން ދިޔަތަނެވެ. އޭގެ ހެއްކަކީ 2018 ވަނަ އަހަރު ބޭއްވުނު މަކީޓާ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕްގައި ރައުހަތް ސްޕޯޓްސް އެކަޑަމީގެ ފަރާތުން ބައިވެރިވެ 100 މީޓަރު، 200 މީޓާރު ދުވުމުން ރަންވަނަ އަދި 400 މީޓަރު ދުވުމުން ރިހިވަނަ ހާސިލްކޮށް އޭގެ ފަހުންވެސް އޭނާ ހޯދަމުންދިޔަ ކާމިޔާބީތަކެވެ.

undefined

އޭގެ އެންމެ ބޮޑު އެއް ހެއްކަކަށްވާނީ ހަމަ ޔަގީނުންވެސް 2020 ވަނަ އަހަރު، ކޮވިޑްގެ ބޮޑު ބަންދުވުމަކަށް ފަހުވެސް އިބާދުﷲ ހޯދަމުންދިޔަ ކާމިޔާބީތަކެވެ. އެއަހަރުގެ ޖުލައިި މަހު ބޭއްވުނު ގައުމީ ޓްރަޔަލަސްގައި 11.80 ސިކުންތުން 100 މީޓަރދުުވެ، އޭގެ ފަހުން އެއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުނު ގައުމީ ޓްރަޔަލްސްގައި 11.20 ސިކުންތުން ހަމަ ސަތޭކަ މީޓަރުދުވެ، ކުރ ހިތްވަރާއި އަޒުމުން އެއަހަރުގެ ޑިސެމްބަރުމަހު ބޭއްވުނު ގައުމީ ޓްރަޔަލްސްގައި 10.97 ސިކުންތުން 100 މީޓަރުދުވެ ޖޫނިޔަރ ނޭޝަނަލް ރިކޯޑް އިބާދުﷲ މުގުރާލިއެވެ.

ބައިނަލްއަގުވާމީ ދުނިޔޭގައި ދިވެހި ގައުމު ތަމްސީލްކުރުމަށް ފުރުސަތު ލިބުން.

undefined

އިބާދުﷲގެ ކެރިއަރުގެ އެންމެ ބޮޑު އެއް އިންގިލާބް ލިބިގެންދިޔައީ ބައިނަލްއަގުވާމީ ދުނިޔޭގައި ދިވެހި ގައުމު ތަމްސީލްކުރުމުގެ ފުރުސަތު ލިބިގެން ދިޔަ ހިސާބުންނެވެ. އެގޮތުން 2018 ވަނަ އަހަރު އިބާދުﷲގެ އެންމެ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތުގެ ގޮތުގައި ސްރީލަންކާގައި ބޭއްވުނު ސައުތު އޭޝިއަން ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް ވެގެން ދިޔައެވެ. އެފަހަރު އޭނާގެ އިންޑިވިޖުއަލް އިވެންޓުގެ ގޮތުގައި ވާދަކުރީ 200 މީޓާރުގެ އިވެންޓްގައެވެ. އެ އިވެންޓްއިން އެންމެ ބޭނުންވި އަދި އުންމީދު ކުރި ނަތީޖާ ނުލިބުނަސް ޓީމް އިވެންޓްގެ 4 ގުނަ 100 މީޓަރުގެ ރިލޭއިން ބްރޯންޒް މެޑަލް ހޯދައި، އޭނާގެ ކެރިއަރުގެވެސް އެންމެ ފުރަތަމަ ބައިނަލްއަގުވާމީ މެޑަލް އިބާދުﷲ ހޯދިއެވެ. އެެދުވަހުގެ ޓީމް އިވެންޓްގައި އިބާދުﷲގެ އިތުރުން ދުވީ އަހްމަދު އަލީ، މުހައްމަދު ނާއިލް އަދި އިބްރާހިމް އަޝްފާންއެވެ. އެއަށްފަހު ހަމަ އެއަހަރު ތައިލެންޑްގެ ބެންގްކޮޮކްގައި ބޭއްވުނު ޔޫތް އޮލިމްޕިކްސް ކޮލިފިކޭޝަންގައި ވާދަކޮށް، އޭގެން 100 މީޓާރސްއިން ޔޫތް އޮލިމްޕިކް ގޭމްސްއަށް ކޮލިފަވިއެވެ. އާރޖެންޓީނާގެ ވެރިރަށުގައި ބޭއްވުނު ޔޫތް އޮލިމްޕިކް ގޭމްސްއިން އޭނާ ދުވި 100 މީޓަރުގެ ދުވުމުން ކެރިއަރުގެ އެންމެ ބޮޑު އެއްކާމިޔާބީ ހޯދިއެވެ. އެއީ 100 މީޓާރު ދުވުމުން އިބްރާހިމް އަޝްފާންގެ އަތުގައި ކުރިން އޮތް ގައުމީ ޔޫތް ރެކޯޑް 11.32 ސިކުންތުން އާކޮށް ޕާރސެނަލް ބެސްޓްވެސް އާކުރުމެވެ. މިއާއިއެކު، އިބާދުﷲ ވެގެން ދިވެހި ގައުމުގެވެސް އެންމެ އުންމީދީ އެއް ދުވުންތެރިޔާއަށެވެ. އޭގެފަހުން 2019 އަހަރު ބޭއްވުނު އޭޝިއަން ޔޫތް އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި އޭނާ ވާދަކުރި 100 މީޓާރުގެ ދުވުން 11.40 އިން ނިންމާ 200 މީޓަރު 22.90 ނިންމައި އެއަހަރު އޭގެ ފަހުން ބޭއްވުނު އޭޝިއަން އެތްލެޓިކްސް ޗެމްޕިަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު އިބާދުﷲއަށް ލިބިގެން ދިޔައެވެ. އެމުބާރާތުގައި އިބާދުﷲ ވާދަކުރީ 200 މީޓަރުގެ ދުވުމުގައިއެވެ. އޭގެ ފަހުން ހަމަ އެއަހަރު ބޭއްވުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި 4 ގުނަ 400 މީޓަރުގައި ބައިވެރިވެ އެއަހަރުގެ އެންމެ ފަހުން ބޭއްވުނު ސައުތު އޭޝިއަން ގޭމްސްގެ 4 ގުނަ 100 މީޓާރު ދުވުމުގައިވެސް އިބާދުﷲ ބައިވެރިވިއެވެ.

ހުސެއިން ކޯޗްެގެ ނަޒަރުގައި އިބާދުﷲ

އިބާދުﷲގެ ކޯޗްގެ ހައިސިއްޔަތުން ހުސެއިން ހަލީމް ކޯޗް ދެކޭ ގޮތުގައި އިބާދުﷲ އަކީ ވަރަށްވެސް ޑިސިޕްލީންޑް ވަރަށްވެސް ބުނާބަސްއަހާ، ބުނާބަސް ގަބޫލު ކުރާ އެތްލީޓެކެވެ. ގިނަ އެހެނިހެން އެތްލީޓުންނާއި ހިލާފަށް އިބާދުﷲ އަކީ، ކޯޗުން ބުނާ ބަސްތަށް ވަރަށް ގިނަ ދުވަހަށް ވެސް ހަދާނުގައި ބަހައްޓައިގެން، ވަރަށް ބޮޑަށް ގަދައަޅައި މަސައްކަތް ކުރާ އެތްލީޓެއް ކަމަށް ހުސެއިން ކޯޗް ދެކެއެވެ. ހަމަ އެހެންމެ، ހުސެއިން ކޯޗް ދެކޭ ގޮތުގައި، އިބާދުﷲއަކީ ޕްރެކްޓިސް ފެށިއިރުއްސުރެ ނިމެންދެންވެސް ވަރަށް ބޮޑަށް ގަދައަޅައި މަސައްކަތްކުރާ އެތްލީޓެއްގޮތުގައެވެ. އޭގެ އެންމެ ބޮޑު އެއްހެއްކަކީ، ނިމިދިޔަ 2020 ވަނަ އަހަރު ކޮވިޑްއާއި ހެދި މުޅި ގައުމު ލޮކްޑައުންވެ ބޮޑު ބްރޭކް އެއް ލިބުނު ކަމުގައިވިޔަސް، ވަރަށް ބޮޑަށް މަސައްކަތްކޮށް، އެހިފަހައްޓާ ވޯކް އެތިކްގައި ހިފަހައްޓައިގެން ވަރަށް އަވަހަށް ކުރިއެރި އަދި ކުރި އަރަމުންދާ ދުވުންތެރިއެއްކަމުގައި ކޯޗް ދެކެއެވެ. ކޯޗްގެ އެންމެ ބޮޑު އެދުމަކީ އަބަދުވެސް ޓްރެއިނިންގްތަކަށް ހާޟިރުވެ ގަދައަޅައި މަސައްކަތްކޮށް ކުރިއެރުމެވެ.

މަންމައެއްގެ ހައިސިއްޔަތުން އިބާދުﷲއަށް އޮންނަ ލޯބި

undefined

އިބާދުﷲގެ މަންމަ ބުނި ގޮތުގައި އިބާދުﷲ އެންމެ ފުރަތަމަ، އުމުރުން އެންމެ 12 އަހަރުގައި ދުވުންތެރިއެއްގެ ހައިސިއްޔަތުން އެތްލެޓިކްސްއަށް ނުކުތްއިރު މިހާ ގިނަ ކާމިޔާބުތަކެއް ލިބޭނެ ކަމަށް އުންމީދެއް ނުކުރެއެވެ. ނަމަވެސް މިއަދު އިބާދުﷲ ހޯދަމުންދާ ކާމިޔާބީތަކާއި، ކުރަމުންދާ މަސައްކަތްތަކުން ވަރަށް ބޮޑަށް އުފާވާ ކަމަށާއި އަބަދުވެސް އެގޮތަށް ކެނޑިނޭޅި ގަދައަޅައި މަސައްކަތް ކުރުމަށް އިބާދުﷲގެ މަންމަ އެެދެއެވެ.

އެތްލެޓިކްސްގެ އެންމެ ގާތް ރަހްމަތްތެރިޔާގެ ހައިސިއްޔަތުން ނުޖޫމްގެ ނަޒަރުގައި އިބާދުﷲ

undefined

ގައުމީ އެތްލެޓިކްސް ސްކޮޑްގައި މިހާރުވެސް ހިމެނޭ ނުޖޫމް ހަސަން ދެކޭ ގޮތުގައި އިބާދުﷲ އަކީ ވަރަށްވެސް ގަދައަޅައި މަސައްކަތްކުރާ އެތްލީޓެކެވެ. ނުޖޫމް ދެކޭ ގޮތުގައި އިބާދުﷲ ގެ ކެރިއަރުގައި އިންޖަރީއާއި ހެދި ބޮޑޫ ބްރޭކްއެއް އައިއިރުވެސް، ހިތްވަރު އެލުވާނުލައި ރިކަވަރީއާއި އެއްކޮށް އިބާދުﷲ ކުރި މަސައްކަތުގެ ފޮނި ނަތީޖާ މިއަދު އިބާދުﷲ އެދަނީ ދެކެމުންނެވެ. އިބާދުﷲ އާއި އެއްކޮށް ވަރަށް ގިނަ ދުވަހު އެއްކޮޓަރިއެއްގައި ދެމީހުން އުޅުނު ކަމުން، އިބާދުﷲ ކުރާ މަސައްކަތްތަކާއި، ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަށް ވަރަށް ބޮޑަށް އިނގޭކަމަށާއި، އިބާދުﷲ އަކީ އަބަދުވެސް ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ހާސިލްކުރަން ގަދައަޅައި މަސައްކަތްކޮށް ކުރިއަރާ އެތްލީޓެއްކަމުގައިވެސް ނުޖޫމް ދެކެއެވެ.

އިބާދުﷲގެ ޝުކުރު އެންމެންނަށް

undefined

އެންމެ ކުޑައިރުއްސުރެވެސް އިބާދުﷲގެ އެންމެ ގާތްކޮށް، އެންމެ ބޮޑަށް ހިތްވަރުދީ ހިތްވަރު އެލުވާނުލައި ކުރިއަށް ދިޔުމަށް ހިތްވަރުދިނީ އިބާދުﷲގެ މަންމަ އާއި އާއިލާއެވެ. އާއިލާއިން އަބަދުވެސް އިބާދުﷲއަށް ދެމުން ގެންދަވާ އެންމެހާ ހިތްވަރަށާއި ކެރިއަރުގައި އާއިލާއާއި ދުރުގައި ހުންނަން ޖެހުނު ކަމުގައި ވިޔަސް، އާއިލާއިން ދެއްވާ އެއްބާރުލުމަށް އިބާދުﷲ ހިތުގެ އެންމެ ޙާލިސް ޝުކުރު ދަންނަވައެވެ. އަދި ހަމައެހެންމެ، އުމުރުން އެންމެ 12 އަހަރުންސުރެ މިއަދާއި ހަމައަށްވެސް އިބާދުﷲގެ ކޯޗް، ކޯޗް ރައުހަތް ދެއްވަވާ އެންމެހާ އިރުޝާދުތަކާއ ދެެއްވާ ހިތްވަރަށް ރައުހަތު ކޯޗަށް އިބާދުގެ ހާއްސަ ޝުކުރު ދަންނަވައެވެ. ހަމައެހެންމެ، އިބާދުﷲ މިހާރުގެ ކޯޗުން ކަމަށްވާ ކޯޗް ފާއިލްއަށާއި ކޯޗް ހުސެއިންއަށްވެސް ވަރަށް ބޮޑަށް ދަންނަވައެވެ. ހަމަ މިއާއިއެކު، އެތްލެޓިކްސް އެސޯސިއޭޝަންގެ މުޅި ޓީމް، ހާއްސަކޮށް މޯލްޑިވްސް އެތްލެޓިކްްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓަރީ މުންތަގިމް އާއި ރައީސް، އިބާދުﷲއަށް މިދާއިރާއިން ކުރިއަށް ދިޔުމަށް ދެއްވާ ހިތްވަރު ފާހަގަކޮށް އެކަމަށް ވަރަށް ހާއްސަ ޝުކުރު އިބާދުﷲ ދަންނަވައެވެ. އެންމެ ފަހު ކަމަކަށް، އިބާދުﷲ އަށް މިއަދާއި ހަމައަށް އާދެވުމުގެ ގޮތުން ބައިވެރިވެ އަދި އެހީތެރިވެދެއްވި އެންމެހާ ބޭފުޅުންނަށްވެސް އިބާދުﷲ ޝުކުރުދަންނަވައެވެ.

ގާފު މީޑިއާ ގްރޫޕް ގެ ފަރާތުން އިބާދުﷲ އަށް އެދެނީ ކާމިޔާބު ކުރިމަގަކަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ