logoEN
ޕީއެންސީ 2
ފަސްމީރު މަސްދަޅުގެ އަގަށް ހެޔޮ ބަދަލެއް

ފަސްމީރު މަސްދަޅުގެ އަގަށް ހެޔޮ ބަދަލެއް

އަހުމަދު ޝުރާއު

logo

1/2/2021, 4:02:41 AM

134443833_2687452651508164_7978839355753000090_n

މިފްކޯގެ ޕްރޮޑަކްޓެއް ކަމުގައިވާ ފަސްމީރު މަސްދަޅުގެ އަގު ހެޔޮޮކޮށްފި އެވެ.

ޝަރީ 2024

މިފްކޯއިން ގެނައި ބަދަލާއި އެކު މިހާރު ތެޔޮ މަސް 48 ދަޅުގެ ކޭހެއް 575 ރުފިޔާ އަށް ލިބޭނެ އެވެ. އަދި ތެޔޮ މަސްދަޅުގެ އަގު 12.25 ރުފިޔާ އަށް ވަނީ އަގުހެޔޮޮ ކުރެވިފައެވެ. އަދި ހަމައެއާއި އެކު ފެން މަސްދަޅު ކޭހުގެ އަގު 530 ރުފިޔާއަށް ކުޑަކޮށް ވަކިން ފެންމަސްދަޅެއް މިހާރު 11.25 ރުފިޔާ އަށް ލިބޭނެ އެވެ.

ކުރިން މިފްކޯއިން ތެޔޮ މަސް 48 ދަޅުގެ ކޭސް ވިއްކަމުން އައީ 640 ރުފިޔާ އަށެވެ. އަދި ތެޔޮ މަސްދަޅެއްގެ ވިއްކަމުން އައީ 13.50 ރުފިޔާއަށެވެ. އަދި ފެންމަސްދަޅު ކޭހެއް ކުރިން 595 ރުފިޔާ އަށް ވިއްކަމުން ދިޔައިރު ފެން މަސްދަޅު ވިއްކީ 12.50 އަށެވެ.

މިފްކޯއިން އާއަހަރާއި ދިމާކޮށް މިގެނައި ބަދަލަކީ މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގަށް އައި ބަދަލާ ގުޅިގެން ގެނައި ބަދަލެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ