ތިނަދޫ އެސޯސިއޭޝަން ފޯ ޔޫތު ޑިވެލޮޕްމެންޓް އެންޑް އެމްޕަވަރމަންޓް (ޓޭޑް) ޖަމިއްޔާއިން އިސްނަގައިގެން ތިނަދޫގެ ޒުވާނުންނަށް ހުޅުވާލައިގެން ބޭއްވި ޕްރިންޓެކް ޕްލޭސްޓޭޝަން ފީފާ ޓޯޯނަމެންޓް 2020 ގެ ފައިނަލަށް ނިރުފާއު އަހުމަދު އާއި އަނޫފް މުޙައްމަދު ދަތުރުކޮށްފި އެވެ.
ތިނަދޫ މާވަށް ދިހަރޭ ޕާކުގައި ކުރިޔަށް ދާ މި މުބާރަތުގެ ފައިނަލަށް ނިރުފާއު އަދި އަނޫފް ދަތުރުކުރީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުތަކުން މޮޅުވެގެންނެވެ. އެގޮތުން ނިރުފާއު ފައިނަލަށް ދަތުރުކުރީ ހަސަން ޝާޒްލީއާއި އެކު ކުޅުނު މެޗުން 3-2 ކުން މޮޅުވެގެންނެވެ. އަދި އަނޫފް ފައިނަލަށް ދަތުރުކުރީ މުސްފަގް ހަސަންގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރިހޯދަައިގެންނެވެ.
މި މުބާރާތުގެ ފައިނަލް މެޗުކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 20:40 ގައި އެވެ. އަދި ފައިނަލް މެޗުގެ ކުރިން މުބާރާތުގެ ތިންވަނަ ހޮވާ މެޗުވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ތިން ވަނަ ހޮވާ މެޗުގައި ވާދަކުރާނީ ސެމީ ފައިނަލްއިން ބަލިވި ދެކުޅުންތެރިން ކަމުގައިވާ ހަސަން ޝާޒްލީ އާއި މުސްފަގް ހުސެއިން އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 20:00 ގައި އެވެ.
މި މުބަރާތުގެ ޗެމްޕިއަންކަން ހޯދާ ކުޅުންތެރިއަކަށް ޕްރިންޓެކްގެ ފަރާތުން “ޕީ.އެސް. 5” އެއް ދިނުމަށް ހަމަޖެހިފައިވާއިރު ރަނަރަޕްކަން ހޯދާ ކުޅުންތެރިއަކަށް ޕްރިންޓެކުން ދޭ ހާއްސަ އިނާމެއް ދިނުމަށް ހަމަޖެހިފައެވެ. އަދި “ކެފޭ ސޮލެއިލް” އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ކުޅުންތެރިއަކަށް 1000 ރުފިޔާގެ ވައުޗަރެއް, ރަނަރަޕްކަން ހޯދާ ކުޅުންތެރިއަކަށް 600 ރުފިޔާގެ ވައުޗަރެއް އަދި 03 ވަނަ ހޯދާ ކުޅުންތެރިއަކަށް 400 ރުފިޔާގެ ވައުޗަރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ޕްރިންޓެކެވެ. އަދި ބެވަރޭޖަސް ސްޕޮންސަރަކީ ކެފޭ ސޮލެއިލްއެވެ. މީޑިއާ ޕާޓްނަރަކަށް އޭއޯނިއުސް ހަމަޖައްސައިފައިވާ އިރު ފޮޓޯ ޕާޓްނަރަކަށް ފޮޓޯ މޯލްޑިވްސް އަދި ވީޑިއޯ ޕާޓްނަރަކަށް ޗައްޕަލާ ސްޓޫޑިއޯ ވަނީ ހަމަޖައްސާފައެވެ.