logoEN
cocacola
ސުލައިމާނީގެ މަރަށް އެއް އަހަރު - ހަމަލާއެއް އަތުވެދާނެކަމަށް އެމެރިކާ އަސްކަރިއްޔާ ތައްޔާރު

ސުލައިމާނީގެ މަރަށް އެއް އަހަރު - ހަމަލާއެއް އަތުވެދާނެކަމަށް އެމެރިކާ އަސްކަރިއްޔާ ތައްޔާރު

Admin

logo

1/1/2021, 8:52:09 PM

US-drone-strike-Qassam-Soleimani-Donald-Trump-1223447

އެމެރިކާއިން ކުރިއަށް ގެންދިޔަ އަސްކަރީ އޮޕަރޭޝަނެއްގައި އީރާންގެ.އިސް ޖެނެރަލް, ޤާސިމް ސޮލައިމާނީ އަވަހާރަކޮށްލާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރި 3 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެއް އަހަރު ވާން ދެ ދުވަހަށް ވެފައިވާއިރު އެ ހަމަލާގެ ސަބަބުން އެމެެރިކާއަށް ނުރައްކާތެރި ހަމަލާއެއް އަތުވެދާނެ ކަމަށް ލަފާކޮށް އެގައުމުގެ އަސްކަރިއްޔާ ތައްޔާރުވެއްޖެ އެވެ.

ގޮސިޔާ

އެމެރިކާ އަސްކަރިއްޔާގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އީރާނުގެ ހަމަލާއެއް އެމެރިކާއަށް އައުން ވަރަށް ގާތެވެ. އަދި އެކަން ޔަގީން ކުރެވޭ ކަމަށްވެސް އެ އޮފިޝަލާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ ކުރީ ކޮޅުގައި އެމެރިކާއިން ދިން ޑްރޯން ހަމަލާގައި ސުލައިމާނީ އަވަހާރަވުމާ ގުޅިގެން އީރާނުން ވަނީ އޭނާގެ މަރުގެ ބަދަލު ހިތިކޮށް ހިފާނެ ކަމަށް ބުނެފައެވެ. އަދި އެ ދުވަސްވަރު މެދުއިރުމަތީގައި ހަނގުރާމައެއް އުފެދި, ތިން ވަނަ ބޮޑު ހަނގުރާމަ ފެށިދާނެ ކަމުގެ ބިރުވެސް އޮތީ ހީވެފައެވެ.

ސުލައިމާނީގެ މަރާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުގައި އީރާނުން. ވަނީ އީރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފައެވެ. އެއަށްފަހު އެ ސަރަހައްދުގެ ހާލަތު މަޑުމަޑުން ހަމަޔަކަށް އެޅެން ފެށުނެވެ. އެހެން ނަމަވެސް ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެން ސުލައިމާނީގެ ބަދަލުގައި އައި އައު ކޮމާންޑަރުވަނީ ސުލައިމާނީގެ މަރުގެ ބަދަލު ހިފާނެ ކަމަށް އެގައުމުގެ ރައްޔިތުންނަށް ވައުދުވެވަޑައިގެންފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ