ހުވަދޫ ބެޑްމިންޓަން ކްލަބްގެ ޗެއާޕާސަން އަކަށް ގދ. ތިނަދޫ / ނޫރަލީ ، ހުސައިން އަހުމަދު އިންތިހާބު ކޮށްފި އެވެ.
މިރޭ ގދ ތިނަދޫ ކައުންސިލްގެ މީޓިންގް ރޫމުގައި ބޭއްވި ހުވަދޫ ބެޑްމިންޓަން ކްލަބްގެ އަހަރީ އާންމު ޖަލްސާގައި ހުސައިން އަހުމަދު އިންތިހާބުވީ ވޯޓުގައި ބައިވެރިވި 15 މެމްބަރުންގެ އިއްތިފާގުންނެވެ. ހުވަދޫ ބެޑްމިންޓަން ކްލަބްގެ ވައިސް ޗެއާ އަކަށް ހޮޮވިފައިވަނީ އާތިރު އިބްރާހިމް އެވެ. އާތިރު އަށް ވަނީ ވޯޓުގައި ބައިވެރިވި 15 މެމްބަރުންގެ އިއްތިފާގުންނެވެ.
ހުވަދޫގެ ބެޑްމިންޓަން ކްލަބްގެ ސެކެޓްރީ ޖެނެރަލްގެ މަޤާމަށް އިންތިހާބު ކޮށްފައިވަނީ ޝައިސްތާ އަލީއެވެ. އަދި ހަޒާންދާރަކަށް ހޮވިފައިވަނީ އަހުމަދު އަޝްރަފު އެވެ.
2015 ވަނަ އަހަރު ވުޖޫދަށް އައި ހުވަދޫ ބެޑްމިންޓަން ކްލަބަކީ ހުވަދު އަތޮޅުގައި ބެޑްމިންޓަން ކުރިއެރުވުމުގެ މަޤްސަދުގައި ހެދިފައިވާ ކްލަބްއެވެ. މި ކްލަބުން އަންނަނީ ހުވަދު އަތޮޅުގައި ބެޑްމިންޓަން މުބާރާތްތަކާއި ތަމްރީން ޕްރޮގްރާމުތަށް ބާއްވަމުންނެވެ.