logoEN
cocacola
2021ގެ ފުރަތަމަ ފަތުރުވެރިޔާއެކު މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމް ފަށައިފި

2021ގެ ފުރަތަމަ ފަތުރުވެރިޔާއެކު މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމް ފަށައިފި

އަހުމަދު ޝުރާއު

logo

1/1/2021, 7:35:15 PM

134547912_3563986533680709_7827798305415959314_n

2021 ވަނަ އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާއާއެކު މޯލްޑިވްސް ބޯޑަރ މައިލްސް، ޕްރޮގްރާމް ފަށައިފި އެވެ.

ގޮސިޔާ

ދުނިޔޭގައިވެސް ފުރަތަމަ ފަހަރަށް ފެށުނު މައިލްސް ޕްރޮގްރާމް ރާއްޖޭގައި ފެށުމަށް މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބާއްވާފައެވެ. ބޯޑަރ މައިލްސްގެ ފުރަތަމަ މެމްބަރަށް މަރުހަބާ ދެންނެވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙުމަދު ޙުސައިން އެވެ. އަދި މި ރަސްމިއްޔާތުގައި އެމްއެމްޕީއާރސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު، މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު އާތިފް އަދި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

2021 ވަނަ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ވަނީ އައިދަ (ލޮއި ދަރަޖަ) އަރުވާފައެވެ. އެގޮޮތުން މި ދަރަޖަ ފުރަތަމަ ފަތުރުވެރިޔާއަށް ދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙުމަދު ޙުސައިން އެވެ.

މިޕްރޮގްރާމަކީ ފަތުރުވެރިކަން ކުރިއެރުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އަދި އެމްއޭސީއެލް ގުޅިގެންނެވެ.

މި ޕްރޮގްރާމަކީ ފަތުރުވެރިންނަށް ހާއްސަ އަދި މި ޕްރޮގްރާމްގެ ސަބަބުން ލިބޭ ފައިދާތައް ތިން ދަރަޖައަކަށް ބަހާލެވިގެންވާ ލޯޔަލްޓީ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން ޕްރޮގްރާމް މައިގަނޑު ގޮތެއްގައި ބިނާވެގެން ވަނީ ފަތުރުވެރިޔާ ރާއްޖެ ޒިޔާރަތްކުރާ އަދަދަށާއި އަދި ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދަށެވެ. އަދި ހާއްސަ މުނާސަބަތަކާއި ގުޅުވައިގެން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިތުރު ޕޮއިންޓުތަކެއް މި ޕްރޮގްރާމުގައި ލިބިގެންދާނެ އެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް ލިބޭ ފައިދާތައް ބެހިގެންވަނީ ތިން ދަރަޖައަކަށެވެ. އެއީ އައިދަ (ލޮއި ދަރަޖަ)، އަންތަރަ (ރިހި ދަރަޖަ) އަދި އަބާރަނަ (ރަން ދަރަޖަ) އެވެ. މިއިން ކޮންމެ ދަރަޖައެއް ހާސިލްކުރާ ފަތުރުވެރިއަކަށް ވެސް އެ ފަތުރުވެރިއަކު ހާސިލުކުރާ ދަރަޖައަކާއި ގުޅޭ ހާއްސަ ފައިދާތަކެއް ލިބިގެންދާނެ އެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާ ފަތުރުވެރިންނަށް ލިބޭ ޕޮއިންޓު އިތުރުވަމުންދާ މިންވަރަކަށް، ފަތުރުވެރިންނަށް ލިބިގެންދާ ފައިދާތަކާއި ހިދުމަތްތައް ވެސް އިތުރުވެގެންދާނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ