logoEN
cocacola
ދުނިޔޭގައި އެންމެ ބޮޑު މުސާރަ ލިބޭ 6 ވަޒީފާއަކީ ކޮބާ؟

ދުނިޔޭގައި އެންމެ ބޮޑު މުސާރަ ލިބޭ 6 ވަޒީފާއަކީ ކޮބާ؟

The-35

ދުނިޔޭގައި އެންމެ މަތީ މުސާރަ ލިބޭ 6 ވަޒީފާއާއި ވަޒީފާއާއި ގުޅޭ މަޢުލޫމާތު މިލިޔުމުގައި ހިމަނާލަމެވެ.

ގޮސިޔާ

ނިއުރޯ ސާރޖަން

undefined

އެވްރެޖް މުސާރަޔަކަށް މަހަކު 31,792 ޑޮލަރު ނިއުރޯ ސާރޖަންއަކަށް ލިބޭއިރު، މިއީ ދުނިޔޭގެ އެންމެ ބޮޑު މުސާރަ ލިބޭ ވަޒީފާއެވެ. އަދި މިގޮތުން ނިއުރޯ ސާރޖަނުންނަކީ ވަރަށް ބޮޑަށް ޚާއްސަ ތަމްރީނުތަކެއް ދެވިފައިވާ ބައެކެވެ. ނިއުރޯ ސާރޖަނުންނަކީ ޚާއްސަކޮށް ސެންޓްރަލް ނާރވަސް ސިސްޓަމް ނުވަތަ ސިކުނޑި އަދި މައިބަދައިގެ އިތުރުން ހަށިގަނޑުގައިވާ ތަފާތު ނާރުތަކަށް ދިމާވާ މައްސަލަތަކަށް ފަރުވާދީ، އަދި ސިކުނޑި އަދި މައިބަދައަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބޮޑެތި އޮޕްރޭޝަންތައް ކުރުމަށް ޚާއްސަ ބަޔެކެވެ. ސިއްޚީ ނިޒާމުގައި އެންމެ ބޮޑު ޑިމާންޑެއް އޮންނަ ކެރިއަރ އަކަށް ނިއުރޯ ސާރޖަނުން ވެއެވެ. ނިއުރޯ ސާޖަންއަކަށް ވުމަށް މަތީ ތަޢުލީމު އަދި ޚާއްސަ ތަމްރީނުތައް ހާސިލް ކުރަން ޖެހެއެވެ. ނިއުރޯ ސާރޖަންއަކަށް ވުމަށް ޑޮކްޓަރުކަމުގެ 8 އަހަރުގެ ތަމްރީން ފުރިހަމަކުރަން ޖެހެއެވެ. ނިއުރޯ ސާރޖަންގެ ޓްރެއިނިންގައި 1 އަހަރު އިންޓެންޝިޕް ޕްރޮގްރާމް ޖެނެރަލް ސާރޖަރީގައި ފުރިހަމަ ކުރުމުގެ އިތުރުން 7 އަހަރު ނިއުރޯ ސާރޖަރީ ޕްރޮގްރާމްގައި ހޭދަކުރަން ޖެހެއެވެ. އަދި ހަމައެކަނި މިވަރުން ނުނިމެއެވެ. ނިއުރޯ ސައިންސްގެ ދާއިރާއަށް އަންނަ ކުރިއެރުންތަކުގެ މައުލޯމާތު ހޯދައި އަމިއްލަޔަށް އަޕްޑޭޓް ވުމުގެ އިތުރުން، ޝެޑިއުލް ކުރެވިގެން ބާއްވާ ޚާއްސަ ބައްދަލުވުންތަކާއި، ސެމިނާތަކާއި، ކޮންފަރެންސްތަކުގައި ބައިވެރިވާން ޖެހެއެވެ.

އައިޓީ މެނޭޖަރ

undefined

އެވްރެޖް މުސާރައެއްގެ ގޮތުގައި 11,878 ޑޮލަރު މަހެއްގެ މައްޗަށް އައިޓީ މެނޭޖަރަކަށް ލިބެއެވެ. ތަފާތު ކުންފުނިތަކުގެ ޑޭޓާބޭސް މައުލޫމާތުތަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކޮށް، ކުންފުނިތަކުގެ މައުލޫމާތުތައް ރައްކާތެރިކަމާއެކު ބަލަހައްޓައި ކުންފުނީގެ އައިޓީ އިންފްރާސްޓްރަކްޗަރ ބެލެހެއްޓުމުގެ ޒިންމާ ކޮނޑުގައި އެޅިފައިވާ ބަޔަކީ އައިޓީ މެނޭޖަރުންނެވެ. އައިޓީ މެނޭޖަރަކަށް ވުމަށް ކޮމްޕިއުޓިންގެ ދާއިރާއިން މަތީ ތަޢުލީމާއި ތަމްރީން އަދި ތަޖުރިބާ ބޭނުންވެއެވެ. އައިޓީ މެނޭޖަރުންގެ މައިގަނޑު މަސައްކަތަކީ ކޮމްޕިއުޓަރ ވިއުގައަށް ގެއްލުންދޭ ތަފާތު މެލްވެއަރ އަދި ވައިރަސް އިން ކުންފުނީގެ ޑޭޓާ ބޭސް ސަލާމަތްކުރުމުގެ އިތުރުން، ހެކަރުންގެ ފަރާތުން ކުންފުނީގެ ނެޓްވޯކަށް ލިބިދާނެ ގެއްލުމަކަށް ސަމާލުވެ، މިފަދަ ގެއްލުންތަކުން ކުންފުނީގެ ސާވަރތައް ސަލާމަތްކޮށް ބެލެހެއްޓުމެވެ. ޓެކްނޮލޮޖީ އަކީ އަވަހަށް އަޕްޑޭޓްވެ ބަދަލުވަމުންދާ އެއްޗެކެވެ. މިގޮތުން ކުންފުނިތަކުން ޤާބިލް މީހުން އައިޓީ މެނޭޖަރުންގެ ގޮތުގައި ބޭތިއްބުމަށް ޚާއްސަ ސަމާލުކަމެއް ދެއެވެ. އައިޓީ މެނޭޖަރަކަށް ވާން ބޭނުންވާނަމަ، ކޮމްޕިއުޓިންގެ ދާއިރާއިން ދުނިޔެ ޤަބޫލުކުރާ ޔުނިވާސިޓީއަކުން ބެޗެލާރސް ޑިގްރީއެއް ހާސިލްކުރަންޖެހެއެވެ. ޑިގްރީއެއް ނެތްކަމުގައި ވިޔަސް ތަޖުރިބާއަށް ބިނާކޮށް، އައިޓީ މެނޭޖަރަކަށް ވުމުގެ ފުރުޞަތު އޮވެއެވެ.

އެނެސްތީސިއޮލޮޖިސްޓް

undefined

އެނެސްތީސިއޮލޮޖިސްޓް ނުވަތަ ހޭނައްތާ ޑޮކްޓަރަކަށް އެވްރެޖްކޮށް މަހަކު 22,084 ޑޮލަރު މުސާރައިގެ ގޮތުގައި ލިބެއެވެ. މިވެސް ވަރަށް ޑިމާންޑް އޮތް ދާއިރާއެކެވެ. ހޭނައްތާ ޑޮކްޓަރުންނަކީ ފިޒިޝަނުންނެވެ. ހޭނައްތާ ޑޮކްޓަރުންގެ މައިގަނޑު މަސައްކަތަކީ، ސާރޖަރީތައް ފެއްޓުމުގައި އަދި މެދުތެރެއިން ބަލިމީހުން ހޭނެއްތުމަށް ތަފާތު ޑްރަގްތައް ދީ، އަދި ސާރޖަރީތައް ނިމުމުން ހޭލެއްވުމަށް ޑްރަގްތައް ދިނުމެވެ. އަދި މީގެ އިތުރުންވެސް، ތަފާތު ކުއްލި ނުރައްކަލުގެ ހާލަތުގައި އިމަޖެންސީ ކޭސްތަކާއި ކުރިމަތިލައި، ފަރުވާ ދޭންޖެހެއެވެ. ހޭނައްތާ ޑޮކްޓަރަކަށް ވާން ބޭނުންނަމަ، އާދައިގެ ޑޮކްޓަރީކަން ފުރިހަމަކުރުމަށްފަހު، އިތުރު 4 އަހަރު އެނެސްތީސިއޮލޮޖީ ޕްރޮގްރާމް ފުރިހަމަ ކުރަންޖެހެއެވެ.

އެއާލައިން ޕައިލެޓް އަދި ކޯޕައިލެޓް

undefined

އެއާލައިނެއްގެ ޕައިލެޓް އަދި ކޯޕައިލެޓަށް އެވްރެޖް މުސާރައެއްގެ ގޮތުގައި މަހަކު 13,440 ޑޮލަރު ލިބެއެވެ. މިކެރިއަރ އިޚްތިޔާރު ކުރާ ފަރާތްތަކަށް ޚާއްސަކުރެވިގެން ބޭއްވޭ ފިޒިކަލް ޓެސްޓުން ފާސްވުމުގެ އިތުރުން، ޕައިލެޓްކަމުގެ ޚާއްސަ ޓްރެއިނިންގ ނިންމަންޖެހެއެވެ. ފިސިކަލް ޓެސްޓުތަކުން ފާސްނުވާ ފަރާތްތައް ޕައިލެޓް ޓްރެއިނިންގ އާއި ހަމަޔަށް ނުދެއެވެ. ޕައިލެޓަށް ހެދޭ އެންމެ ނުރަގަނޅު ކަމަކުން އެތަށް ބަޔެއްގެ ފުރާނަ ގޮސް، ފުރާނައިގެ ޒިންމާ ނަގަން ޖެހިދެއެވެ.

ސާރޖަން

undefined

އެވްރެޖް މުސާރަޔަކަށް މަހަކު 20,917 ޑޮލަރު ލިބޭ ސާރޖަންގެ ވަޒީފާއަކީވެސް ދުނިޔޭގެ އެންމެ މުސާރަބޮޑު ވަޒީފާގެ ތެރޭގައި ހިމެނޭ ވަޒީފާއެކެވެ. ތަމްރީނު ލިބިފައިވާ ޑޮކްޓަރަކަށް ވުމަށްފަހު، އިޚްތިޔާރުކުރާ ޚާއްސަ ދާއިރާއަށް ބިނާކޮށް، ސާޖަންއަކަށް ވުމަށް އަހަރުތަކެއްގެ ކިޔެވުން އަދި ތަމްރީން ބޭނުންވެއެވެ. މީހުން ބިނާވެފައިނުވާ، އެ ވަޒީފާއަކަށް ޚާއްސަ ތަމްރީނު ބޭނުންވާ ސާޖަން ފަދަ ވަޒިފާތަކަށް ޑިމާންޑް އިތުރުވުމުގެ ސަބަބުން މުސާރަ ބޮޑުވެގެންދެއެވެ.

ދަތުގެ ޑޮކްޓަރުން

undefined

އުމުރުގެ ކޮންމެވެސް ހިސާބަކުން ދަތުގެ ޑޮކްޓަރަކަށް ނުދައްކާ މީހަކު މަދުވާނެއެވެ. ގިނަ ބަޔަކު ދަތުގެ ފަރުވާތަށް ހޯދައެވެ. މިގޮތުން ޤަވާއިދުން ހަދަންޖެހޭ ޗެކަޕް ތަކާއި، ދަތުގެ ފަރުވާއިން ދަރުގެ ޚާއްސަ ޑޮކްޓަރުންނަށް ރަނގަޅު އާމްދަނީއެއް ލިބެއެވެ. އެވްރެޖްކޮށް ދަތުގެ ޑޮކްޓަރަކަށް އާމްދަނީގެ ގޮތުގައި މަހަކު 14,510 ޑޮލަރު ލިބޭއިރު، ދަތުގެ ޑޮކްޓަރަކަށް ޚާއްސަވުމަށް ގިނަ އަހަރުތަކަކަށް ކިޔަވަން ޖެހެއެވެ. ދަތާއި ހިރުގަނޑާއި، ދަތަށް ދިމާވާ ތަފާތު މައްސަލަތަށް ހައްލުކޮށް ފަރުވާދިނުމަކީ ދަތުގެ ޑޮކްޓަރުންގެ މައިގަނޑު މަސައްކަތެވެ. ދަތުގެ ފަރުވާއަކީ އަގު ބޮޑު އަދި ދަތުގެ ޑޮކްޓަރުންނަށް ޑިމާންޑް އޮތް ދާއިރާއެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ