logoEN
Sto top
ރާއްޖެއަށް އޮކްސްފޯޑްގެ ކޮވިޑް ވެކްސިން ހޯދަން ސިންގަޕޫރު ކުންފުޏްޏަކާއި ހަވާލުކުރަނީ

ރާއްޖެއަށް އޮކްސްފޯޑްގެ ކޮވިޑް ވެކްސިން ހޯދަން ސިންގަޕޫރު ކުންފުޏްޏަކާއި ހަވާލުކުރަނީ

އަހުމަދު ޝުރާއު

logo

12/31/2020, 7:23:17 PM

273955_3_7f824e3ea2f915a109671e1ae514de630e8aa08c_medium

ކޮވިޑު-19 އިން ރައްކާތެރިވުމަށް ރާއްޖެއަށް ބޭނުންވާ ވެކްސިން ހޯދަން ސިންގަޕޫރުގެ ކުންފުންޏަކާއެކު ސޮއިކުރަން ދިވެހި ސަރުކާރުން ނިންމައިފައިވާ ކަން ހާމަކޮށްފި އެވެ.

Wamco

ވެކްސިން ހޯދަން ސޮއިކުރަން ނިންމާފައިވަނީ އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ، އެލްޓީޑީއީއާ އެވެ. ދިވެހި ސަރުކާރުން މިކަން ހާމަކުރީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ނެރުއްވި ގަރާރެއްގައިއެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެއަށް ވެސް ބޭނުން ޖެހިފައިވާ ވެކްސިނަކަށް ވުމުން ވަކި ބައެއްގެ ފަރާތުން ނޫނީ މި ވަގުތު އެ ލިބެން ނެތް ކަމަށް މިނިސްޓަރ އަމީރު ނެރުއްވި ގަރާރުގައި ވަނީ ވިދާޅުވެފައެވެ, އަދި ކޮވިޑުން ދިވެހިން ރައްކާތެރިކުރަން ބޭނުންވާ ވެކްސިން ހޯދަން އެ އެއްބަސްވުމުގައި ސޮއިކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ނިންމާފައިވާ ކަމަށް ވެސް އަމީރު ވަނީ ގަރާރުގައި ވިދާޅުވެފައެވެ. ވެކްސިން ހޯދަން ހަދާ އެއްބަސްވުން ހަދާ މުއްދަތާއި ވެކްސިން ގެންނަން ކުރާ ހަރަދުގެ ތަފްސީލެއް އަދި ސަރުކާރުން ހާމަކޮށްފައިނުވެއެވެ.

އެސްޓްރާޒެނެކާއާ އެކު ހަދާ އެއްބަސްވުމުގެ ދަށުން ކުރާ ހަރަދުތަކުގެ އިންޓާނަލް އޮޑިޓެއް ފިނޭންސް މިނިސްޓްރީން ކުރިއަށްގެންދާނެ އެވެ. އަދި އެ ހަރަދުތައް ހެލްތު މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާ ހާއްސަ ސަމާލުކަމެއް ދީގެން ބަލަން އަންގާފައިވެ އެވެ.

އެސްޓްރާޒެނެކާ އަކީ އޮކްސްފޯޑް ޔުނިވާސިޓީއާ ގުޅިގެން ވެކްސިން އުފެއްދި ކުންފުންޏެވެ. އެ ވެކްސިން ބޭނުންކުރަން އިނގިރޭސި ވިލާތުގެ ރަސްމީ އިދާރާތަކުން އިއްޔެ ވަނީ ހުއްދަ ދީފަ އެވެ. އަދި އަންނަ ހޯމަދުވަހު އިނގިރޭސި ވިލާތުގައި އެ ވެކްސިން ދޭން ފަށާނެ އެވެ. އޮކްސްފޯޑް ވެކްސިންގައި ވެސް ދެ ޑޯޒް ދެ އެވެ. ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ދިންތާ 12 ހަފުތާ ފަހުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside