logoEN
ޕީއެންސީ 2
އެންމެ ރެޔަކުން މިލިޔަނަރުންނަށް ބަދަލުވެފައިވާ، ނަސީބުގަދަ 8 ފަރާތެއް!

އެންމެ ރެޔަކުން މިލިޔަނަރުންނަށް ބަދަލުވެފައިވާ، ނަސީބުގަދަ 8 ފަރާތެއް!

ގާފު އެޑިޓޯރިއަލް

logo

12/31/2020, 8:00:01 PM

d

އެންމެ ރެޔަކުން މިލިޔަނަރުންނަށް ބަދަލުވެފައިވާ، ނަސީބުގަދަ 8 ފަރާތެއް މިލިޔުމުގައި ހިމަނާލަމެވެ.

ޝަރީ 2024

ކެލިފޯނިޔާގެ ދެމަފިރިއެއް

2014 ވަނައަހަރު ކެލިފޯނިޔާއަށް ނިސްބަތްވާ ދެމަފިރިއެއް އެމީހުން ގެންގުޅޭ ކުއްތާ ގޮވައިގެން ހިނގަން ނުކުތެވެ. ހިނގަމުން ދިޔަ މަގުން ވަޅުލެވިފައިވާ ދުވަސްވީ ކުރީ ޒަމާނުގެ ފޮއްޓެއް މިދެމަފިރިންނަށް ފާހަގަކުރެވުނެވެ. މި ފޮށި ވެގެން ގޮސްފައިވަނީ އެމެރިކާގެ ތާރީޚުގައި ފެނިފައިވާ އެންމެ އަގު ބޮޑު ޚަޒާނާއަށެވެ. މިފޮށީގައި ވަނީ ދަޅުތަކެއްގައި ބަންދު ކުރެވިފައިވާ 1400 ރަން ފައިސާ ފޮތިތަކެކެވެ.

undefined

މިއީ 19 ވަނަ ޤަރުނުގެ ފައިސާފޮތި ތަކަކަށް ވާއިރު، ފައިސާފޮތީގެ އަގު ގާތްގަނޑަކަށް 10 މިލިޔަން ޑޮލަރަށް އަރައެވެ. މި ދެމަފިރިން މިފައިސާފޮތިތައް އޮންލައިންކޮށް ވިއްކައި މިލިޔަނަރުންނަށް ބަދަލުވެގެން ގޮސްފައިވެއެވެ. މިފައިސާ ފޮތިތައް ހޯދި ދެމަފިރިންގެ ނަން އަދި މިޚަޒާނާ ހޯދާފައިވާ ސަރަޙައްދު ސިއްރެއްގެ ގޮތުގައި އެދެމަފިރިން ވަނީ ބާއްވާފައެވެ.

ކެވިން ލުއިސް

undefined

2013 ވަނަ އަހަރު ޗިންޗިނާޓީ ކެސިނޯ އިން ވަރަށް ބޮޑު އޮޅުމެއް އަރާފައި ވެއެވެ. ކެސިނޯއަށް ޒިޔާރަތްކުރި މީހުންގެ ތެރެއިން އެއް ކަސްޓަމަރަކަށް 1 މިލިޔަން ޑޮލަރު ދިނުމަށް ނެގި ގުރުއަތުން ނަންގޮވުމުން ކެވިން ލުއިސް، އިނާމާ ޙަވާލުވުމަށް ދިޔައެވެ. ނަމަވެސް ފަހުން އެނގިގެން ގޮސްފައިވާ ގޮތުގައި އެއީ ކެވިން ލުއިސް ކިޔާ އެހެން މީހަކަށް ލިބުނު އިނާމެކެވެ. މިގޮތުން ކެސީނޯގެ މެނޭޖްމަންޓުން މިއީ އެމީހުންނަށް އެރި އޮޅުމަކަށް ބަލައި ދެފަރާތަށްވެސް ކޮންމެ މީހަކަށް 1 މިލިޔަން ޑޮލަރު ދިނުމަށް ނިންމިއެވެ. މި ޚާއްސަ ރޭގައި ނަސީބުގަދަ ކެވިން ކިޔާ ދެފަރާތެއް މިލިޔިނަރަކަށް ބަދަލުވެފައިވާއިރު، އެއްފަރާތް މިލިޔަނަރަކަށްވީ އެއް ނަމެއް ކިޔުމުން އެރި އޮޅުމެއްގެ ސަބަބުންނެވެ.

ޖޯސެފް މޯރާ

undefined

ޕެންސިލްވީނިޔާއަށް އުފަން ޓްރަކް ޑްރައިވަރެއް ކަމުގައިވާ ޖޯސެފް މޯރާ، އޭނާގެ ރިޓަޔަރމަންޓް އާއި ކުރިމަތިލުމަށް ތައްޔާރުވަމުން ދަނިކޮށް، ދިރިއުޅުމުގައި ލިބުނު އެންމެ ބޮޑު ސަޕްރައިޒާއި ކުރިމަތިވިއެވެ. ބައްޕައިންގެ ދުވަހުގެ ތަހުނިޔާ ކިޔުމަށް ޖޯސޮޕް މޯރާގެ އަންހެންދަރިފުޅު ކާޑެއް ގަނެ، އަދި އޭނަގެ އަންހެނުންގެ ލަފާގެ މަތިން ދަރިފުޅު ލޮޓަރީ ޓިކެޓެއްގަނެ، ކާޑުގައި ހަރުކޮށް އެކާޑު ބައްޕަ އާއި ހަވާލުކުރިއެވެ. މިލޮޓަރީ ޓިކެޓް ވެގެން ދިޔައީ ޖޯސެފް މޯރާގެ ދިރިއުޅުން ބަދަލުކޮށްލި އަދި ދުވަހަކުވެސް ހަނދާންނެތިވެގެން ނުދާނެ ބައްޕައިންގެ ދުވަހުގައި އޭނާއަށް ލިބުނު އެންމެ އަގު ބޮޑު ހަދިޔާއަށެވެ. މިލޮޓަރީ ޓިކެޓަށް 1 މިލިޔަން ޑޮލަރު ޖޯސެފް މޯރާއަށް ލިބިގެން ދިޔައެވެ. މިގޮތުން ޖޯސެފް މޯރާ ރިޓަޔާވާން ނިންމި ތާރީޚުގެ ކުރިން އޭނަ ރިޓަޔަރ ވެފައި ވެއެވެ.

ރިކް ނޯސީޖިއަން

undefined

އުކާލެވޭތަކެތި ހޮވައިގެން ވިއްކައިގެން ދިރިއުޅެމުންދިޔަ ރިކް ނޯސީޖިއަން 2002 ވަނަ އަހަރު ސްޕރިންގ ގައި އަވަށްޓެރިއެއްގެ ގަރާޖް ސާފުކުރުމުގެ މަސައްކަތް ކުރިއެވެ. ގަރާޖް ސާފުކުރުމުގެ ތެރޭގައި ދެ ފޮށިގަނޑެއްގައި ހުރި ކުރީޒަމާނުގެ ކުރެހުންތަކެއް ފެނި، ރަނގަޅު އަގެއްގައި ވިއްކާލެވިދާނެކަމަށް ވިސްނައި، ގަރާޖުގެ ވެރިފަރާތުގެ އަތުން 50 ޑޮލަރަށް ދެ ފޮށިގަނޑު ފޮޓޯތަކާއެކު ގަތެވެ. އޭގެ 4 އަހަރުފަހުން، މިކުރެހުންތަކުގެ ހަޤީޤަތް ހޯދުމަށް ރިކް ވިސްނިއެވެ. މިގޮތުން ހާމަވެގެން ދިޔައީ، މިފޮޓޯތަކަކީ ޤުދުރަތީ ފޯޓޯ ނެގުމުގެ ދާއިރާއަށް މަޝްހޫރު ލެޖެންޑެއް ކަމުގައިވާ އެންސެލް އެޑަމް ނަގާފައިވާ އޭނާގެ ގެއްލިފައިވާ އަގު ބޮޑު މަސައްކަތެއްކަމެވެ. 50 ޑޮލަރަށް ރިކް ގަތް ފޮޓޯތަށް ވިއްކައިގެން އަގެއްގެ ގޮތުގައި 200 މިލިޔަން ޑޮލަރު އޭނާއަށް ލިބި މިލިޔަނަރަކަށް ބަދަލުވެފައި ވެއެވެ.

އޮސްކާ ސްޓޯލާ

undefined

އެމެރިކާގެ ވެސްޓާން ނޯތް ޑެކޯޓާގައި ދިރިއުލެމުން އަންނަ އޮސްކާ ސްޓޯލާއަކީ ދަނޑު ހައްދާ އަދި އަމިއްލަ ބިމެއް އޮންނަ މެދު ފަންތީގެ ދަނޑުވެރިޔެކެވެ. 2008 ވަނަ އަހަރު ތެޔޮނަގާ ފަރާތްތައް އޭނަގެ ދަނޑުބިންތަކުގައި ގިނައަދަދަތަކަށް ސާފުނުކުރާ ތެޔޮ އެކުލެވޭކަމަށް ބުނެ، އެބިމުން ތެޔޮނަގަން ފެއްޓުމަކީ ސްޓޯލާގެ ދިރިއުޅުން ބަދަލުވެގެން ދިޔުމަށް ކުރިމަތިވީ ނަސީބެވެ. މިފަދަ ކަމެއް ކުރިމަތިވެދާނެކަމަށް ސްޓޯލާ އަށް އެއްވެސް ވަރަކަށް ކުރިން ވިސްނިފައި ނުވެއެވެ. ސްޓޯލާ ހީވެސް ނުކުރާއަދަދަށް ސާފުނުކުރާ ތެޔޮ އެނާގެ ބިންތަކުން ނެގިފައިވެއެވެ. ސްޓޯލާ އަދި އޭނާގެ އާއިލާއަށް އެބިމުން ނެގި ތެލުގެ އަގަކަށް 52.6 މިލިޔަން ޑޮލަރު ލިބި މިލިޔަނަރުންނަށް ބަދަލުވެގެން ގޮސްފައިވެއެވެ.

undefined

ސްޓޯލާ އަދި އެސަރަޙައްދަށް ނިސްބަތްވާ އިތުރު ދަނޑުވެރިން، އެމީހުންގެ ބިންތަކުން ނެގިފައިވާ ތެލުން ބޮޑު މުއްސަނދިކަމެއް ލިބިފައިވެއެވެ.

ރިޗާޑް ނޮލް

undefined

އެމެރިކާގެ ރިވެއަރ މަސަޗޫސެޓްސް އަށް އުފަން ރިޗާޑް ނޮލް 2015 ވަނަ އަހަރު 100 ޑޮލަރު ކުޑަކުރުމަށް ކައިރީގައި ހުރި ފިހާރަޔަކަށް ލޮޓަރީ ޓިކެޓެއް ގަތެވެ. މިއީ ނޮލް އޭނާގެ ހަޔާތުގައި އެޅުނު އެންމެ ބުއްދިވެރި ނިންމުންކަމަށް އޭނާ ޤަބޫލުކުރެއެވެ. މިގޮތުން ނޮލްގެ ނަސީބު އަތުގައު ހިފައި ގަތް ލޮޓަރީ ޓިކެޓަށް 10 މިލިޔަން ޑޮލަރު ލިބިގެން ދިޔައެވެ. ލޮޓަރީ ޓިކެޓް ވިއްކި ފިހާރައިގެ ވެރިފަރާތްވެސް ޝޮކްވެގެން ގޮސްފައިވެއެވެ. ނޮލް އަށް ލިބުނު ފައިސާއިން، ފަންސާސް ހާސް ޑޮލަރު ފިހާރައިގެ ވެރިފަރާތަށް ހަދިޔާކޮށްފައި ވެއެވެ.

ސަނިނިއު ލައިޒާ

undefined

ޓެންޒޭނިއާއަށް އުފަން ސަނިނިއު ލައިޒާ އަކީ މައިން ކުރުމުގެ މަސައްކަތް ކުޑަކޮށް ކުރަމުން އަންނަ މީހެކެވެ. މިގޮތުން ސަނިނިއު ލައިޒާގެ ނަސީބު އޭނާގެ އަތުގައި މިއަހަރުގެ ކުރީކޮޅުގައި ހިފިއެވެ. މިހާ ހިސާބަށް ހޯދުނު އެންމެ ބޮޑު ޓެންޒެނޭޓް 2 ޖެމްސްޓޯން ހޯދައިގެން 3.35 މިލިޔަން ޑޮލަރު ލިބިފައިވެއެވެ. އެއް ޖެމްސްޓޯންގައި 6 ކިލޯ ހުންނައިރު، މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތުގެ ޖެމްއެކެވެ. މި ދެ ޖެމް ސްޓޯން އިން ތަފާތު ކުލައިގެ އޮފްކަން އަރައެވެ. މިގޮތުން ފެހި ނޫ ދަނބު ކުލަ އަދި ރަތްކުލަޔަށް އޮފްކަން ބަދަލުވެއެފެ. ލައިޒާ ބުނެފައިވާގޮތުން އެނާއަށް ލިބުނު މިމުއްސަނދިކަމާއެކު މުޅި ކޮމިއުނިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނަ ވިސްނައެވެ.

ކްރިސް ކްލާކް

undefined

އިންޓަރނެޓްގެ އެންމެ ކުރީ ދުވަސްކޮޅުގައި 1994 ވަނަ އަހަރު އިންޓަނެޓްގެ ބާރު އަދި ބޭނުން މަތިވެގެން ގޮސްދާނެ މިންވަރެއް އެއްވެސްބަޔަކަށް ވަޒަންނުކުރެވެއެވެ. އޭރު 29 އަހަރަގެ ކްރިސް ކްލާކް ޕިއްޒާ ޑޮޓްކޮމް ކިޔާ އިންޓަނެޓް ޑޮމެއިންއެއް މާބޮޑު ބޭނުމަކާ ނުލައި 20 ޑޮލަރަށް ގަތެވެ. ނަމަވެސް ފަހުން ކްރިސް އާއި އޭނާގެ އެކުވެރިން ޕިއްޒާ އިޝްތިހާރުކުރާ އަދި ޕިއްޒާ އާއި ގުޅޭ ޑައިރެކްޓްރީއަކަށް މިޑޮމެއިން ބަދަލުކުރިއެވެ. މީގެ އަހަރުތަކަކަށްފަހު ކްރިސް އޭނާގެ ނަސީބު ބަލަން ބޭނުންވިއެވެ. މިގޮތުން މިޑޮމެއިން ވިއްކުމަށް ނިންމައި އިޝްތިހާރު ކުރިއެވެ. ނަތީޖާ ނުކުތީ ވަރަށްވެސް ފޮނި މީރުކޮށެވެ. ހީވެސް ނުކުރާ އަގަކަށް ޑޮމެއިން ވިކިގެން ދިޔައެވެ. އަގު ފުރަތަމަ ޤަބޫލުކުރަންވެސް ދަތިވެ ކްރިސް ޝޮކްވިއެވެ. ޑޮމެއިންގެ އެންމެ މަތީ އަގަކަށް ހުށހެޅި ޑޮމެއިން ވިކިފައިވަނީ 2.6 މިލިޔަން ޑޮލަރަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ