logoEN
cocacola
ހަޤީޤީ ދިރިއުޅުމުގައި، އާދަޔާޚިލާފު ބާރުތަކެއް ލިބިފައިވާ 5 މީހެއްގެ ވާހަކަ!

ހަޤީޤީ ދިރިއުޅުމުގައި، އާދަޔާޚިލާފު ބާރުތަކެއް ލިބިފައިވާ 5 މީހެއްގެ ވާހަކަ!

g

ޤަބޫލުކުރަން ދަތި އެހެން ނަމަވެސް، ހަޤީޤީ ދިރިއުޅުމުގައި، އާދަޔާޚިލާފު ބާރުތަކެއް ލިބިފައިވާ 5 މީހެއްގެ ވާހަކަ މިލިޔުމުގައި ހިމަނާލަމެވެ.

ގޮސިޔާ

ސްޓީފަން ވިލްޓްޝަޔަރ

undefined

ސްޓީފަން ވިލްޓްޝަޔަރ އަކީ އިގިރޭސިވިލާތަށް އުފަންމީހެކެވެ. ގިނަބަޔަކު ޤަބޫލުކުރާގޮތުގައި އޭނާއަކީ އާދާޔާޚިލާފު ފޮޓޯގްރަފިކް މެމޮރީއެއް ނުވަތަ އެންމެފަހަރަކު ފެންނަ އެއްޗެއް އެހުރިގޮތަށް ހަނދާންކުރުމުގެ ބާރު ލިބިފައިވާ އާޓިސްޓެކެވެ. މި އާޓިސްޓް އެންމެ ފަހަރަކު ލޮލަފެންނަ ކޮންމެ މަންޒަރެއް އެހުންނަގޮތަށް ނަގާފައިވާ ފޮޓޯއެއްގެ ގޮތުގައި ކުރަހައި މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައިވެއެވެ. މިގޮތުން އެއްފަހަރު ސްޓީފަން ހެލިކޮޕްޓަރެއްގައި ގެންގޮސް ބައެއް މަންޒަރުތައް ދައްކާފައި އެމަންޒަރުތައް ކުރެހުމަށް އޭނާކައިރީގައި ބުނެވުނެވެ. އޭނަޔަށް ދެއްކުނު މަންޒަރު އެއްވެސް ތަފާތެއްނެތި ނަގާފައިވާ ފޮޓޯއެއްހެން ހުރިހާ ކުލަތަކާއި، ކުދި ކުދި ތަފްޞީލުތައް ހިމޭނޭހެން އޭނާ ވަނީ ކުރަހާފައެވެ. އުމުރުން 3 އަހަރުގައި ސްޓީފަން އޮޓިޒަމްއަށް ޑައިގްނޯސް ކުރެވިފައިވެއެވެ. މިއީ މި އާދަޔާޚިލާފު ހުނަރު ލިބުމުގެ ފަހަތުގައި ވާ ސިއްރެވެ. ސްޓީފަން އުމުރުން 5 އަހަރުގައިވެސް އެއްވެސްގޮތަކަށް ވާހަކަ ނުދައްކައެވެ. އަދި އެހެން އާ ސްކޫލަކަށް ސްޓީފަން ފުނުވުމުން، ސްޓީފަންގެ ކުރެހުމުގެ ހުނަރު ފެނިގެން ގޮސަފައިވެއެވެ. އުމުރުން 7 އަހަރުގައި ސިޓީގެ ބޮޑެތި އާކިޓެކްޗަރ ކުރެހުންތައް ސްޓީފަން ކުރަހަން ފެއްޓިއެވެ. އުމުރުން 8 އަހަރުގައި އޭނަގެ ކުރެހުމުގެ ހުނަރު މީހުންނަށް ފާހަގަކުރެވި، ކުރަހައިގެން އާމްދަނީ ހޯދަން ސްޓީފަން ފެއްޓިއެވެ. ވާހަކަ ދެއްކުމުގައި އުދަނގޫތަކެއް ހުރި ނަމަވެސް އެހެން މީހުންނާއި މުޢާޞަލާތު ކުރެވޭ އެއްޗަކަށް އޭނަގެ ކުރެހުމުގެ ހުނަރު ވެފައި ވެއެވެ.

އިސާއޯ މާޗީ

undefined

ޖަޕާނަށް އުފަން އިސާއޯ މާޗީ އަކީ އާދަޔާޚިލާފަށް މޮޅަށް ކަނޑި ގެންގުޅުމުގެ ކުޅަދާނަކަން ލިބިފައިވާ މީހެކެވެ. މިއީ ފިލްމުތަކުން ފެންނަ ސުޕަ ހީރޯއިންނާ އެއްފެންވަރުގެ ކުޅަދާނަ ހުނަރުވެރިއެކެވެ. އޭނަގެ މޮޅު ކަޓާނާ ނުވަތަ ކަނޑި ހުނަރުތަކުގެ ސަބަބުން ދުނިޔޭގެ ރެކޯޑްފޮތުން ތަފާތު ރެކޯޑްތައް އޭނާ ވަނީ ހާޞިލްކޮށްފައި ވެއެވެ. މިހާތަނަށް ދުނިޔެ ދެކެފައިވާ އެންމެ މޮޅު އަދި ކަނޑި ގެންގުޅުމަށް އެންމެ ކުޅަދާނަ މީހަކީ އިސާއޯ އެވެ. އާދައިގެ ކަނޑިތައް ބޭނުންކޮށްގެން 3 މިނެޓުން ބުރިކޮށްލެވޭ ބައެއްތަކެތި ފަޅި ސިކުންތެއްގެ ތެރޭގައި އޭނާގެ ކަޓާނާއިން ބުރިކޮށް، ބާރު ސްޕީޑުގައި އަންނަ ޓެނިސް ބޯޅަ ފަދަ ތަކެތި ފަޅި ސިކުންތެއްގައި ފަޅިކޮށްލައެވެ. ތަފާތު މާއްދާތަކުން ހަދާފައިވާ 1000 އެއްހާ ތަކެތި މިހާތަނަށް އެންމެ އަވަހަށް ކަނޑި ބޭނުންކޮށްގެން ބުރިކޮށް ދުނިޔޭގެ ރެކޯޑު ފޮތުންވެސް އިސާއޯ ޖާގަ ހޯދާފައިވެއެވެ. އިސާއޯގެ އެންމެ މޮޅު އަދި މަޝްހޫރުކަމެއް ގޮތުގައި ފާހަގަވަނީ، ބަޑިޔަކުން ޖަހާ ވަޒަން އޭނަގެ ކަނޑިން ދެފަޅި ކޮށްލުމެވެ. އިސާއޯ އަކީ ދުނިޔޭގައި ކަނޑި ބޭނުންކުރުމަށް އެންމެ މޮޅު އަދި އެންމެ އަވަހަށް ކަނޑީގެ ހަރަކާތް ގެންނަން ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ފަރާތެވެ. ކަނޑި ބޭނުންކޮށްގެން ކޮންމެ އެއްޗެއްވެސް އެސްފިޔަ ޖަހާލާހާ އަވަހަށް، ފަޅިކޮށް ކޮށާލުމުގެ ބާރު އޭނާއަށް ލިބިގެން ވެއެވެ.

ޑޭނިއަލް ބްރޯވނިންގ ސްމިތް

undefined

އެމެރިކާއަށް އުފަން ޑޭނިއަލް ބްރޯވނިންގ ސްމިތް ދުނިޔޭގައި މަޝްހޫރުކަމެއް ހޯދާފައިވަނީ ރަބަރ ބޯއި ގެ ނަމުންނެވެ. ފްލެކްސިބަލް ހަށިގަނޑެއް ލިބިފައިވާ ޑޭނިއަލް، އާދަޔާޚިލާފު ބައެއް ތަކެތީގެ ތެރެއިން އެނަގެ ހަށިގަނޑު ނެރެލައެވެ. މިގޮތުން ޓެނިސް ރެކެޓެއްގެ ތެރެއިން މުޅި މީހާގެ ހަށިގަނޑު ނެރެ، ފާޚާނާ ތައްޓެއްގެ ތެރެއިން ނުކުތުމުގެ އިތުރުން، އޭނަގެ ހަށިގަނޑު ކުޑަ ސޫޓްކޭސްއަކަށް ލައި ބަންދު ކޮށްފައިވެއެވެ.

undefined

ޑޭނިއަލްއަށް ލިބިފައިވާ މިއާދަޔާޚިލާފު ފްލެކްސިބަލް ހަށިގަނޑުގެ ސިއްރަކީ އޭނާއަށް ކުރިމަތިވެފައިވާ ޖެނެޓިކް މައްސަލައެއް ކަމުގައިވާ އެހްލާސް ޑޭންލޯސް ސިންޑްރޯމްއެވެ. ޖެނެޓިކް މިމައްސަލައިގެ ސަބަބުން އޭނާގެ ހުޅުތައް އާދަޔާޚިލާފަށް މަޑުވެ ބޭނުންގޮތަކަށް ލަންބާލެވެއެވެ. ޑޭނިއަލް އޭނާއަށް ކުރިމަތިވެފައިވާ ޖެނެޓިކް މައްސަލައިގެ ފައިދާ ފުރިހަމަޔަށް ނަގައި، އުމުރުން 18 އަހަރުން ފެއްޓިގެން، އޭނަގެ ހުނަރު މީހުންނަށް ދައްކައި މީހުންގެ ސަމާލުކަން ހޯދާފައިވެއެވެ. އޭގެ ފަހުން ޑޭނިއަލް ސެން ފްރެންސިސްކޯ ސްކޫލްއޮފް ސާކަސް އާރޓްސްގައި މާސްޓާ ލޫ ޔީގެ ޓްރެއިނިންގ ހޯދާފައިވެއެވެ. ޑޭނިއަލް ދުނިޔޭގެ ރެކޯޑުފޮތުން 7 ރެކޯޑެއް ހާޞިލްކޮށްފައިވާއިރު، އޭގެތެރޭގައި ދުނިޔޭގައި މިވަގުތުހުރި އެންމެ ފްލެކްސިބަލް ނުވަތަ ބޭނުންގޮތަކަށް ހަށިގަނޑު ބަދަލުކޮށްލާ މީހާގެ ރެކޯޑުވެސް އޭނާ ވަނީ ހާޞިލްކޮށްފައެވެ.

ވިމް ހޮފް

undefined

ނެދާލޭންޑަށް އުފަން ވިމް ހޮފް މަޝްހޫރުވެފައި ވަނީ އައިސް މޭންގެ ގޮތުގައެވެ. އާދަޔާ ޚިލާފު ގަދަ ފިނިކަން އެކުލެވޭ ތަންތަނުގައި އެއްވެސް އުދަނގުލެއް ނެތި އުޅުމުގެ ބާރު ވިމް ހޮފްއަށް ލިބިފައިވެއެވެ. އުމުރުން 17 އަހަރުން ފެއްޓިގެން ގަނޑުވެފައި ހުންނަ ފެންގަނޑުތަކަށް އެރުމަށް ވިމް ހޮފް އާދަ ހިފާފައިވެއެވެ. އޭނާއަށް މިފަދަ ބާރެއް ލިބުނީ އަންހެނުން މަރުވުމުން ލިބުނު ހިތާމަޔާއި ގުޅިގެން އާދަޔާ ޚިލާފަށް ފިންޏަށް ކެތްކުރުމަށް ކުރި މަސައްކަތުންނެވެ. މިގޮތުން ގަނޑުވެފައިވާ ގަނޑުފެންގަޑެއްގެ އަޑިގައިވާ 57.5 މީޓަރުގެ ދިގު ފެންގަނޑެއް، ގަނޑުފެންގަޑުގެ އަޑިން ފަތާފައި ހުރަސްކޮށްގެން ދުނިޔޭގެ ރެކޯޑުފޮތުން ވިމް ޖާގަ ހޯދިއެވެ. މީގެ އިތުރުން 2007 ވަނަ އަހަރު ސްނޯގައި ހުސްފައިގައި 2 ގަޑިއިރާއި 16 މިނެޓާއި 34 ސިކުންތުގެ މެރަތަންއެއް ދުވެ އިތުރު ރެކޯޑެއް ހަދައި ދުނިޔޭގެ ރެކޯޑުފޮތުން ވިމް ހޮފް ޖާގަ ހޯދިއެވެ. މިހުރިހާ ރެކޯޑެއްވެސް ވިމް ހޮފް ހަދާފައިވަނީ އެއްވެސް ފިނިހެދުމެއް ނުލައި ހަމައެކަނި ކުރު ސޯޓެއް ލައިގެންނެވެ.

ޑީން ކާރުނޭޒް

undefined

ޑީން ކާރުނޭޒް އަކީ އެމެރިކާއަށް އުފަން މެރަތަން ދުވުންތެރިޔެކެވެ. ޑީން މަޝްހޫރުވެފައިވަނީ ހުއްޓުމެއްނެތި ދުވާ ދުވުންތެރިޔެއްގެ ގޮތުގައެވެ. އެންމެ ކުޑައިރު، ބޭބީ ނާސަރީގައި ކިޔަވަމުން ދިޔައިރުވެސް، ގެއިން ފެއްޓިގެން ސްކޫލަށް ދުވެފައި ދިޔުމަކީ ޑީން ކުރާހިތުން ކުރާކަމެކެވެ. މިގޮތުން ބޭބީ ނާސަރީގައި ކިޔަވަމުންވެސް ތިންވަނަ ގްރޭޑްގެ ކުދީން ބައިވެރިވި ދުވުމެއްގައި ބައިވެރިވެ ޑީން ކާމިޔާބު ހޯދިއެވެ. ޑީންއަށް ހުއްޓުމެއްނެތި ބަލިނުވެ ދުވުމުގެ ސިއްރަކީ އޭނާއަށް ކުރިމަތިވެފައިވާ ޖެނެޓިކް މައްސަލައެއްގެ ސަބަބުން، ހަށިގަނޑުން ލެކްޓޭޓްސް އުފެއްދުމެވެ. ޑީން 2005 ވަނަ އަހަރު 350 މޭލަށް 80 ގަޑިއިރާއި 44 މިނެޓް އެންމެ ސިކުންތެއްގައިވެސް ނުނިދައި ފުރިހަމަކޮށްފައިވެއެވެ. ޑީންގެ އެންމެ ބޮޑު ކާމިޔާބަކީ، އެމެރިކާގެ 50 ސްޓޭޓެއްގައި ބޭއްވުނު 50 މެރަތަންގައި ބައިވެރިވެ 50 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ