logoEN
ކޮކާކޯލާ
ރެޑްބުލް ޕަބްޖީ މުބާރާތުގެ ސެމީ ފައިނަލްތަށް ފެށިގެން ކުރިޔަށް

ރެޑްބުލް ޕަބްޖީ މުބާރާތުގެ ސެމީ ފައިނަލްތަށް ފެށިގެން ކުރިޔަށް

އަހުމަދު ޝުރާއު

logo

12/29/2020, 8:17:52 PM

133780642_4006369189373476_1165712434171494772_n

ރެޑްބުލް އެމް.އީ.އޯ ސީޒަން ތިނެއްގެ ރާއްޖޭގެ ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖުގެ މެޗުތަށް ނިމި ސެމީ ފައިނަލްގެ މެޗުތަށް ފެށިއްޖެ އެވެ.

އަބުޅޯ

116 ޓީމާއި ފެށި ރެޑްބުލް އެމް.އީ.އޯ ސީޒަން ތިނެއްގެ ރާއްޖޭގެ ކޮލިފިކޭޝަންގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ ޖުމުލަ 32 ޓީމެކެވެ. މިރޭ 8 ޖެހި ފެށި ސެމީ ފައިނަލްގެ މެޗުތަށް ކުރިޔަށް ގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި ސެމީ ފައިނަލުގައި ކޮންމެ ގްރޫޕަކުންވެސް 8 ޓީމު ފައިނަލަށް ކޮލިފައިވާއިރު ފައިނަލްގައި ވާދަކުރާނީ ދެގްރޫޕުން ފައިނަލަށް ދަތުރުކުރާ 16 ޓީމެވެ.

ކޮންމެ ގްރޫޕަކުންވެސް 6 މެޗު ކުޅުމަށްފަހު ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓު ހޯދި 4 ޓީމު ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. އަދި ސެމީ ފައިނަލުގައިވެސް 6 މެޗުކުޅުމަށް ވަނީ ހަމަޖެހިފައެވެ.

http://www.YouTube.com/e2sgaming

ސެމީ ފައިނަލްގެ މެޗުތަށް E2S ގޭމިންގ ޔޫޓިއުބް ޗެނަލް އަދި ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ވަނީ ނިންމާފައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އީޓޫއެސް ގޭމިންގް އަދި މޯލްޑިވްސް އީސްޕޯޓިންގް އެސޯސިއޭޝަންގެ ފަރާތުން ހުށަހަޅާފައިވާ 30،000 ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން ތުރުކީގެ އިސްތަންބުލްގައި އޮންނަ ވޯލްޑް ފައިނަލްސް ގައި ވާދަކުރުމަށް ތުރުކީއަށް ދިއުމަށް ރެޑްބުލްއިން ހުށަހަޅާފައިވާ ޓިކެޓު ލިބިގެންދާނެއެވެ.

http://www.Facebook.com/e2sgaming

ރާއްޖޭގައި ކުރިއަށްދާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ރެޑްބުލްއެވެ. ޑިޖިޓަލް ޕާރޓްނަރަކީ އުރީދޫއެވެ. އަދި މި މުބާރާތުގެ މީޑިޔާ ޕާރޓްނަރަކީ ގާފު އޮންލައިނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ