logoEN
ކޮކާކޯލާ
ނިޔަފަތި ކެއުމަށް އާދަވެފައިވާ މީހުންނަށް ނޭނގޭ އެމީހުންނާއި ގުޅޭ 5 ކަމެއް!

ނިޔަފަތި ކެއުމަށް އާދަވެފައިވާ މީހުންނަށް ނޭނގޭ އެމީހުންނާއި ގުޅޭ 5 ކަމެއް!

a21

ނިޔަފަތި ކެއުމުގެ އާދަޔަކީ ކުޑައިރު ފެށިގެން އައިސް ހަރުލާ ކަމެކެވެ. ބައެއް މީހުންނަށް މިއާދަ އުމުރުގެ ވަކި ހިސާބަކުން ހުއްޓެއެވެ. ނަމަވެސް ބައެއް ފަރާތްތަކަށް މިއީ މުޅި އުމުރާއި ގުޅިފައިވާ ހުއްޓުމަށް އުދަނގޫ އާދައެކެވެ. ގިނަ މީހުން ބޮޑެތިވެގެން އަންނައިރު، މުޖުތަމަޢުން އަދި މައިންބަފައިންގެ ފަރާތުން އެނގިފައި އޮންނަނީ، ނިޔަފަތި ކެއުމަކީ ވަރަށް ހުތުރު ގޯސް އާދައެކެވެ. ނިޔަފަތި ކެއުމުގެ އާދަޔަކީ މައިންބަފައިން ހުއްޓުމަށް ބާރު އަޅާ އާދައެކެވެ. ނަމަވެސް ނިޔަފަތި ކެއުމުގެ މިއާދައިގެ ސަބަބުން، އެމީހުންނާއި ގުޅޭ ޝައުގުވެރިކުރުވަނިވި މަޢުލޫމާތުތަކެއް އެނގިގެން ދެއެވެ. އަދި މިމައުލޫމާތަކީ އެއްގޮތަކަށްވެސް ކަންބޮޑުވެ ހާސްވާންޖެހޭ މަޢުލޫމާތެއް ނޫނެވެ. ނިޔަފަތިކާ މީހުންނަށް ހެދިފައިވާ ދިރާސާތަކާއި ގުޅުވައިގެން ހޯދިފައިވާ ބައެއް މަޢުލޫމާތު މި ލިޔުމުގައި ހިމަނާލަމެވެ.

އަބުޅޯ

ނިޔަފަތިކާ ބައެއް މީހުންނަކީ ޕާފެކްޝަނިސްޓުން ނެވެ.

undefined

ދިރާސާތަކުން ދައްކާގޮތުގައި، ނިޔަފަތިކާ ގިނަ މީހުންނަކީ، ކުރާކޮންމެކަމެއް ކާމިޔާބު ކުރުމަށް ގަދައަޅާ މަސައްކަތް ކުރާ މީހުންނެވެ. އަދި ކުރާ ކޮންމެ ކަމެއް ތަރުތީބުން ވަރަށް ފަރުވާތެރި ކަމާއެކު ކުރުމަށް މިފަދަ މީހުން ޚާއްސަ ސަމާލުކަމެއް ބަހައްޓައެވެ. ދިރާސާކުރާ ފަރާތްތަކުން ކޮށްފައިވާ ސާވޭއަކުން ދައްކާގޮތުން، ރިސާރޗުގައި ބައިވެރިވި، ދެބައިކުޅަ އެއްބައި މީހުންގެ ކިބައިގައި ނިޔަފަތި ކެއުމުގެ އާދައެއް ނެތެވެ. އަދި ދެބައިކުޅަ އެއްބައި މީހުންނަށް ނިޔަފަތި ކެއުމުގެ އާދަ ހަރުލާފައި ވާއިރު، މިބައި މީހުންނަކީ ކުރާމަސައްކަތް ވަރަށް ތަރުތީބުން ކުރުމުގެ އާދަ ހުރުމާއެކު، ގިނަވަގުތު މަސައްކަތްކުރުމަށް ވަގުތުދޭ ހީވާގި މީހުންނެވެ.

ނިޔަފަތިކާ މީހުން އާދަޔާ ޚިލާފަށް ވިސްނުން ތޫނުވެފައި ސްމާޓެވެ.

undefined

ނިޔަފަތިކާ ގިނަ މީހުންނަކީ ތަފާތު ލަނޑުދަނޑިތައް ކަނޑައަޅައި އެލަނޑުދަނޑިތައް ހާޞިލްކުރުމަށް އާދަޔާ ޚިލާފަށް ގަދަޔަށް މަސައްކަތްކުރާ ބަޔެކެވެ. މިގޮތުން ކަންކަމުގައި ޝާމިލުވެ އުޅޭވަގުތުތަކުގައި އަދި ތަފާތު ކަންކަމުގައި ގަދަޔަށް ސަމާލުކަންދޭ ވަގުތުތަކުގައި ނިޔަފަތި ކެވެއެވެ.

ކަންކަމުގައި ކެތްކުރަން އުދަނގޫވުން

undefined

ފޫހިވުން، ހިންހަމަ ނުޖެހުން ފަދަ ކަންތައް ކުރިމަތިވުމުން، ނިޔަފަތި ކެއުމަށް ބާރުލިބެއެވެ. ނިޔަފަތި ކެއުމުގެ މިއާދަ، މިފަދަ ވަގުތުތަކުގައި، ކުރަން އެހެން ކަމެއް ނެތުމުން ކުރާ ކަމެއްގެ ގޮތުގައި، ނިޔަފަތި ކެއުމުގައި މީހާ މަޝްޢޫލްވެއެވެ.

އަމިއްލަ ނަފުސު ދެކެ ހިތްހަމަ ނުޖެހުން

undefined

ނިޔަފަތި ކެއުމަކީ ކަންބޮޑުވުމުން ކުރިމަތިވާ ވަގުތުތަކުގައި ކުރެވޭ އަދި މީގެ ސަބަބުން ވަގުތީގޮތުން އަމިއްލަ ނަފުސަށް ރަނގަޅު ކަމަށް އީހްސާސް ގެނުވާ ކަމެކެވެ. ނިޔަފަތިކެއުމުގެ އާދަ ހަރުލާފައި ހުންނަ މީހުންނަކީ، އަމިއްލަ ނަފުސަށް ތަފާތު މަތީ ލަނޑުދަނޑިތައް ކަނޑައަޅައި، އެލަނޑުދަނޑި ހާޞިލްކުރުމަށް ގަދައަޅައި މަސައްކަތް ކުރާ ބަޔަކަށް ވުމުން، މިފަދަ ލަނޑުދަނޑިތައް ހާޞިލް ނުވުމުން، އެކަމާ ހިތްހަމަ ނުޖެހި، އެކަމާ އަމިއްލަ ނަފުސު ކުށްވެރިކޮށް، އަމިއްލަ ނަފުސު ދެކެ ލަނދު ގަނެއެވެ.

ނިޔަފަތި ކެއުމަކީ ބައެއްފަހަރު ނަފުސާނީ މައްސަލަޔަކާއި ގުޅިގެން ކުރިމަތިވާކަމެއް

undefined

ނިޔަފަތި ކެއުމަކީ ބައެއްފަހަރު ނަފުސާނީ މައްސަލަޔަކާއި ގުޅިގެން ކުރިމަތިވާ ކަމެކެވެ. މިފަދަ މައްސަލަ ހުންނަ މީހުންނަށް ބޭއިޚްތިޔާރުގައި ގިނަގިނައިން ނިޔަފަތި ކެވެއެވެ. ބައެއް ފަހަރު ނިޔަފަތި ހުސްވެ އިނގިލިން ލޭ އަންނައިރުވެސް، ނިފަތި ކެއުމަށް ބޭނުންވެއެވެ. ނަމަވެސް ނިޔަފަތިކާ ކޮންމެ މީހެއްގެ ނަފްސާނީ މައްސަލަ ހުންނަ މީހަކަށް ނުވެއެވެ. އަމިއްލަޔަށް އަނިޔާވާ ހިސާބަށް ދާއިރުވެސް ނިޔަފަތި ކެއުން ހުއްޓާނުލެވޭ ބައެއް ފަރާތްތަށް ނަފްސާނީ ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުން ބުއްދިވެރިއެވެ. ނިޔަފަތި ކެއުމުގެ އާދަޔަކީ އެކަން ކުރާ ގިނަބަޔަކު ހުއްޓަން ބޭނުންވި ނަމަވެސް ހުއްޓުމަށް އުދަނގޫ ކަމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ