logoEN
cocacola
ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް -އަންހެން ޗެމްޕިއަންކަން ސަޔަން އަށް

ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް -އަންހެން ޗެމްޕިއަންކަން ސަޔަން އަށް

ގާފު އެޑިޓޯރިއަލް

logo

12/29/2020, 6:53:58 AM

# ހަވަރު ގާފު ބެޑްމިންޓަން ޗެެމްޕިއަންޝިޕް 2020

DSC_8846

ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ޓީމު ސަޔަން އިން ހޯދައިފި އެވެ.

ގޮސިޔާ

ރޭ ތިނަދޫ ކޮމިއުނިޓީ ސެންޓަރުގެ އިންޑޯ ބެޑްމިންޓަން ކޯޓުގައި ކުރިޔަށް ދިޔަ ފައިނަލްގައި ސަޔަން އިން ޗެމްޕިއަންކަން ހޯދީ ހަވަރު ކަނބާ ބަލިކުރުމަށް ފަހުއެވެ. ސަޔަން އިން ވަނީ ޓައިގެ ދެމެޗު ކާމިޔާބުކޮށްފައެވެ. އެއީ ފުރަތަމަ ޑަބަލްސްއާއި ސިންގަލްސް މެޗެވެ

އެގޮތުން ސަޔަން އިން ފުރަތަމަ ޑަބަލްސް ކާމިޔާބުކުރީ ފުރަތަމަ ސެޓު 15/13 އިން އަދި ދެވަނަ ސެޓު 15/05 ގެ ނަތީޖާއަކުންއެވެ. ސަޔަން އިން ޑަބަލްސްގައި ކުޅުނީ ލިއުޝާ - ލައުހާ ޕެއާއެވެ. އަދި ހަވަރު ކަނބާއިން މި މެޗުގައި ވާދަކުރީ ސުހާ - ޝައިސްތާ ޕެއާއެވެ. މި ޓައިގެ ސިންގަލްސް ވެސް ސަޔަން އިން ކާމިޔާބުކުރީ ދެ ސެޓުވެސް ކާމިޔާބު ކޮށްގެންނެވެ. މި މެޗު ސަޔަން އިން ކާމިޔާބުކުރީ 15/01 އަދި 15/05 ގެ ނަތީޖާއަކުންނެވެ. ސިންގަލްސް ގައި ސަޔަންގެ ފަރާތުން ނިހާޒާ ވާދަކުރި އިރު ހަވަރު ކަނބާއިން ވާދަކުރީ އަޒްފާއެވެ.

ސަޔަން އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މުބާރާތުގައި ކުޅުނު ހުރިހާ ޓައި އަކުން މޮޅުވެގެންނެވެ. އަދި ހަވަރު ކަނބާއަށް މުބާރާތުގައި ކާމިޔާުކުރެވުނީ އެންމެ މެޗެކެވެ.

އަންހެން ކެޓަގަރީއިން މުބާރާތުގެ ގަދަ ތިން ޕްލޭޔަރުންވެސް ވަނީ ހޮވާފައެވެ. އެގޮތުން އަންހެން ކެޓަގަރީއިން މޮޅު ތިން ކުޅުންތެރިންނަށް ހޮވިފައިވަނީ ހަވަރު ކަނބާގެ މަރިޔަމް ސުހާ ޒާހިރު ، ސަޔަންގެ އައިޝަތު ލިއުޝާ ޒުބައިރު އަދި ސަޔަން ގެ ނިހާޒާ މުހައްމަދު ރަޝީދު އެވެ.

undefined

ހަވަރު ގާފް ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ނިމުމުގެ ރަސްމިއްޔާތު ވަނީ މުބާރާތުގެ ފައިނަލް މެޗްތަކަށް ފަހު ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަދި ހަވަރު ސްޕޯޓްސް ގެ ރައީސް އަބްދުލް މުޤުނީ އަދި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އެވެ.

އަންހެން ކެޓަގަރީއިން ޗެމްޕިއަންކަން ހޯދި ޓީމް ސަޔަން އަށް ޗެމްޕިއަން ޝީލްޑް ، ފައިސާގެ އިނާމު އަދި ހަނދާނީ ލިޔުން ދެއްވީ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އެވެ. އަދި ރަނަރަޕް ޓީމަށް ޝީލްޑް ، ފައިސާގެ އިނާމު އަދި ހަނދާނީ ލިޔުން ދެއްވީ ޔޫތް މިނިސްޓްރީގެ އެގްޒެކިއުޓިވް މުހައްމަދު ވިފާގު އެވެ.

މުބާރާތުގެ ފިރިހެން ކެޓަގަރީ އިން ޗެމްޕިއަންކަން ހޯދާފައިވަނީ ޓީމް ވައިޖެހޭއިންނެވެ.

ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020 ގެ ޓައިޓަލް ސްޕޮންސަރަކީ ހަވަރު ސްޕޯޓްސް އެވެ. އަދި ކޯ ސްޕޮންސްސަރަނުންނަކީ އެފްއެކްސް އެމްވީ އަދި އަކުއާޕްރެޑައިސް އެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރަކަށް ހުވަދޫ ބެޑިމިންޓަން ކްލަބް ހަމަޖައްސާފައިވާ އިރު އޮގަނައިޒިންގ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމްއެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަށް ޕްރިންޓެކް ހަމަޖައްސައިފައިވާ އިރު ބެވަރޭޖަސް ޕާޓްނަރަކަށް ހަމަޖެހިފައިވަނި ވޯޓާޑެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ