logoEN
Sto top
ފިކުރު ތަފާތުވުމުން ތަރައްޤީ ނުލިބުމަކީ ވިލިނގިލީ ރައްޔިތުންގެ ވިސްނުމެއް ނޫން: ސަޢުދު

ފިކުރު ތަފާތުވުމުން ތަރައްޤީ ނުލިބުމަކީ ވިލިނގިލީ ރައްޔިތުންގެ ވިސްނުމެއް ނޫން: ސަޢުދު

އަޙްމަދު ޖަމީލު

logo

12/28/2020, 2:19:38 PM

saud-e1609128336342

ރާއްޖޭގައި ވެރިކަން ކުރުމަށް އައި ބަދަލުތަކާއިއެކު، ސިޔާސީ ގޮތުން އުފެދިފައިވާ ބައިބައިވުމަކީ ރާޢްޖޭގެ ތަރައްޤީއަށް އޮތް ހުރަހަކަށް ވެގެން ނުވާނެކަމަށާއި، ފިކުރު ތަފާތުވުމުން ލިބެންޖެހޭ ތަރައްޤީއެއް ނުލިބުމަކީ ވިލިނގިލީ ރައްޔިތުންގެ ވިސްނުމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

Wamco

އެއްބައިވަންކަމުގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ވިލިނގިލީގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ 2008 ގައި ރާއްޖެއަށް އައިސްފައިވާ ސިޔާސީ ބޮޑު ބަދަލުތަކާއިއެކު ރައްޔިތުންގެ ތެރޭގައާއި ސިޔާސީ ޕާޓީތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވެ، ޤައުމުގެ ތަރައްޤީއަށްވެސް ބަދަލު ތަކެއް އައިސްފައިވާކަމަށެވެ.

ސައުދު ވިދާޅުވީ ސުނާމީގައި އެންމެބޮޑު ގެއްލުންތަކެއްވި އެއްރަށަކީ ވިލިނގިއްޔަށްވާއިރު، ވިލިނގިލީގެ މިހާރުގެ ޖީލަށް އެދުވަހުގެ އިޚްސާސް ވިލިނގިއްޔަށް ބަލައިލުމުން ނުކުރެވެނީ ރަށުގެ ރައްޔިތުންގެ އެއްބައިވަންތަ ކަމާއިއެކު ގުޅިގެން ކުރި މަސައްކަތުގެ ސަބަބުންކަމަށެވެ. މުޅި ރަށް ވީރާނާވެ، އެތައް އާއިލާތަކެއް ބިކަވެ ނިކަމެތިވެގެންދިޔަ އިރު އެކަމުން އަރައި ގަތުމަށް އެއްބައިވަންތަ ކަމާއިއެކު ކުރެވިގެންދިޔަ މަސައްކަތަކީ މިއަދު ވިލިނގިލިން ފެންނަމުންދާ ތަރައްޤީގެ އެންމެ ބޮޑު ސިއްރުކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ އޭނާ އަބަދުވެސް ހުންނާނީ ސަރުކާރާއި ރައްޔިތުންގެ މެދުގައި ކުރަންޖެހޭ ކަންކަން ފަހިކޮށް، ފަސޭހަކަމާއިއެކު ކުރެވޭނެ މަގު ތަނަވަސް ކުރުމަށް ހުންނަ ޚާދިމެއްގެ ގޮތުގައި ކަމަށެވެ. އަދި ޚިދުމަތްތައް ފޯރުކޮށް ދިނުމައި ވަކި ޕާޓީއަކަށް ވަކި ކުލަޔަކަށް ބެލުމެއްނެތި ހަމަހަމަ ކަމާއިއެކު ޚިދުމަތް ފޯރުކޮށް ދިނުމަކީ އެންމެ ބޮޑު އަމާޒުކަމަށް ވިލިނގިލީ ދާއިރާގެ ގޮޑި ދެވަނަ ދައުރެއްގައި ފުރުއްވަމުންދާ ސައުދު ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside