
ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް - އަންހެން ފައިނަލަށް ސަޔާން އަދި ހަވަރު ކަނބާ
DSC_7268
ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020 ގެ އަންހެން ކެޓަގަރީއިން ފައިނަލުގެ ޖާގަ ސަޔާން އަދި ހަވަރު ކަނބާއިން ހޯދައިފި އެވެ.

ތިނަދޫ ކޮމިއުނިޓީ ސެންޓަރުގެ އިންޑޯ ބެޑްމިންޓިން ކޯޓުގައި ކުރިޔަށް ދާ މި މުބާރާތުގެ ފައިނަލުން ޓީމް ސަޔާން ފުރުސަތު ހޯދީ ކުޅުނު ހުރިހާ ޓައިއަކުން މޮޅު ޕޮއިންޓް ޓޭބަލްގެ 1 ވަނައިގައި އޮވެއެވެ. އަދި ހަވަރު ކަނބާއިން ފައިނަލްގެ ޖާގާ ކަށަވަރު ކުރީ ކުޅުނު ދެޓައިގެ ތެރެއިން އެއްޓައި ކާމިޔާބު ކޮށް ޓޭބަލްގެ 2 ވަނަގައި އޮވެވެ.
އަންހެން ކެޓަގަރީން މުބާރާތުގައި ވާދަކުރީ ތިން ޓީމެވެ. އެގޮތުން ތިންވަނަ އަންހެން ޓީމަކަށް ބައިވެރިވީ ފިޓް ފެމިނީން އެވެ. ފިޓް ފެމިނީން އޮތީ ކުޅުނު ހުރިހާ މެޗަކުން ވެސް ބަލިވެ ޕޮއިންޓް ޓޭބަލްގެ ފުލުގައެވެ.
އަންހެން ކެޓަގަރީގެ ފަހު ޓައިގައި ކުޅުނީ ފައިނަލްގެ ޖާގަ ކަށަވަރު ކުރި ސަޔާން އަދި ހަވަރު ކަނބާ އެވެ. މި ޓައި ސަޔާން އިން ކާމިޔާބުކުރީ ޓައިގެ ސިންގަލްސް އަދި ދެވަނަ ޑަބަލްސް އިން މޮޅުވެގެންނެވެ. މެޗުގެ ފުރަތަމަ ޑަބަލްސް ކާމިޔާބު ކުރީ ހަވަރު ކަނބާއިންނެވެ.
މުބާރާތުގެ ފައިނަލްތަށް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭއެވެ. އެގޮތުން ފިރިހެން ކެޓަގަރީގެ ފައިނަލްގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ޓީމް ވައިޖެހޭ އަދި ޓީމް ޝާޕްޝޫޓާޒް އެވެ. ފައިނަލް މެޗުތަކަށް ފަހު މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތުވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ.
މުބާރާތުގެެ ކޮންމެ ކެޓަގަރީއަކުން, (އަންހެން, ފިރިހެން) ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމު ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެއްވަނަ އަށްދާ ދެ ޓީމަށްވެެސް 5000 ރުފިޔާގެ ފައިސާގެ އިނާމު އަދި ދެވަނަ އަށް ދާ ދެ ޓީމަށްވެެސް 2000 ރުފިޔާގެ ފައިސާގެ އިނާމެެއް ވަނީ ހުށަހަޅާފައެވެ.
ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020 ގެ ޓައިޓަލް ސްޕޮންސަރަކީ ހަވަރު ސްޕޯޓްސް އެވެ. އަދި ކޯ ސްޕޮންސްސަރަނުންނަކީ އެފްއެކްސް އެމްވީ އަދި އަކުއާޕްރެޑައިސް އެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރަކަށް ހުވަދޫ ބެޑިމިންޓަން ކްލަބް ހަމަޖައްސާފައިވާ އިރު އޮގަނައިޒިންގ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމްއެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަށް ޕްރިންޓެކް ހަމަޖައްސައިފައިވާ އިރު ބެވަރޭޖަސް ޕާޓްނަރަކަށް ހަމަޖެހިފައިވަނި ވޯޓާޑެކެވެ.