ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020 ގެ ފިރިހެން ކެޓަގަރީއިން ފައިނަލުގެ ޖާގަ ޝާޕްޝޫޓާޒް އަދި ވައިޖެހޭ އިން ހޯދައިފި އެވެ.
ތިނަދޫ ކޮމިއުނިޓީ ސެންޓަރުގެ އިންޑޯ ބެޑްމިންޓިން ކޯޓުގައި ކުރިޔަށް ދާ މި މުބާރާތުގެ ފައިނަލުން ޓީމް ވައިޖެހޭ ފުރުސަތު ހޯދީ ކުޅުނު ހުރިހާ ޓައިއަކުން މޮޅު ޕޮއިންޓް ޓޭބަލްގެ 1 ވަނައިގައި އޮވެއެވެ. އަދި ޝާޕްޝޫޓާޒް އިން ފައިނަލްގެ ޖާގާ ކަށަވަރު ކުރީ ކުޅުނު ފަސްޓައިގެ ތެރެއިން ހަތަރު ޓައި ކާމިޔާބުކޮށް ޓޭބަލްގެ 2 ވަނަގައި އޮވެވެ.
ފިރިހެން ކެޓަގަރީން މުބާރާތުގައި ވާދަކުރީ ޖުމުލަ ހަ ޓީމެވެ. އެގޮތުން ޕޮއިންޓް ޓޭބަލްގެ ތިންވަނައިގައި އޮތީ ޓީމް ހުވަދޫ އެވެ. އަދި ހަތަރުވަނައިގައި ސްމޭޝާޒް އޮތް އިރު ފަސް ވަނައިގައި އޮތީ ޓީމް ނޯފޯލްޓްއެވެ. ޓޭބަލްގެ އެންމެ ފުލުގައި އޮތީ ޒެޑް-ޓްރެކްސް އެވެ.
ޓީމް ވައިޖެހޭ ފައިނަލަށް ދަތުރުކުރީ ކުޅުނު 5 ޓައިގައި ވެސް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. އެގޮތުން ޕޮއިންޓް ޓޭބަލްގައި ވައިޖެހޭއަށް ލިބިފައިވަނީ 40 ޕޮއިންޓެވެ.
ޝާޕްޝޫޓާޒް ފައިނަލަށް ދަތުރުކުރީ ކުޅުނު 5 ޓައިގެ ތެރެއިން 4 ޓައި ކާމިޔާބުކޮށްގެންނެވެ. ޝާޕްޝޫޓާޒް ފައިނަލަށް ދަތުރުކުރީ ޖުމުލަ 32 ޕޮއިންޓާއިއެކު އެވެ.
މުބާރާތުގެ ފައިނަލްތަށް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭއެވެ. އެގޮތުން އަންހެން ކެޓަގަރީގެ ފައިނަލްގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ޓީމް ސަޔާން އަދި ހަވަރު ކަނބާ އެވެ. ފައިނަލް މެޗުތަކަށް ފަހު މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތުވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ.
މުބާރާތުގެެ ކޮންމެ ކެޓަގަރީއަކުން, (އަންހެން, ފިރިހެން) ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމު ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެއްވަނަ އަށްދާ ދެ ޓީމަށްވެެސް 5000 ރުފިޔާގެ ފައިސާގެ އިނާމު އަދި ދެވަނަ އަށް ދާ ދެ ޓީމަށްވެެސް 2000 ރުފިޔާގެ ފައިސާގެ އިނާމެެއް ވަނީ ހުށަހަޅާފައެވެ.
ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020 ގެ ޓައިޓަލް ސްޕޮންސަރަކީ ހަވަރު ސްޕޯޓްސް އެވެ. އަދި ކޯ ސްޕޮންސްސަރަނުންނަކީ އެފްއެކްސް އެމްވީ އަދި އަކުއާޕްރެޑައިސް އެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރަކަށް ހުވަދޫ ބެޑިމިންޓަން ކްލަބް ހަމަޖައްސާފައިވާ އިރު އޮގަނައިޒިންގ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމްއެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަށް ޕްރިންޓެކް ހަމަޖައްސައިފައިވާ އިރު ބެވަރޭޖަސް ޕާޓްނަރަކަށް ހަމަޖެހިފައިވަނި ވޯޓާޑެކެވެ.