logoEN
ކޮކާކޯލާ
އަންނަ އަހަރު ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު 2 ދުވަސް

އަންނަ އަހަރު ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު 2 ދުވަސް

އަޙްމަދު ޖަމީލު

logo

12/27/2020, 4:00:48 PM

2021 ވަނަ އަހަރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު 2 ދުވަސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކަނޑައަޅުއްވައިފިއެވެ.

އަބުޅޯ

އަންނަ 2021 ވަނަ އަހަރު ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާނީ ޖުލައި 18 (އާދިއްތަ) އަދި 25 (އާދިއްތަ) ދުވަހެވެ. މި ދެދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސް ކަމަށް ކަނޑައަޅައި ކަލަންޑަރުގައި މިހާރުވަނީ ހިމަނާފައެވެ.

އެގޮތުން އަންނަ އަހަރު ޖުލައި26 އާއި ގުޅިގެން ލިބޭ ޗުއްޓީ ވަރަށް ބޮޑުވާނެއެވެ.

ޖުލައި މަހުގެ 19 ވަނަ ދުވަހަކީ ހައްޖު ދުވަހެވެ. ޖުލައި 18 އަށްވާ އާދިއްތަ ދުވަސް ބަންދު ކޮށްފައިވަނީ ހަފްތާ ބަންދަށްފަހު ހައްޖު އަދި އީދު ބަންދާ ދިމާކޮށް އަންނަ ބަންދު ނޫން ދުވަހަކަށް ވާތީއެވެ. ޖުލައި 25 ވަނަ ދުވަސް ބަންދު ކޮށްފައިވަނީ މިނިވަން ދުވަހާއި އޭގެ ކުރިން އަންނަ ހަފްތާ ބަންދާއި ދިމާކޮށް އަންނަ ރަސްމީ ދުވަހަކަށްވާތީ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ