logoEN
cocacola
ކަސްރަތު ކުރުމަކީ ޑިޕްރެޝަންއާއި ދުރުކޮށްދޭ ކަމެއް - ދިރާސާ

ކަސްރަތު ކުރުމަކީ ޑިޕްރެޝަންއާއި ދުރުކޮށްދޭ ކަމެއް - ދިރާސާ

އަހުމަދު މާހު

logo

4/26/2022, 11:15:12 AM

depression-hub

ޖިސްމާނީ ހަރަކާތްތައް އިތުރުކުރުމާއި، އަވަސް އަވަހަށް ހިނގާބިގާވެ އުޅުން ފަދަ ހަރަކާތްތަކުގެ ސަބަބުން ޑިޕްރެޝަންގެ ނުރައްކާ އެތައް ގުނައެއް ކުޑަވެގެންދާނެ ކަމަށް ދިރާސާތަކުން ދައްކައެވެ.

ގޮސިޔާ

ޑިޕްރެޝަންއާއި ބެހޭ ގޮތުން ދިރާސާ ކުރައްވާ މުނައްސިފުން ބުނާ ގޮތުގައި، ޖިސްމާނީ ހަރަކާތްތަކުގެ ސަބަބުން ޑިޕްރެޝަންގެ ނުރައްކާ ކުޑަވާކަން އިހްސާސް ކުރެވެނީ އެއްވެސް ހަރަކާތްތަކެއް ނުކޮށް ތިބޭ މީހުން ކަސްރަތުކޮށް ކޮންމެ ދުވަހަކުވެސް ޖިސްމާނީ ހަރަކާތްތައް އިތުރުކުރަން ފެށުމުން ކަމަށެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ޑިޕްރެޝަންގެ އަސަރު ކުޑަކުރުމަށް ކޮންމެ ހަފްތާއަކު މަދުވެގެން އެއްގަޑިއިރާއި ފަންސަވީސް މިނެޓު، ދުވުން ފަދަ ކަސްރަތުކޮށް، އެރޮބިކް އެކްސަސައިޒެއް އިހްތިޔާރުކުރެވިދާނެއެވެ. އޭގެ އިތުރުން ސްޓްރެންތް ޓްރެއިނިންގ ޝެޝަންތަކެއްވެސް ގެންދިއުމަކީ ޑިޕްރެޝަންގެ އަސަރުކުޑަވާ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުރުމަކީ މުހިންމު ކަމެއްކަމަށްވާއިރު، އޭގެ ސަބަބުން ނިދި ރަނގަޅުވެ، ލޭގެ ޕްރެޝަރު ދަށްކޮށް، ހިތުގެ ބައްޔާއި ހަކުރު ބަލި އަދި ކެންސަރުން އިންސާނާ ރައްކާތެރިކޮށްދޭ ކަމެކެވެ. އޭގެ އިތުރުން ތިމާގެ މޫޑް ރަނގަޅުކޮށް ކަނބޮޑުވުމާއި ޑިޕްރެޝަނާ ހަނގުރާމަ ކުރާ ކަމެއް ކަމަށްވެސް ދިރާސާތަކުން ދައްކައެވެ.

އެެހެން ނަމަވެސް ދިރިއުޅުމުގެ އެކި ކަންތަކުގަިއ ބުރަކޮށް އޮޅޭ މީހުންނަށް ކަސްރަތުކޮށް ޖިމް ފަދަ ތަންތަނަށް ދިއުމަކީ އެހާ ފަސޭހަ ކަމެއްނޫނެވެ. އެކަމުގެ ސަބަބުން ޑިޕްރެޝަން އިތުރުކޮށް، މޯޓިވޭޝަން ދަށްވާކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ކޮންމެ ހަފްތާއަކު ތިނެއް ނުވަތަ ފަސް ފަހަރު 45 މިނެޓުގެ ކަސްރަތު ކުރުމަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އެންމެ ފައިދާހުރި ގޮތް ކަމަށް 2018 ވަނަ އަހަރު ތަޖުރިބާކާރުންގެ ޓީމަކުން ކުރި ދިރާސާއަކުން ވަނީ ސާބިތުވެފައެވެ. ނަމަވެސް ގޭތެރޭގެ މަސައްކަތްތައް ވެސް ކުރުމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސްތައް ގާތްގަނޑަކަށް 10 އިންސައްތަ ދަށްކުރެވުނު ކަމަށް ދިރާސާގައި ބުންޏެވެ.

2020 ވަނަ އަހަރު ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ލުއިކޮށް ކަސްރަތު ކުރުމުން ޑިޕްރެޝަންގެ މައްސަލައިން ކުޑަކުދިން ރައްކާތެރިކުރުމަށް އެހީތެރިވެދެއެވެ. އެދިރާސާއިން ކުރި ޓީމުން ހާމަކޮށްފައިވާ ގޮތުގައި، އުމުރުން 12 އަހަރުގައި ދުވާލަކު 60 މިނެޓުގެ ލުއި ކަސްރަތަކ،ީ އުމުރުން 18 އަހަރު ފުރުމުން ކުރިމަތިވާ ޑިޕްރެޝަންގެ މިންވަރު 10 އިންސައްތަ ދަށްކޮށްދިނުމާއި ގުޅިފައިވާ ކަމެއް ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ