logoEN
cocacola
ކައިވެނި ކޮށްގެން އުޅޭ ޖަޕާނުގެ ގިނަ ދެމަފިރިން ވަކި ކޮޓަރިތަކުގައި ނިދުމުގެ ސިއްރަކީ ކޮބާ؟

ކައިވެނި ކޮށްގެން އުޅޭ ޖަޕާނުގެ ގިނަ ދެމަފިރިން ވަކި ކޮޓަރިތަކުގައި ނިދުމުގެ ސިއްރަކީ ކޮބާ؟

ގާފު އެޑިޓޯރިއަލް

logo

12/27/2020, 10:24:17 AM

6

ކައިވެނި ކޮށްގެން އުޅޭ ޖަޕާނުގެ ގިނަ ދެމަފިރިން ވަކި އެނދުތަކުގައި ނުވަތަ ވަކި ކޮޓަރި ތަކުގައި ނިދުމުގެ ސަބަބަކީ، ދިރިއުޅެން ޖެހިފައިވާ ގެ ކުޑަވުން ނުވަތަ އެޕާޓްމަންޓުގެ ޖާގަ ނެތުމެއް ނޫނެވެ. އަދި ހަމަ މިގޮތަށް، ދެމަފިރިން ވަކިން ނިދުމުގެ ސަބަބަކީ، ދެމަފިރިންގެ ދެމެދުގައި މައްސަލަ ޖެހުމެއްވެސް ނޫނެވެ. ނަމަވެސް މިއީ ދެމަފިރިން ބޭނުންވެގެން ރަނގަޅު ސަބަބުތަކެއްގެ މައްޗަށް ބުރަވެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެސްފައިވާ ބަދަލެކެވެ. މިގޮތުން މި ލިޔުމުގައި މިކަމުގައި އެކުލެވޭ ސިއްރުތަކަށް ބަލައިލާނަމެވެ.

ގޮސިޔާ

ދެމަފިރިން ނިދުމަށް ތަފާތު ޝެޑިއުލް ގެންގުޅުން

undefined

ދެމަފިރިން ވަކިން ނިދުމުގެ އެއް ސަބަބުގެ ތެރޭގައި ދެމަފިރިން ނިދުމަށް ވަކި ޝެޑިއުލް ގެންގުޅުން ހިމެނެއެވެ. މަސައްކަތު ގަޑިތައް ތަފާތުވުމުން ނިދާ ގަޑިތަކަށް ބަދަލު އާދެއެވެ. އެކަކު މަސައްކަތުން ލަހުން ގެއަށް އާދެވުމުން ނުވަތަ ހެނދުނު އަވަހަށް މަސައްކަތަށް ދާން ޖެހުމުން ބައިވެރިޔާގެ ނިދި ޚަރާބު ނުކޮށް، އަރާމު ކުރުމަށް ވަގުތު ދިނުމުގެ ގޮތުން ދެމަފިރިން ވަކިން ނިދައެވެ. ދެމަފިރިންގެ ދެމެދުގައި އޮންނަ ޤަބޫލުކުރުންތަކަކަށް ބިނާކޮށް، އެކަކު އަނެކަކަށް އުދަނގޫ ނުކޮށް، އަރާމުކުރަން ލިބޭ ވަގުތުގައި ބައިވެރިޔާއަށް ރަނގަޅަށް ނިދުމަށް ފުރުޞަތު ދިނުމުގެ ގޮތުން ޖަޕާނުގެ ގިނަ ދެމަފިރިން މިއާދަ ގެންގުޅެއެވެ.

ތުއްތު ކުދިން ގިނައިން ނިދަނީ މަންމަ ކައިރީގައި

undefined

ތުއްތު ކުދިންނާއެކު ނިދުމަކީ މުހިންމު ކަމެއްގެ ގޮތުގައި ޖަޕާނުގެ މައިން ދެކެއެވެ. އެގޮތުން އަންހެންނުން ނާއި ދަރިފުޅު އެއްކޮށް އެއް އެނދު ހިއްސާކުރާނީތޯ ނުވަތަ ވަކި އެނދެއްގައި ނިދާނީތޯ، ގޮތް ނިންމުން އޮންނަނީ ބަފައިންގެ އަތުގައެވެ. ސައިންސްގެ އަލީގައި އެނގިފައިވާ ގޮތުން ތުއްތު ކުދިން މައިންބަފައިންނާއެކު ނިންދެވުމުން، ހަމަޔަށް ނިނދި ލިބި، ހަށިގަނޑުގެ ފިނިހޫނުމިން ހުންނަންޖެހޭ މިންވަރަށް ބަދަލު، ކުޑަ ކުދިންގެހިތުގެ ވިންދު ހަމަޖެހި، ހަމަޔަކަށް އެޅެއެވެ. މައިންބަފައިންނާއެކު ކުޑަކުދީން ނިދުމުން އިންފެންޓް ޑެތް ސިންޑްރޯމް ފަދަ މައްސަލަތަކަށް ހައްލެއް ލިބިގެން ދެއެވެ. ދިރާސާތަކުން ހާމަވާގޮތުގައި، ޅައުމުރުގައި މައިންބަފައިންނާއި އެކު ކުޑަކުދިން ނިންދެވުމުން، މައިންބަފައިންނާއި އޮންނަ ގުޅުން ރަނގަޅުވެ، އަމިއްލަ ނަފުސަށް އޮންނަ އިތުބާރު އިތުރުވެ، އަވަހަށް އަމިއްލަކަންކަން ކުރަން ދަސްވެއެވެ.

ވަކިން ނިދުމުގެ ސަބަބުން، ފުރިހަމަ މިނިވަންކަން ލިބި، ހަމަޖެހުން ލިބިގެންދޭ

undefined

ވަކިން ނިދާ ބައެއް ދެމަފިރިންނަށް، ވަރި އައިސް ދޮރުގައި ޓަކިޖެހުމުގެ އިޙްސާސް ކުރެވުނު ނަމަވެސް، ޖަޕާނުގެ ދެމަފިރިން މިކަން މިގޮތަކަށް ނުދެކެއެވެ. ޖަޕާނު މީހުންނަށް އެމީހުންގެ ނިނދި ނުވަތަ އަރާމު ކުރުމުގެ ވަގުތަކީ ވަރަށް މުހިންމު ވަގުތެކެވެ. މިގޮތުން ނިދާ ވަގުތު ދެމަފިރިންގެ ފަރާތުން އެކަކު އަނެކަކަށް އުދަނގުލެއް ނުވަތަ ނިދިން ގެއްލިދާނެ ފަދަ ކަމެއް ކުރިމަތިވިޔަ ނުދިނުމަށް ވަކިން ނިދައެވެ. މިގޮތުން ވަކިން ނިދުމުން އެކަކު ގުގުރި ދަމާތި ނުނިދުން، މާ ބޮޑަށް ތެޅޭތީ ނުނިދުން ނުވަތަ ނިދީގައި އަނެކަކުގެ ގައިގައި ފައިން ތެޅުން ފަދަ ކަންކަމުން ސަލާމަތް ވެއެވެ. ގޭގެ ޖާގަ ހުންނަގޮތުން އެއް ކޮޓަރިއެއްގައި ނިދަންޖެހޭ ޖަޕާނުގެ ދެމަފިރިންވެސް، ވަކިން ނިނދޭނެ ނަމައޭ ހިތަށް އަރައި، ވަކިން ނިދުމަށް ބޭނުންވެއެވެ. އެއްވެސް ހާލެއްގައި، އަރާމު ނިދި ގެއްލުވާލަން ގިނަ މީހުން ބޭނުން ނުވެއެވެ.

ޖަޕާނުގެ ދެމަފިރިންތައް ވަކިން ނިދުމުގެ ސަޤާފަތެއް ޤާއިމްވެފައި އޮތުން

undefined

ކޮޓަން ކަފަ ބާލީސްތަށް ހިމަނައިގެން ތައްޔާރު ކުރެވިފައިވާ ސިންގަލް ސައިޒްގެ ގޮދަނޑިތައް ނިދުމަށް ޖަޕާނުގައި ކުރިން ބޭނުންކުރެއެވެ. މިގޮތުން މިފަދަ ގޮދަޑިތަކުގައި ނިދޭނީ އެންމެ މީހަކަށެވެ. މިއަދުވެސް ގިނަ އަދަދެއްގެ ޖަޕާނުގެ އާއިލާތައް ނިދުމަށް ބޭނުންކުރަނީ މިފަދަ ގޮދަނޑިތަކެވެ. މިފަދަ ގޮދަނޑި ގެންގުޅެން ފަސޭހަވުމުގެ އިތުރުން، ގޮދަނޑި ނަގާ ޖާގަ ކުޑަވެފައި ނަގައި ގެންގުޅެން ފަސޭހައެވެ. ފަހުގެ ގޮދަނޑިތަކަކީ ކުރީގެ ގޮދަނޑިތަކަށް ވުރެ ބޮޑު އަދި ބިންމަތީގައި ފަތުރާލެވޭފަދަ ގޮދަނޑިތަކެކެވެ. ގިނަ އާއިލާތަކުން އެނދު ބޭނުން ނުކުރެއެވެ. ނިދަން ވުމުން ރޫޅާލާ، އަދި ނިދައި ނިމުމުން ފޯލްޑްކުރެވޭ ގޮދަނޑި ޖަޕާނުގެ މީހުން ބޭނުންކުރެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ