logoEN
ޕީއެންސީ 2
އިނގިރޭސިވިލާތުން ރާއްޖެއަންނަ މީހުން ކަރަންޓީނު ކުރަން ނިންމައިފި

އިނގިރޭސިވިލާތުން ރާއްޖެއަންނަ މީހުން ކަރަންޓީނު ކުރަން ނިންމައިފި

000_DS3BN-640x416

އިނގިރޭސިވިލާތުން ރާއްޖެ އަންނަ މީހުން ކަރަންޓީން ވާންޖެހޭ ގޮތަށް ނިންމައިފިއެވެ. އެގޮތުން ކަރަންޓީންވާންޖެހެނީ ވާކް ވިސާގައި ރައްޖެއަންނަ މީހުންނާއި އިނގިރޭސިވިލާތުން ރާއްޖެއަންނަ ދިވެހިންނެވެ.

ޝަރީ 2024

ދެންމެ އެޗްޕީއޭއިން ވިދާޅުވިގޮތުގައި މާދަމާއިން ފެށިގެން (27 ޑިސެމްބަރު 2020) ދިވެހިރާއްޖެއަށް އިނގިރޭސިވިލާތުން އައުމުގެ 14 ދުވަސްކުރިން އުޅުނުމީހުންނާއި އަދި އެގައުމުގައި 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓްކޮށްފައި އަންނަ ދިވެހިންނާއިއެކު، ވޯކް ވިސާގައި އިނގިރޭސިވިލާތުން ރާއްޖެ އަންނަ މީހުން 10 ދުވަހުގެ ކަރަޏްޓީނެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. އަދި ހަމައެހެންމެ، އެފަދަ ފަރާތްތަށް ރާއްޖެ އަންނަތާ 5 ދުވަސް އަދި 10 ދުވަހަށްފަހު ޕީސީއާރު ޓެސްޓުހަދަން ވަނީވެސް ނިންމާފައެވެ.

އެޗްޕީއޭއިން މި މަހު 20 ގައި އާންމުކުރި ބަޔާނުން، ބޭރުން ދިވެހިރާއްޖެއަށް އަންނަ ދިވެހީންނާއި ވޯކް ވިސާގައި އަންނަ މީހުން މާލެ އަންނަ ކަމުގައި ވަނީނަމަ ކަރަންޓީނުވާކަށް ނުޖެހެއެވެ. ނަމަވެސް މިރޭ މި އެޅުނު ފިޔަވަޅަކީ އިނގިރޭސިވިލާތުން އަދި ޔޫރަޕުގެ އެހެނިހެން ގައުމުތަކުން ފެނިގެން އުޅޭ ކޮވިޑް 19 ގެ އާވަތްތަރުގެ ސަބަބުން އެޅި ފިޔަވަޅެއް ކަމަށް މައުލޫމާތު ލިބެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ