ހުވަދޫ ސްވިމިންގް ކުލަބުގެ އޮންލައިން މީޑިއާ ޕާރޓްނަރަކަށް ގާފު އޮންލައިން ހަމަޖައްސައިފިއެވެ.
ހުވަދޫ ސްވިމިންގ ކުލަބުގެ ރަސްމީ އޮފީސް ހުޅުވުމަށް މިރޭ ގދ. ތިނަދޫ ރަސްމީ ބޯޅަ ދަނޑު ކުރިމަތީގައި ބޭއްވި ރަސްމިއްޔާތުގައި އޮންލައިން މީޑިއާ ޕާޓްނަރަކަށް ގާފު އޮންލައިން ހަމަޖެއްސެވުމަށް ދެފަރާތުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެގޮތުން ހުވަދޫ ސްވިމިންގ ކުލަބުގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ރައީސް އަހުމަދު ޖަމްޝީދުއެވެ. އަދި ގާފު މީޑިއާ ގްރޫޕްގެ ފަރާތުން ސޮއި ކުރެއްވީ ގާފު އޮންލައިންގެ ކޯޕަރޭޓިވް އެޑިޓަރ މުހައްމަދު ޝުޢާއު ޙަނީފު އެވެ.
ހުވަދޫ ސްވިމިންގ ކުލަބަކީ ހުވަދު އަތޮޅުގައި ފެތުމުގެ ރޫހު އާލާކޮށް ކުޑަކުދިންނާއި ޒުވާނުން ފެތުމުގެ ދާއިރާއިން ތަމްރީނު ކުރުމުގެ އިތުރުން މޫދު ހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ ވިސްނުމުގައި މިއަހަރު އުފެދުނު ޖަމިއްޔާއެކެވެ.