logoEN
cocacola
ހަވަރު ޔޫތް ކަޕް 2020 - ނޯޗޮއިސް އަދި ފީނިކްސް މެޗުވެސް އެއްވަރު

ހަވަރު ޔޫތް ކަޕް 2020 - ނޯޗޮއިސް އަދި ފީނިކްސް މެޗުވެސް އެއްވަރު

އަހުމަދު ޝުރާއު

logo

12/26/2020, 8:51:57 PM

DSC_6988

ހަވަރު ޔޫތް ކަޕް 2020 ގެ ދެވަނަ މެޗް ނޯޗޮއިސް އަދި ފީނިކްސް ބައްދަލުކުރި މެޗުން ދެޓީމުވެސް އެއްވަރުވެއްޖެއެވެ.

ގޮސިޔާ

މިއަދު ހަވީރު ތިނަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ގްރޫޕް B ގެ މިމެޗު ނިމިގެން ދިޔައީ ދެޓީމުންވެސް ގޯލެއް ކާމިޔާބުކޮށް 1 - 1 ގެ ނަތީޖާއިންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެޓީމުން ކުރެ ޓީމަކަށް ގޯލެއް ނުޖެހި އެވެ. ފުރަތަމަ ހާފް ޑޮމިނޭޓްކޮށްގެން ކުޅުނީ ފީނިކްސް އިންނެވެ. އަދި ފީނިކްސްގެ ފަރާތުން ގިނަ ހަމާލާތަކެއް ވަނީ ގޯލަށް އަމާޒުކޮށްފައެވެ.

ދެވަނަ ހާފު ބޮޮޑަށް ޑޮމިނޭޓް ކުރީ ނޯޗޮޮއިސް އިންނެވެ. އަދި ނުރައްކާތެރި ހަމަލާތަކެއްވެސް ވަނީ ގޯލަށް އަމާޒުކޮށްފައެވެ. އެހެން ނަމަވެސް ފީނިކްސް އިން ވަނީ 55 ވަނަ މިނިޓުގައި ގޯލެއް ޖަހާ މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. ފީނިކްސްއަށް ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ އާލިމް އަބްދުލް އަޒީޒުއެވެ. އާލިމް ގޯލު ޖަހާފައިވަނީ ޕެނަލްޓީ އޭރިއާ ބޭރުން ނެގި ހުރަހަކުންނެވެ.

ނޯޗޮއިސް އިން ގޯލެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރު ކުރީ މެޗުގެ 90 މިނިޓް ހަމަވެގެން ދިން އިތުރު ވަގުތުގެ 6 މިނުޓު ތެރޭގައި އެވެ. އޭރިއާ ބޭރުން ނެގި ހުރަހަކުން ނޯޗޮއިސް އަށް މެޗު އެއްވަރު ކޮށްދިނީ މިގްދާދް ސައީދް އެވެެ.

undefined

މެޗުގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ ޓީމް ފީނިކްސް ގެ ޖޯޒީ ނަންބަރު 10 ، އަހުމަދު ރިފްޝާން އެވެ.

ހަވަރު ޔޫތު ކަޕް 2020 ގައި ޖުމުލަ 8 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ތިނަދޫ އަށް ނިސްބަތްވާ 4 ޓީމަކާއި ހުވަދު އަތޮޅުގެ ގދ. ކާޑެއްދޫ ، ގދ. ހޯޯނޑެއްދޫ ، ގދ. މަޑަވެލި އަދި ގދ. ގައްދޫއިން ވެސް ވަނީ ޓީމުތަށް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ. މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ގްރޫޕް ސްޓޭޖް އުސޫލުންނެވެ.

މި މުބާރާތުގެ އެއްވަނަ އަށް ދާ ޓީމްއަކަށް ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބެއެވެ. އަދި ދެވަނައަށް ދާ ޓީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެެހިފައިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ