ތުރުކީން އިސްރާއީލާއެކީ ގުޅުން ބަދަހި ކުރަން ބެނުންވޭ: އެރެދޮގާން

ތުރުކީން އިސްރާއީލާއެކީ ގުޅުން ބަދަހި ކުރަން ބެނުންވާ ކަމަށް ތުރުކީގެ ރައީސް ތައްޔިބު އެރެދޮގާން ވިދާޅު ވެއްޖެއެވެ.

އެރެދޮގާން ވިދާޅުވި ގޮތުގައި، ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރާނެ ގޮތްތަކާ ގުޅޭގޮތުން އިންޓެލިޖެންސް ލެވެލްގައި ވާހަކަތައް ކުރިޔަށް ދާކަމަށެވެ.

ހުކުރު ނަމާދަށްފަހު، ރިޕޯޓަރުންނާ ވާހަކަދައްކަވަމުން، އެރެދޮގާން ވިދާޅުވީ، އިސްރާއީލުގެ ވެރިންނާ ތުރުކީއާއި ދެމެދު މައްސަލަތައް އެބަހުރިކަމަށާއި، އެހެންނަމަވެސް، އެއީ ފަލަސްތީނާމެދު އިސްރާއީލުން ގެންގުޅޭ ސިޔާސަތުތަކާ ގުޅުންހުރި މައްސަލަތަކެއް ނޫންނަމަ، ތުރުކީއާ އިސްރާއީލާ ދެމެދު އޮންނާނީ މިއަށްވުރެ ރަގަޅު ގުޅުމެއް ކަމުގައެވެ.

އެރެދޮގާން ވިދާޅުވީ، އިސްރާއީލުން ފަސްތީނާމެދު ގެންގުޅޭ ސިޔާސަތަކީ ދަމާފައި އޮންނަ ރަތް ރޮގެއް ކަމަށާއި އިސްރާއީލުން ފަލަސްތީނާމެދު ގެންގުޅެމުން އަންނަ ސިޔާސަތަކީ ތުރުކީ އިން ދުވަހަކުވެސް ގަބޫލުކުރާނެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި އިސްރާއިލުގެ އަނިޔާވެރިކަމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށްވެސް އެރެދޮގާން ވިދާޅުވިއެވެ.

ތުރުކީއަކީ، 1949 ވަނަ އަހަރު، އިސްރާއިލަކީ ދައުލަތެއް ކަމަަށް ގަބޫލުކުރި، މުސްލިމް މެޖޯރިޓީއެއް އޮންނަ ފުރަތަމަ ގައުމެވެ. އެރެދޮގާން ތުރުކީގެ ވެރިކަމަށް ވަޑައިގަންނަވަންދެން، މިދެގައުމުގެ މެދުގައި އޮތީ ވަރަށް ގާތް ގުޅުމެކެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް