ގާނޫނީ ގޮތުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ ގޮތުގައި ހުރެވެސް ކުރާ ކުށްތަކަަށް 18 އަހަރު ވުމަށްފަހުވެސް މަރުގެ އަަދަބުނުދެވޭ ގޮތަށް ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގެނައި އިސްލާހް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް މިއަދު ތަސްދީގް ކުރައްވައިފިއެވެ.
މި އިސްލާހުގައިވާގޮތުން 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއްގެ ގޮތުގައި ހުރެ ކުރާ ކުށްތަކަށް ދޭން ޖެހޭ އަދަބަކީ އެއަދަބަކަށް ކަނޑައެޅިފައިވާ އެންމެ ލުއި އަދަބެއްގެ ތިންބައި ކުޅަ ދެބައި އަދަބެވެ. އެހެންނަމަވެސް އެކުއްޖަކު ކުރި ކުށުގެ ނިސްބަތާއި، ކުށުގެ ރިކޯޑަށް ބެލުމަށްފަހު އެންމެ ލުއި އަދަބުގެ މިންވަރަށް ވާ އަދަބު ދެވިދާނެކަމަށް އެ އިސްލާހުގައިވެއެވެ.
މިއިސްލާހު އައުމުގެ ކުރީން ރާއްޖޭގެ ގާނޫނުގައި އޮންނަގޮތުން، 18 އަހަރު ނުފުރޭ ކުޑަކުއްޖަކުވެސް މަރުގެ އަދަބު ކަނޑައެޅިފައިވާފަދަ ކަމެއް ނުވަތަ އެއާއި ގުޅޭ ފަދަ ކުށެއްކޮށްފިނަމަ މަރުގެ އަދަބު 18 އަހަރު ވުމަށް ފަހު ދެވޭނެއެވެ.
18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ ހައިސިއްޔަތުން ކުރެވޭ ކުށަކަށް މަރުގ އަދަބު ދިނުން މަނާކުރާ އިސްލާހް މިއަދު ތަސްދީގްކުރިނަމަވެސް، ކުޑަކުދީންގެ ގޮތުގައި ތިބެ އެކި ކަަހަލަ ކުށްތަކަށް ކުދިން އަރައ ހަދައެވެ. އޭގެތެރޭގައި މީގެ ކުރިން މީހުން މެރުމުގެ މައްސަލަތަކުގައިވެސް ކުޑަކުދީންނަށްވެސް މަރުގެ އަދަބު ރާއްޖޭގައިވެސް ކަނޑައަޅާފައި އެބަހުއްޓެވެ.