ހަވަރު ޔޫތް ކަޕް 2020 ފަށައިފި

މުޅި ހުވަދު އަތޮޅަށް ހުޅުވާލައިގެން ތިނަދޫ ސްޓޭޑިއަމްއިން ހަވަރު ސްޕޯޓްސްއާއި ގުޅިގެން ބާއްވާ "ހަވަރު ޔޫތް ކަޕް 2020″ ފަށައިފި އެވެ.

މިއަދު ހަވީރު ތިނަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި މި މުބާރާތް ރަސްމީކޮށް ފައްޓަވައި ދެއްވީ ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ސައީދުއެވެ. މި ރަަސްމިއްޔާތުގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޤުނީ އާއި ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ހަވަރު ޔޫތު ކަޕް 2020 ގައި ޖުމުލަ 8 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ތިނަދޫ އަށް ނިސްބަތްވާ 4 ޓީމަކާއި ހުވަދު އަތޮޅުގެ  ގދ. ކާޑެއްދޫ ، ގދ. ހޯޯނޑެއްދޫ ، ގދ. މަޑަވެލި އަދި ގދ. ގައްދޫއިން ވެސް ވަނީ ޓީމުތަށް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ. މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ގްރޫޕް ސްޓޭޖް އުސޫލުންނެވެ.

މުބާރާތް ފެށުމުގެ ގޮތުން ކުޅުމަށް ހަމަޖެހިފައިވަނީ ގްރޫޕް A ގެ މެޗެކެވެ. މި މެޗުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ޓީމް ޑީއެފްސީ އާއި ޓީމް އާރްއެފްސީ އެވެ.

މި މުބާރާތުގެ އެއްވަނަ އަށް ދާ ޓީމްއަކަށް ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބެއެވެ. އަދި ދެވަނައަށް ދާ ޓީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެެހިފައިއެވެ.

ހަވަރު ޔޫތް ކަޕް 2020 ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ "ގާފު" އޮންލައިން އެެވެ. ގާފު އޮންލައިންއިން މުބާރާތާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް