ރެޑްބުލް އެމް.އީ.އޯ ސީޒަން ތިނެއްގެ ރާއްޖޭގެ ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖުގެ މެޗުތަށް މިރޭ 9 ޖަހާއިރު ފަށާނެއެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ 900 ކުޅުންތެރިންނާއެކު 8 ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގައިވެސް ޖުމްލަ 18 ޓީމް ހިމެނޭނެހެންނެވެ.
ކޮންމެ ގްރޫޕަކުންވެސް 6 މެޗު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ 4 ޓީމު ސެމީ ފައިނަލަށް ކޮލިފައިވާނެއެވެ. އަދި މުބާރާތުގެ ފައިނަލަށް ކޮލިފައިވާނީ ސެމީ ފައިނަލަށް ކޮލިފައިވި 32 ޓީމުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓު ހޯދި 16 ޓީމެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އީޓޫއެސް ގޭމިންގް އަދި މޯލްޑިވްސް އީސްޕޯޓިންގް އެސޯސިއޭޝަންގެ ފަރާތުން ހުށަހަޅާފައިވާ 30،000 ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން ތުރުކީގެ އިސްތަންބުލްގައި އޮންނަ ވޯލްޑް ފައިނަލްސް ގައި ވާދަކުރުމަށް ތުރުކީއަށް ދިއުމަށް ރެޑްބުލްއިން ހުށަހަޅާފައިވާ ޓިކެޓު ލިބިގެންދާނެއެވެ.
ރާއްޖޭގައި ކުރިއަށްދާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ރެޑްބުލްއެވެ. ޑިޖިޓަލް ޕާރޓްނަރަކީ އުރީދޫއެވެ. އަދި މި މުބާރާތުގެ މީޑިޔާ ޕާރޓްނަރަކީ ގާފު އޮންލައިނެވެ.