
ކަނިފުށި މާލެ އޮފީހުގައި ހުރި ފޮށިގަނޑެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު ހޯދަނީ
vlcsnap-error120-e1647416958118
ކަނިފުށި މާލެ އޮފީހުގައި ހުރި ފޮށިގަނޑެއް ވަގަށް ނެގި މައްސަލައެއްގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

އޭނާ ފޮށިގަނޑު ހިފައިގެން ސިޑިން ފައިބާ ވީޑިއޯ ފުޓޭޖެއް އާއްމުކުރުމަށް ފަހު ފުލުހުން ބުނީ، ވީޑިއޯއިން ފެންނަ މީހާއަކީ 2021 ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ ވަގުތެއްގައި ކަނިފުށި މާލެ އޮފީހުގައި ހުރި ފޮށިގަނޑެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެފައިވާ މީހެއް ކަމަށެވެ.
https://www.youtube.com/watch?v=Pa9Yzr-4kEc
ފުލުހުން ބުނީ، އެ މީހާއަކީ ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހެއް ކަމަށެވެ.
އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.