logoEN
ޕީއެންސީ 2
9 ޓީމާއެެކު "ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020" ފަށައިފި

9 ޓީމާއެެކު "ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020" ފަށައިފި

Admin

logo

12/24/2020, 9:59:47 PM

4D075416-20FF-4491-9C59-501AFF30437F

ޖުމްލަ 9 ޓީމާއެެކު ގާފު ސްޕޯޓްސްގެ "ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020" މިރޭ ފަށައިފިއެެވެ.

ޝަރީ 2024

"ގާފު ސްޕޯޓްސް" ލޯންޗް ކުރެއްވުމަށްފަހު, ހަވަރު ސްޕޯޓްސްގެ މެއިން ސްޕޮންސަރގެ ދަށުން ބާއްވާ މި މުބާރާތް ފައްޓަވައިދެއްވީ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣްނީއެވެ. މި މުބާރާތުގެ މެޗުތައް ގާފު އޮންލައިންގެ ފޭސްބުކް ޕޭޖް އިން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިރޭ ފެށި މި މުބާރާތުގައި ކޮންމެ ރެެއަކު ތިން މެޗް ކުޅުމަށް ވަނީ ހަމަޖެެހިފައެވެ. އެގޮތުން މި މުބާރާތުގައި ޖުމްލަ 18 މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެެ ކޮންމެ ކެޓަގަރީއަކުން, (އަންހެން, ފިރިހެން) ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމު ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެއްވަނަ އަށްދާ ދެ ޓީމަށްވެެސް 5000 ރުފިޔާގެ ފައިސާގެ އިނާމު އަދި ދެވަނަ އަށް ދާ ދެ ޓީމަށްވެެސް 2000 ރުފިޔާގެ ފައިސާގެ އިނާމެެއް ވަނީ ހުށަހަޅާފައެވެ.

މި މުބާރާތުގެ ޕްރިންޓިން ޕާޓްނަރ އަކީ ޕްރިންޓެކް އެވެ. އަދި ބެވަރޭޖެސް ޕާޓްނަރ އަކީ ވޯޓަރ ޑެކް ރެސްޓޯރެންޓެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ