logoEN
cocacola
ޕްރޮފެސަރ އުގައިލްގެ ލިޔުއްވުމެއް - ތިބާއަށް ގައުމުގެ ވެރިކަން ލިބިއްޖެ ނަމަ އަމަލު ކުރާނީ ކިހިނެއް؟

ޕްރޮފެސަރ އުގައިލްގެ ލިޔުއްވުމެއް - ތިބާއަށް ގައުމުގެ ވެރިކަން ލިބިއްޖެ ނަމަ އަމަލު ކުރާނީ ކިހިނެއް؟

# ޕްރޮފެސަރ އުގައިލް

executive-power-promo-1000x563

އެޑިޓަރުގެ ނޯޓު: މިއީ ޕްރޮފެސަރ އުގައިލްގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ. މި ލިޔުން ގާފު ނޫހުގައި ޝާއިއުކޮށްފައިވަނީ ޕްރޮފެސަރ އުގައިލްގެ ހުއްދައާ އެކުގައެވެ.

ގޮސިޔާ

"ތިބާ ތިޔައީ ގައުމެއްގެ ވެރިމީހާ އެވެ." އެހެންކަމަށް ހިތައި ހިނދުކޮޅަކު އެކަމާ ވިސްނާ ފިކުރު ކުރާށެވެ. އެފަދަ ދަނޑިވަޅެއްގައި އެންމެ އިސްކަންދޭނީ ކޮންކަމަކަށް ތޯ އެވެ؟ އެފަދަ މަގާމެއްގައި ހުރެގެން ގާތް ރައްޓެހިންނާއި، ހިތް ނޭދޭ މީހުންނާއި އަދި ޖުމުލަކޮށް މުޅި ގައުމުގެ އެންމެހާ ރައްޔިތުންނާއި މެދު ތިބާ އަމަލު ކުރާނީ ކިހިނެއް ތޯ އެވެ؟

ނިސްބަތުން ބަލާއިރު، ހުރިހާ ވެރިން ވެސް، އެއީ ގައުމެއްގެ ވެރިއަކަސް، ނުވަތަ ބޮޑު ހާންދާނެއްގެ އެންމެ އިސްމީހާއަށް ވިއަސް އަދި ހަމަ އެހެންމެ އާދައިގެ ކުންފުންޏެއްގެ ބޮޑަކަށް ވިއަސް، ތާއަބަދު ކުރާ އެއްކަމެއް އޮވެ އެވެ. އެއީ، ކަންކަމުގައި ގޮތް ނިންމުމެވެ. ކަންކަންމުގައި ގޮތް ނިންމުމަކީ، އަދި ވަކިން ޚާއްސަކޮށް އެންމެ ރަނގަޅު ގޮތް ކަނޑައެޅުމަކީ، އެހާ ފަސޭހަ ކަމެއް ނޫނެވެ. ސަބަބަކީ، އެފަދަ މަގާމެއްގައި ހުންނަ މީހަކު އެންމެ ބޮޑަށް ވިސްނަން ޖެހޭނެ އެއް ކަމަކީ އެނާ އެކަމެއް ނިންމާ ގޮތަކާ ވިއްދައިގެން ނިކުންނާނެ ނަތީޖާއަށެވެ. އެއީ، އެފަދަ ކަމަކުން ލިބިދާނެ ފައިދާ އާއި އެއްވަރަށް އިއާދަނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ލިބުމުގެ ފުރުސަތުވެސް އޮތުމުން ނެވެ.

ކަމެއްގައި ގޮތް ނިންމުމުގައި އަމަލު ކުރާން ބޭނުންކުރެވިދާނެ ތަފާތު އުކުޅުތައް ވެއެވެ. މިސާލަކަށް، އެމީހެއްގެ އަމިއްލަ ޒަމީރު އެކަމުގައި ގަބޫލު ކުރާގޮތާ އެއްގޮތަށްވެސް ކަންކަން ނިންމިދާނެ އެވެ. އަދި ބައެއް ފަހަރަށް އެހާ ޔަގީންކަމެއް ނެތްނަމަ ފައިސާ ފޮއްޗަކުން ގުރުލައިގެން ވެސް ގޮތެއް ކަނޑައެޅިދާނެ އެވެ. ކޮންމެއަކަސް، ވިސްނަންޖެހޭ ނުކުތާ އަކީ އެނިންމާ ނިންމުމަކީ ވީހާވެސް ހަމަހަމަ، ދެފުށްފެންނަ އަދި ގެއްލުންކުޑަ ނިންމުމަކަށް ވުމެވެ. މިގޮތަށް އަމަލު ކުރުމަށް، ތިމާގެ އަމިއްލަ ޚިޔާލަށް ވުރެ ބޮޑަށް އެހެންމީހުންގެ އުދާސްތަކާއި އިޙްސާސްތަކަށް ވިސްނުމަކީ މުހިއްމު ކަމެކެވެ. އަދި އެފަދަ ނިންމުމަކުން ތިމާއަށް ނާޖާއިޒު ގޮތެއްގައި މަންފާ ލިބިދާނެކަމަށް އުއްމީދު ކޮށްގެން ނުވާނެ އެވެ. އެހެނީ، ކަމެއް ނިންމާއިރު ތިމާގެ އަމިއްލަ އެދުން ކުރިއަށް ނެރުމަކީ ގޯހެކެވެ.

ތިމާ އަކީ ގައުމެއްގެ ވެރިއަކަށްވިއަސް ނުވަތަ އެނޫން މީހަކަށްވިއަސް، ވިސްނަން ޖެހޭނެ ޙަގީގަތަކީ، ދިރިއުޅުމުގައި ތިމާއަކީ އަނެކުން އިތުބާރުކުރާ، ޚުލްގްހެޔޮ، އަދި ނިޔަތް ރަނގަޅު އިންސާނަކަށް ވުމެވެ. ތިމާ އަކީ، އަމިއްލަ އެދުމުން އެއްކިބާވެ ހުރި ހަރުދަނާ މީހަކަށް ވުމެވެ. އެވަރުން ފުދޭނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ