logoEN
cocacola
މައިކަލް ޖެކްސަންގެ ކުދީންގެ ދިރިއުޅުން- ޕްރިންސް، ޕެރިސް އަދި ބިގީގެ ދިރިއުޅުން!

މައިކަލް ޖެކްސަންގެ ކުދީންގެ ދިރިއުޅުން- ޕްރިންސް، ޕެރިސް އަދި ބިގީގެ ދިރިއުޅުން!

ގާފު އެޑިޓޯރިއަލް

logo

12/24/2020, 4:49:37 PM

1435251926_jackson-kids-zoom

ޕޮޕް މިޔުޒިކްގެ ރަސްގެފާނު ކަމުގައި ދުނިޔެ ޤަބޫލުކުރި މައިކަލް ޖެކްސަން ދުނިޔެއާއި ވަކިވެގެން ދިޔައީ އެތައް ހާސް ސަޕޯޓަރުންގެ ހިތްތައް ރޮއްވާފައެވެ.

ގޮސިޔާ

މައިކަލް ޖެކްސަންއަށް 3 ދަރިން ލިބިފައި ވެއެވެ. އެއީ ޕްރިންސް، ޕެރިސް އަދި ބިގީ (ބްލޭންކެޓް) ޖެކްސަން އެވެ. މައިކަލް ޖެކްސަން ދުނިޔެއާއި ވަކިވެގެން ދިޔުމާއި ގުޅިގެން 3 ދަރިންނަށްވެސް ވަރަށް ބޮޑު ހިތްދަތި ކަމާއި ގޮންޖެހުންތައް ކުރިމަތިވީ ނަމަވެސް، މިކަންތައް ޚަބަރު ފަތުރާ ވަޞީލަތްތަކުގެ ނަޒަރުން އެއްކިބާވެފައި ވެއެވެ. މައިކަލް ޖެކްސަން ގަނެފައިވާ އެމިއުސްމަންޓް ޕާކެއް ގޮތުގައި ތަރައްގީ ކޮށްފައިވާ ގެއެއް ކަމުގައިވާ ނެވާލޭންޑް ރޭންޗްގައި ކުޑައިރުގެ އުފާވެރި، ހިތްގައިމު ދުވަސްތައް ތިން ބެއިން އެކުގައި ހޭދަކޮށްފައި ވެއެވެ. މައިކަލް ޖެކްސަން ދުނިޔެއަށް އަލްވަދާޢު ކިޔުމާ ހަމަޔަށް، ތިން ބެއިންނަށްވެސް، އުފާވެރިކަން، ލޯބި، އަޅާލުން އަދި ރައްކާތެރިކަން އޭގެ އެންމެ ފުރިހަމަޔަށް ލިބިފައި ވެއެވެ. 25 ޖޫން 2009 ވަނަ ދުވަހު މައިކަލް ޖެކްސަން ކުއްލި ގޮތަކަށް ދުނިޔެއާއި ވަކިވެގެން ދިޔުމުގެ ސަބަބުން 3 ބެއިން ބައްޕަގެ ލޯބިން މަހްރޫމްވެގެން ދިޔައެވެ.

ވަރަށް ފަހުން މައިކަލް ޖެކްސަންއަށް ލިބިފައިވާ އެވޯޑެއް އާއިލާގެ ފަރާތުން ޕެރިސް އަދި ޕްރިންސް ހަވާލުވެފައި ވެއެވެ. ނަމަވެސް ގިނަ އަހަރުތަކަކަށް ނޫސްވެރިންނާއި، ޚަބަރު ފަތުރާ ވަޞީލަތްތަކުގެ ނަޒަރުން އެއްކިބާވެގެން ދިރިއުޅުން ކުރިޔަށް ގެންގޮސްފައިވެއެވެ. ބައްޕަގެ ލޯބިން މަހްރޫމުވި ނަމަވެސް ހުރިހާ ކުދިންވެސް އެހެން ކުދިންނެކޭ އެއްގޮތަށް އާންމު ދިރިއުޅުމެއް އުޅެ، ހުރިހާ ކުދިންވެސް ސްކޫލް ދައުރު ނިންމާފައި ވެއެވެ. ހުރިހާ ކުދިންވެސް ސްކޫލް ދައުރު ނިމި، ކޮލެޖްތަކުގެ ގްރެޖުއޭޝަން ނިންމައި ތަފާތު އެކި ދާއިރާތައް ކަމުގައިވާ އެކްޓިންގ، މޮޑެލިންގ ފަދަ ދާއިރާތަކަށް ވަނީ ނުކުމެފައެވެ. މައިކަލް ޖެކްސަންގެ ކުދިންގެ އަމިއްލަ ޔޫޓިއުބު ޗެނެލެއްވެސް ވަނީ މިހާރު ހުޅުވާފައެވެ.

ބޮޑުވަމުން އަންނަ ޖެކްސަންގެ ކުދިންގެ ދިރިއުޅުމާއި، މައިކަލް ޖެކްސަންގެ ހުނަރުވެރި ކުދިން ދިރިއުޅުމުގައި ހާޞިލް ކުރަން ބޭނުންވާ ކަންތައްތަކަށް މިލިޔުމުގައި ބަލާލެވިފައި ވާނެއެވެ.

މައިކަލް ޖެކްސަން އަލަށް ދަރިޔަކު ލިބި ބައްޕަޔަކަށް ފުރަތަމަ ވެގެން ގޮސްފައިވަނީ ޑެބީ ރޯވްގެ ފަރާތުން

undefined

ފޮޓޯ: ޓްވިޓާ

މައިކަލް ޖެކްސަން ފުރަތަމަ ކައިވެންޏެއް ކޮށްފައިވަނީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެލްވިސް ޕްރިސްލީގެ އަންހެން ދަރިފުޅު ލިސާ މޭރީ ޕްރެސްލީ އާއެވެ. ނަމަވެސް ކާވެނީގެ ދެއަހަރު ފަހުން 1996 ގައި ދެމީހުން ވަކިވެފައި ވާއިރު، އެއްވެސް ދަރިޔަކު ލިބިފައި ނުވެއެވެ. ޖެކްސަން ގިނަ ކުދިން ބޭނުން ވެފައި ވީ ނަމަވެސް ލީސާ އެއްވެސް ގޮތަކަށް ކުއްޖަކު ބޭނުން ނުވުން ވެގެން ގޮސްފައި ވަނީ މި ކާވެނި ރޫޅެން ދިމާވި މައިގަނޑު ސަބަބު ކަމުގައެވެ. ނަމަވެސް ނަސީބު ކަންދިމާ ކުރި ގޮތުން ޖެކްސަން ބޭނުންވި ފަދައިން އޭނައަށް ކުދިން ލިބި އާއިލާއެއް ފަހުން ލިބިފައި ވެއެވެ.

ޖެކްސަން ދެވަނަ ކާވެންޏެއް 14 ނޮވެމްބަރ 1996 ގައި ޑެބީ ރޯވް އާއި ކޮއްފައި ވެއެވެ. ޕޮޕް މިޔުޒިކްގެ ރަސްގެފާނާއި ޑެބީ ދިމާވެފައިވަނީ ޑެބީ ހަމުގެ ޚާއްސަ ޑޮކްޓަރެއް އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދިޔަ އިރު، ޖެކްސަން ހަމުގެ މައްސަލެއް ކަމުގައިވާ ވިޓިލިގޯ ނުވަތަ ހަން ހުދު ވުމުގެ މައްސަލައަށް ފަރުވާ ހޯދަމުން ދިޔަ ދުވަސްވަރުއެވެ. ޖެކްސަންގެ ވިޓިލިގޯ އަށް ޑެބީ ފަރުވާ ކޮށްފައި ވެއެވެ. ނަސީބު ދެރަގޮތަކަށް ދެއަހަރު ފަހުން އަނެއްކާވެސް ޖެކްސަންގެ ކާވެނި ރޫޅެއެވެ. ނަމަވެސް ދެއަހަރު ވީއިރު، މިކާވެންޏަށް ޖެކްސަންއަށް ދެކުދިން ލިބިފައި ވެއެވެ.

ޕްރިންސްގެ އުފަންވުން

މައިކަލް ޖެކްސަން އަދި ޑެބީ ރޯވް ގެ ފުރަތަމަ ދަރިފުޅަށް ދީފައިވާ ނަމަކީ މައިކަލް ޖޯސެފް ޖެކްސަން ޖޫނިއަރ އެވެ. ދުނިޔެއަށް އުފަންވެފައި ވަނީ 13 ފެބްރުއަރީ 1997 ގައި ލޮސް އެންޖެލެސްގެ ސީޑާސް ސިނައި މެޑިކަލް ސެންޓާ އަށެވެ. ފުރަތަމަ ދަރިފުޅުގެ އުފަންވުމާއެކު، ދަރިފުޅަށް ކިޔާނެ ފެމިލީ ނަމެއް ހޯދުން މާ އުދަނގޫ ކަމަކަށް ދެމަފިރިންނަށް ނުވިއެވެ. މިގޮތުން މައިކަލް ޖެކްސަނަކީ ޕޮޕް މިޔުސިކްގެ ކިންގ އަށް ވުމުން ދަރިފުޅަށް ޕްރިންސް ގުޅުވައިގެން ކިޔެވެ.

undefined

މައިކަލް ޖެކްސަން ޖޯސެފް ޖޫނިއަރ. ފޮޓޯ: ބްރޯޑްއިމޭޖް/ ޝަޓާސްޓޮކް

މައިކަލް ޖެކްސަން އަދި ޑެބީގެ ކާވެނީގެ ގުޅުމަކީ އެކަކު އަނެކަކުގެ ފައިދާއަށް ބިނާވާގޮތަށް ދެމިއޮތް ގުޅުމެކެވެ. މިގުޅުމުގެ މައިގަނޑު ބޭނުމަކަށް ވެފައި އޮތީ، ލަވަކިޔަން މޮޅު ކުދިން އާއިލާއަށް އުފަންކޮށް ދިނުމެވެ. ހަޤީޤީ ލޯތްބަށް މިގުޅުމުގައި މާބޮޑު ޖާގައެއް ނެތެވެ. ކުޑަ ކުޑަ ޕްރިންސް އުފަންވެގެން މާގިނަ ދުވަހެއް ނުވަނީސް، ޑެބީ ރައްޓެއްސެއްގެ ގެއަށް ބަދަލުވިއެވެ. އަދި ޖެކްސަން ކުޑަ ކުޑަ ޕްރިންސް ނެވާލޭންޑް ރޭންޗް ގެއަށް ބަދަލުކުރިއެވެ. ޕްރިންސް ބުނާގޮތުން ބައްޕަ ޖެކްސަން އާއި ގުޅޭ ވަރަށް ގިނަ އުފާވެރި ހަނދާންތައް ނެވާލޭންޑް ގޭގައި ވެއެވެ. ޕްރިންސް ބުނާގޮތުގައި ޖެކްސަން އަކީ އޭނާގެ އަމިއްލަ ދިރިއުޅުމުގައި ނުލިބުނު ޅައުމުރު އޭނާގެ ދަރިންނަށް ހޯދައިދިނުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެއްވި ހިތްވަރުގަދަ ބައްޕައަކެވެ. ބައްޕަ ޖެކްސަންގެ ހަނދާންތައް ކޮންމެ ދުވަހަކުވެސް ކުރެވޭކަމަށް ގިނަ މުނާސަބަތުތަކުގައި ޕްރިންސް ބުނެފައި ވެއެވެ.

ޕެރިސް ޖެކްސަންއަށް މަރުޙަބާ ކިޔުން

ނޮވެމްބަރ 1997 ގައި، ޑެބީ ރޯވް މައިކަލް ޖެކްސަންގެ ދެވަނަ ދަރިޔަކަށް ބަލިވެ އިންކަން އިއުލާނު ކުރިއެވެ. ރީތި ކަމުގެ ލާމަސީލު ނަމޫނާއެއް ކަމުގައިވާ ޕެރިސް މައިކަލް ކެތްރިން ޖެކްސަން ދުނިޔެއަށް އުފަންވެފައިވަނީ 3 އޭޕްރީލް 1998 ގައެވެ. ނޫކުލައިގެ ރީތި ލޮލެއް ލިބިފައިވާ ލޯބި ލޯބި ކުޑަ ޕެރިސް އަށް މެދު ނަމަކަށް ކެތްރިން ކިޔާފައިވަނީ މައިކަލް ޖެކްސަންގެ މަންމަ އާއި ގުޅުވައިގެންނެވެ. ޕެރިސްއަށް ލިބިފައިވާ ރީތިކަމަކީ މައިންބަފައިންގެ ފަރާތުން ވާރުތަވެފައިވާ ރިތިކަމުގެ ޖީންތަކެކެވެ. ޕެރިސްގެ ނަން ދެވިފައިވަނީ ދުނިޔޭގެ އެންމެ ރީތި ސިޓީތަކުގެ ތެރޭގައި ހިމެނޭ ޕެރިސް އާއި ގުޅުވައިގެންނެވެ.

undefined

ޕެރިސް ޖެކްސަން، މައިކަލް ފޯރ އެވާރ ކޮންސާޓުގައި. ފޮޓޯ: އެލަން ޑޭވިޑްސަން/ ޝަޓަރސްޓޮކް

ފުރަތަމަ ދަރި ޕްރިންސް އާއި ދޭތެރޭ ކަންތައް ކުރި ބީދައިން، މައިކަލް އޭނަގެ ދެވަނަ ދަރި ޕެރިސްވެސް، އުފަންވިތާ ކުޑަ ދުވަސްކޮޅެއްފަހުން އޭނާގެ އަމިއްލަ ގެޔަށް ނެވާލޭންޑް ރޭންޗް އަށް ބަދަލު ކުރިއެވެ. މި ރޭންޗަކީ ހުރިހާ ކުދިންގެ ކުޑައިރުގެ ހަނދާންތަކާއި ގުޅިފައިވާ ގެއެވެ. ކުޑަކުދިން ގަޔާވާގޮތަށް ތީމް ޕާކެއްގެ ގޮތުގައި ޖަނަވާރުންގެ ބަގީޗާއަކާއި އެކު މި ރޭންޗް ތައްޔާރު ކުރެވިފައި ވެއެވެ.

undefined

ޕެރިސްގެ ކުޑައިރުގެ ފޮޓޯއެއް. ފޮޓޯ ޓްވިޓާ

undefined

ޕްރިންސް އަދި ޕެރިސްގެ ކުޑައިރުގެ ފޮޓޯއެއް. ފޮޓޯ ޓްވިޓާ

ބޭބީ ބްލޭންކެޓް

21 ފެބްރުއަރީ 2002 ގައި މައިކަލް ޖެކްސަންއަށް 3 ވަނަ ދަރިޔަކު ލިބެއެވެ. ޕްރިންސް މައިކަލް ޖެކްސަން 2 ތިންވަނަ ދަރިފުޅަށް ކިޔާފައިވެއެވެ. މައިކަލް ޖެކްސަންގެ 3 ވަނަ ދަރިފުޅު ލިބިފައި ވަނީ "ސަރޮގޭޓް މަދާރ" އަކަށެވެ. ނަމަވެސް މިއަންހެން މީހާ އަކީ ކާކުކަން ހާމަނޮކޮށް، އަންހެން މީހާގެ އައިޑެންޓިޓީ މައިކަލް ފޮރުވާފައި ވެއެވެ. މި ދަރިފުޅަށް ފެމެލީ ނަމެއްގެ ގޮތުގައި ދީފައިވާ ނަމަކީ ހުރިހާ ނޫސްތަކެއްގެ ސުރުޙީތަކުން ޖާގަ ހޯދާފައިވާ އާދަޔާ ޚިލާފު ނަމެކެވެ. މިގޮތުން ކިޔާފައިވާ ނަމަކީ ބެލޭންކެޓް އެވެ. މައިކަލް ބުނާގޮތުން ބްލޭންކެޓަކީ ރަޙްމަތެކެވެ. އެއީ ލޯތްބާއި އަޅާލުން ދައްކުވައިދޭ ގޮތެކެވެ.

undefined

ފޮޓޯ: މާރކް ލާޖް / އެސޯޝިއޭޓެޑް ނިއުސް ޕޭޕަރ / ޝަޓާ ސްޓޮކް

ބްލޭންކެޓް ދުނިޔެއަށް އުފަންވެ އާއިލާއާއި ގުޅިފައިވަނީ ޑްރާމާ ބޮޑު ގޮތަކަށެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި ފެމިލީ ނަމެއްގެ ގޮތުގައި އާދާޔާޚިލާފު ތަފާތު ނަމެއް ކިޔުމުން، ނަމާއި ގުޅިގެން ތަފާތު ވާހަކަ ދެކެވުނެވެ. އަދި ބާލިންގެ ހޮޓަލެއްގެ ބެލްކަނީގައި މައިކަލް ޖެކްސަން، ބްލޭންކެޓް އަތުން ހިފަހައްޓައިގެން ހުއްޓާ ފޮޓޯގްރާފަރުން ނަގާފައިވާ މަތީގައިވާ ފޮޓޯއާއި ގުޅިގެން، ދަރިފުޅު މައިކަލް އުރައިގެން ހުރި ގޮތް ރައްކާތެރި ނޫންކަމަށް ގިނަ ބަޔަކު ބުނެ ފާޑު ކިޔުންތައް މައިކަލް އަށް އަމާޒު ވިއެވެ. ގިނަ ބަޔަކު ކޮމެންޓް ކޮށްފައިވާ ގޮތުގައި މައިކަލް ދަރިފުޅު ހިފަހައްޓައިގެން ހުރީ ލަޔަން ކިންގ ކާޓޫނުގައި ލަޔަން ކިންގ ދަރިފުޅު ދައްކާލާ އުސޫލުންނެވެ. ނަމަވެސް ފަހުން އެކޮމެންޓްތަކަށް ރައްދުދީ އޭނާގެ އިޙްސާސްތައް މައިކަލް ހިއްސާކުރިއެވެ.

ކުދިން ހިމާޔަތްކުރުން:

އެހެން ހުރިހާ ރަނގަޅު ބައްޕައިން ފަދައިން މައިކަލް ޖެކްސަންވެސް އޭނާގެ ކުދިން މީޑިޔާގެ ސަމާލުކަމުން ސަލާމަތް ކުރުމަށް މަސައްކަތް ކޮށްފައި ވެއެވެ. ކުދިން ބަންދުކޮށްގެން ނުގެންގުޅެވޭނެތީ، ތަފާތު އެކިފަހަރުމަތިން ބޭރަށް ގެންގޮސްފައިވެއެވެ. ނަމަވެސް މިއިން ކޮންމެފަހަރަކު، އަމިއްލަޔަށް ޝީލްޑެއް ފަދައިން ކުދިން ހިމާޔަތްކޮށް ރައްކާތެރިކަން ހޯދައި ދީފައި ވެއެވެ. މިގޮތުން ކުދިންގެ ކުޑައިރުގެ ބައެއް ފޮޓޯތަކުން، ކުދިން މާސްކު އަދި މޫނު ކަވަރުކޮށގެން އާންމުގިނަ ތަންތަނަށް ނެރެފައި ވެއެވެ.

undefined

ފޮޓޯ: ޗެލްސީ ލައުރެން

މަޝްހޫރު މޮޑެލްއަކަށް ވުމުގެ އިތުރުން، ޕެރިސްއަކީ މައިކަލް ޖެކްސަން ފަދައިން ހުނަރުވެރި ލަވަކިޔުންތެރިޔެކެވެ. ފޮޓޯއިން ފެނިގެން ދަނީ، ޕެރިސް އޭނަގެ ލޯބިވެރިޔާއެކު، އެމީހުންގެ މިޔުޒިކް ބޭންޑް ކަމަށްވާ، ސައުންޑް ފްލާވަރ ބޭންޑުގައި ލަވަޔެއް ކިޔާ މަންޒަރެވެ. މީގެ އިތުރުން ޕެރިސްއަކީ އެކޫސްޓިކް ގިޓަރިސްތެއްވެސް މެއެވެ.

ކުޑަ ކުޑަ ބީގީ ބޮޑުވުން

ބްލޭންކެޓް މިނަމަކީ އެހާ އާންމު ނަމަކަށް ނުވުމުން، ސްކޫލް ދައުރުގައި ކުދީންގެ ބުލީކުރުމާއި ބްލޭންކެޓަށް ކުރިމަތިލާން ޖެހުނެވެ. މިގޮތުން ފަހުން އުމުރުން 15 އަހަރު ވުމުން ބްލޭންކެޓްގެ ނަގަން އަމިއްލަޔަށް ބިގީ އަށް ބަދަލުކުރިއެވެ. ބައްޕަ ދުނިޔެއާއި އަލްވަދާޢު ކިޔާފައިވަނީ ބީގި އުމުރުން އެންމެ 7 އަހަރެވެ. ޓީން އޭޖުގައި، ނޫސް ރިޕޯޓަރުންނާއި، މީޑިޔާއަށް ފިލައިގެން ދުވަސްތައް ހޭދަކޮށަފައި ވެއެވެ. ވަރުގަދަ އާއިލާއެއްގެ މެމްބަރެއްގެ ގޮތުގައި އުފަންވީ ނަމަވެސް، ހައި ސްކޫލަށް ކިޔަވަން ގޮސް، އާދައިގެ ދިރިއުޅުމެއް ބީގީ އުޅުނެވެ. ކޮމިކްގެ ދުނިޔެ އަދި ކޮމިކް ފޮތްތަކަށް ބީގީ ލޯބި ކުރެއެވެ.

undefined

ޕްރިންސް އަދި ބިގީ ޖެކްސަން (ކަނާތް ފަރާތުގައި). ފޮޓޯ: ކްރިސްޓޮފާ ޕޯކް / ޝަޓާ ސްޓޮކް

ފެބްރުއަރީ 2020 ގައި ކުޑަ ބިގީ ޖެކްސަން އަށް 18 އަހަރު ފުރިފައި ވެއެވެ. ޕެރިސް އޭނާގެ އިންސްޓަގްރަމްގައި އޭނަގެ ކުޑަ ކޮއްކޮ އަށް 18 އަހަރު ފުރި ޤާނޫނީ ގޮތުން ބޮޑު މީހަކަށް ވެފައިވާކަން ހާމަކޮށްފައިވެއެވެ. އަދި ކޮއްކޮގެ ނެޕީ ބަދަލުކޮށް ހެދި ހަނދާން އިއްޔެ ވީ ކަމެއްހެން ހުރިކަން ޕެރިސް ހާމަކޮށްފައި ވެއެވެ. މި ދިރިއުޅުމަކީ އެފަދަ އެއްޗެކެވެ. ރީތި، ވިސްނުންތެރި، މަޖާ، ހިތް ހެޔޮ ޒުވާން ފިރިހެނަކަށް ކޮއްކޮ ބަދަލުވެފައި ވުމުން އެކަމާ ވަރަށް ބޮޑަށް ފަޚުރުވެރިވާކަމަށް ޕެރިސް އޭނާގެ އިންސްޓާގްރަމް ގައި ބުނެފައި ވެއެވެ. މައިކަލް ޖެކްސަންގެ 3 ކުދިންގެވެސް ގުޅުމަކީ ހަރުދަނާ އެހެން މީހުންނަށް ނަމޫނާ ގުޅުމެކެވެ. ތިން ބެއިން އެކަކު އަނެކަކަށް އަޅާލުމާއި، ލޯބި އޭގެ އެންމެ ފުރިހަމަޔަށް ނަމޫނާ ދައްކާފައި ވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ