logoEN
ކޮކާކޯލާ
ލޮކްޑައުން އުސޫލުތަކާ ޚިލާފުވިކަމަށް ބުނެ 17 އަހަރުގެ ކުއްޖެއްގެ ކަރަށް ވަޅި ހަރައިފި

ލޮކްޑައުން އުސޫލުތަކާ ޚިލާފުވިކަމަށް ބުނެ 17 އަހަރުގެ ކުއްޖެއްގެ ކަރަށް ވަޅި ހަރައިފި

ގާފު އެޑިޓޯރިއަލް

logo

12/22/2020, 10:08:23 PM

Untitled design - 2020-12-22T081734.826.png.gallery

ކޮވިޑް 19 ގެ އުސޫލުތަކާ ޚިލާފުވިކަމަށް ބުނެ 17 އަހަރުގެ ކުއްޖެއްގެ ކަރަށް ވަޅި ހަރާލައިފިއެވެ.

އަބުޅޯ

އިނގިރޭސި ވިލާތުގައި ހިނގި މި ހާދިސާގައި ވަޅި ހަރާފައިވަނީ އިއެން ބްރަޔެން ނަމަކަށް ކިޔާ 58 އަހަރުގެ ފިރިހެނެކެވެ. އޭނާ އެ ކުއްޖާއަށް ހަމަލާ ދިނީ އޭނާގެ ގެއާ ޖެހިގެން ހުރި ގޭގައި އެ ކުއްޖާ އިންޖީނިއަރިންގް މަސައްކަތެއް ކުރިއަށް ގެންދިއުމުން އެއީ ކޮވިޑް 19 ގެ އުސޫލުތަކާއި ޚިލާފު ކަމެއް ކަމުގައި ބުނެއެވެ.

17 އަހަރުގެ ކުއްޖާއާއި އޭނާގެ 32 އަހަރުގެ ރަހުމަތްތެރިޔާ އެމީހުންގެ ގޭގައި މަސައްކަތް ކުރަން ތިއްބާ އެތަނުގައި ނުތިބެވޭނެ ކަމަށް ބުނެ އެކަމާ ހިތްހަމަނުޖެހިގެން ބްރަޔެން އެމީހުން ކައިރީގައި އެ ވާހަކަ ދެއްކިއެވެ. އަދި އެމީހުން އެ ގެއިން ދިއުމުން ފުލުހުންނަށް ގުޅައި އެކަން ރިޕޯޓު ކުރިއެވެ. އެ މީހުން ގެއަށް އައުމާ އެކުވެސް އޭނާ ވަނީ ފުލުހުންނަށް ގުޅާފައެވެ. ނަމަވެސް ފުލުހުން އެކަމަށް ފިޔަވަޅެއް ނޭޅުމުން އޭނާ އެ ކުދިން މަސައްކަތް ކުރަން ތިބި ގެއަށް ވަޅި ހިފައިގެން ދިޔައެވެ. ކަން ދިމާކުރިގޮތުން ދޮރު ހުޅުވީ 17 އަހަރުގެ ކުއްޖާއެވެ. އެ މީހާ ވަނީ އެ ވަގުތު އެ ކުއްޖާގެ ކަރަށް ވަޅި ހަރާފައެވެ. އަދި އެ ގޭގައި ދެން ހުރި މީހާ ބްރަޔެން އާ ކުރިމަތިލުމުން އޭނާގެ ފަޔަށްވެސް ވަނީ ކުދި ޒަހަމް ތަކެއް ވެފައެވެ.

އަނިޔާ ލިބުނު ދެ މީހުން ވަނީ އަވަހަށް މަގަށް ނުކުމެ އެމްބިއުލާންސް އަށް ގުޅާފައެވެ. ފުލުހުންނާއި އެމްބިއުލާން އެތަނަށް އައި އިރު ބްރަޔެން އަތުގައި ދެ ވަޅި އޮތެވެ. އަދި ފުލުހުންނަށް އެއްބާރުން ނުދީ ވަޅިވެސް އަތުން ދޫ ނުކުރުމުން ފުލުހުން ވަނީ އޭނާ ޓޭޒާރ ކުރުމަށްފަހު ހައްޔަރު ކޮށްފައެވެ.

ލިބުނީ ސީރައަސް އަނިޔާތަކަކަށް ވުމާއެކު 17 އަހަރުގެ ކުއްޖާ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް އެމެޖެންސީ ސާރޖަރީއެއް ކޮށްފައެވެ. ކާމިޔާބު ސާޖަރީއަކަށްފަހު މިހާރު އެކުއްޖާގެ ހާލު ރަނގަޅެވެ.

ބްރަޔެންވެސް ވަނީ އެ ހާދިސާގައި އޭނާ އަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެއަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. އަދި ކޯޓުގެ އަޑުއެހުން ތަކަށްފަހު އޭނާ ވަނީ 14 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ