
ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް - ގުރުއަތުލުން ބާއްވައި މުބާރާތުގެ ޝެޑިއުލް އާންމުކޮށްފި
DSC_5938
ގާފު މީޑިއާ ގްރޫޕުގެ "ގާފު ސްޕޯޓްސް" އިން ބާއްވާ "ހަވަރު ގާފު ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020" ގައި ބައިވެރިވެފައިވާ ޓީމްތަކުގެ މެދުގައި ގުރުއަތުލުން ބާއްވައިފިއެވެ.

އެ މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކުގެ މެދުގައި ގުރުއަތުލުން ނަގާފައިވަނީ ގދ. ތިނަދޫ ވޯޓަރ ޑެކް ރެސްޓޯރެންޓުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ލީގް އުސޫލުން ކުރިއަށް ގެންދާ އެ މުބާރާތުގައި ބައިވެެރިވެފައިވަނީ ފަސް ކުޅުންތެރިންގެެ މައްޗަށް އެކުލެވޭ 9 ޓީމަކުންނެވެ. އެއީ އަންހެން ކެޓަގަރީގެ ތިން ޓީމާއި ފިރިހެން ކެޓަގަރީގެ 6 ޓީމެވެެ.
މި މުބާރާތް ކުރިއަށްދާނީ މިމަހުގެ 24 އިން 27 ގެ ނިޔަލަށެވެ. އެ މުއްދަތުގައި ކޮންމެ ދުވަހަކު ޖުމްލަ 6 މެޗް ކުޅޭނެ އެވެެ. މުބާރާތުގައި ކުޅޭނީ ޖުމްލަ 18 މެޗެވެެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާގެ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަނަރަޕް ޓީމަކަށް 2000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ