logoEN
cocacola
ޕިޗީޗީ އެވޯޑަށްވުރެ ބާސާއެކު ލީގުތަށި ހޯދަން މާ ބޭނުން - މެސީ

ޕިޗީޗީ އެވޯޑަށްވުރެ ބާސާއެކު ލީގުތަށި ހޯދަން މާ ބޭނުން - މެސީ

ގާފު އެޑިޓޯރިއަލް

logo

12/22/2020, 8:39:44 PM

mini_2020-12-03-MESSI-PICHICHI-14

ޕިޗިޗީ އެވޯޑް ނުވަތަ ލަލީގާ ގެ ޓޮޕް ސްކޯރާގެ މަގާމަށްވުރެ ލީގުގެ ތަށި ބާސާއާއި އެކު ހޯދަން މާބޮޑަށް ބޭނުންވާ ކަމަށް އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

ގޮސިޔާ

ސްޕޭނުގެ މަޝްހޫރު ނޫސްމަޖައްލާއެއް ކަމުގައިވާ މާސާ އިން ދޭ ސްޕެނިޝް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އާށް ދޭ ޕިޗިޗީ އެވޯޑު ހޯދުމަށްފަހު ނޫސްވެރިންނާއި ހަވާލާއިދީ މެސީ ބުނީ ދެން އިތުރު މިކަހަލަ އަމިއްލަ އެވޯޑެހޯދުމަށްވުރެ ބޮޑަށް އިސްކަންދޭނީ އަމިއްލަ ކްލަބް ބާސެލޯނާއި އެކު ލީގުތަށްޓާއި އިތުރު ތަށި ކާމިޔާބުކުރަން މަސައްކަތްކުރުމެވެ.

"ޕިޗިޗީ" މި އެވޯޑް ނިސްބަތްވަނީ ސްޕެއިނުގެ ފޮޓުބޯޅައިގެ ލެޖެންޑެއްކަމަށްވާ އެތްލެޓިކޯ ބިލްބާއޯ އަށް ކުޅުނު ރަފައެލް މޮރޭނޯ އަރަންޒަޑީ އަށެވެ.

ލިއޮނަލް މެސީ ވަނީ ޖުމްލަ 7 ފަހަރެއްގެ މަތިން މި އެވޯޑު ހޯދާ، މި އެވޯޑު އެންމެ ގިނައިން ހޯދި ކުޅުންތެރިޔާގެ މަގާމްވެސް ހޯދައިފައެވެ. މެސީގެ ފަހަތުން މިއެވޯޑާއި އެންމެ ކައިރިވެސް ކުރަނީ 3 ފަހަރު ހޯދައިގެން އެއިރު ރެއާލަށް ކުޅުނު ރޮނާލްޑޯއަށެވެ.

undefined

ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން މެސީ ވަނީ އޭނާ ބާސާގައި އިތުރު ސީޒަނެއް މަޑުކޮށްފާނެ ކަމުގެ އިޝާރާތެއްވެސް ދީފައިއެވެ. އޭނާ ބޭނުންނަމަ މިފެށޭ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޭނާ އިހުތިޔާރުކުރާ ޓީމަކާއެކީ ޕްރީ އެގްރީމެންޓެއްގައި ސޮއިކުރެވޭނެ އެވެ. އެހެންނަމަވެސް މެސީ ސްޕެއިންގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ބުނެފައިވަނީ ސީޒަން ފެށިއިރު ގިނަ މައްސަލަތަކެއް ކުރިމަތިވި ކަމުގައިވީ ނަމަވެސް މިހާރު އޭނާ ބާސާގައި ކުރީ ހިތްހަމަޖެހިގެން ކަމުގައި ކަމަށެވެ. އަދި އޭނާ ބާސާ އާއި އެކު އިތުރު މުބާރާތްތަކެއްގައި ބައިވެރިވެ ކާމިޔާބީތަކެއް ޓީމާއެކު ހޯދަން ބޭނުންވާ ކަމަށްވެސް މެސީ ވަނީ ބުނެފައެވެ.

މެސީ ބާސާ އާއި އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2021 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރ އަށް ހަމަވާއިރު އޭނާ ހޯދުމަށް މާލީގޮތުން ޔޫރަޕް ގެ މައިބާރުތަކަކުންދަނީ މަސައްކަތް ކުރަމުންނެވެ. މިލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދަނީ ފްރާންސް ގެ ޕީއެސްޖީ ، ގާޑިއޯލާގެ ސިޓީ އަދި އިޓަލީ ގެ އެންޓާއިންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ