އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ދެވަނަ ޓާމަށް ސްކޫލްތައް ހުޅުވާއިރު ކިޔަވައިދޭން ހަމަޖެހިފައިވަނީ ދުވާލަކު 4 ގަޑިއިރާއި 5 ގަޑިއިރަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެމިނިސްޓްރީން ނެެރެފައިވާ ސަރކިއުލަރ އެއްގައި ބުނެފައިވަނީ ސްކޫލްތަކުގައި އޮންލައިންކޮށާއި، ސްކޫލަށް ގޮސްގެން ކިޔަވާ ދެނީ ދުވާލަކު 4-5 ގަޑިއިރަށް ކަމަށެވެ.
ކޮވިޑް-19 ފެތުރުމާ ގުޅިގެން މިއަހަރު ސްކޫލްތަކުގެ ކިޔެވުމުން ނިންމާލެވުނީ ފުރަތަމަ ޓާމު އެކަންޏެވެ. ދެވަނަ ޓާމްގެ ކިޔެވުން އަންނަ ޖެނުއަރީ މަހު 10 ވަނަ ދުވަހު ފަށާނެއެވެ. އަދި އެ ޓާމް ޖޫން 24 އަށް ނިމޭއިރު، ދެން ފަށާނީ ދިރާސީ އާ އަހަރެވެ.