
E8FF8C41-0F80-4255-B632-0CDD93654B12
ގދ. ތިނަދޫގައި ސަރަހައްދީ ބަނދަރެއް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެމްއެސްއެސް ގެ ޝިޕިން ޚިދުމަތްތައް ހުވަދު އަތޮަޅަށް ފެށުމުގެ ގޮޮތުން މިއަދު ހަވީރު ގދ. ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކިުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ޝާހިދު އަލީ އެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 12.6 މިލިއަން ރުފިޔާއަށެވެ. އެއީ 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން ބަނދަރު އެޅުމަށް ހަމަޖެހިފައިވަނީ ތިނަދޫ ގޭސް ޕްލާންޓާ އިންވެގެން އޮތް ބިމުގައެވެ. މިއަދުގެ ރަސްމިއްޔާތުގައި ތިނަދޫ ކައުންސިލުން ވަނީ އެ ބިން އެމްޕީއެލް އާއި ހަވާލުކޮށްފައެވެ.
އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން އައްޑޫ އަތޮޅުގައި ބަނދަރުކުރުމަށްފަހު މޯލްޑިވްސް ސްޓޭޓް ޝިޕިން ގެ "އެމްވީ ބޮންތި 2" ހުވަދު އަތޮޅުގައި ބަނދަރުކުރީ ގދ ތިނަދޫ ބޭރުގައި މިއަދު މެންދުރުގެ ވަގުތެއްގައެވެ.
ތަފްސީލް އަންނަނީ.....