logoEN
ޕީއެންސީ 2
ދުވަސްވީ މީހެއްގެ އުފަންދުވަހުގެ ފޮޓޯ ޝޫޓް އިންޓަނެޓްގައި ގިނަ ބަޔެއްގެ ސަމާލުކަން ހޯދައިފި!

ދުވަސްވީ މީހެއްގެ އުފަންދުވަހުގެ ފޮޓޯ ޝޫޓް އިންޓަނެޓްގައި ގިނަ ބަޔެއްގެ ސަމާލުކަން ހޯދައިފި!

ގާފު އެޑިޓޯރިއަލް

logo

12/22/2020, 2:37:51 PM

90th-birthday-shoot

ނޮނަގެނޭރިއަން ބުނާގޮތުން، އޭނަގެ އުފަންދުވަހުގެ ފޮޓޯ ޝޫޓް އިންޓަނެޓްގައި ވައިރަލްވެ، ގިނަ ފަރާތްތަކެއްގެ މޫނަށް ހިނިތުންވުން ގެނެސްފައިވުމުން އޭނާ ވަރަށް އުފާވެއެވެ.

ޝަރީ 2024

މި ހިތްގައިމު ފޮޓޯތަކުގެ ސަބަބުން، ގިނަ އަދަދެއްގެ މީހުން އެމީހުންގެ މުސްކުޅި ބައްޕައިންގެ ފޮޓޯތައް އިންޓަނެޓްގައި ހިއްސާކުރުމަށް ހިތްވަރު ދީފައިވެއެވެ.

ތަފާތު މުނާސަބަތުތަކާއި ގުޅުވައިގެން ޚާއްސަ ފޮޓޯ ޝޫޓްތައް ތަފާތު ތީމް ތަކަށް ބިނާކޮށް ނެގުމަކީ މިޒަމާނުގައި އާންމު ކަމެކެވެ. ނަމަވެސް އުމުރުން ދުވަސްވީ މީހުންނަށް މިކަން ތަފާތެވެ. ނަމަވެސް އުމުރުން ދުވަސްވީ ފިރިހެން ބޭފުޅެއްގެ 90 ވަނަ އުފަންދުވަހުގެ ހިތްގައިމު ފޮޓޯ ޝޫޓް އިން އިންޓަނެޓް ބޭނުންކުރާ، އޮންލައިން ގިނަ ފަރާތްތަކުގެ ހިތްތަކަށް އުފާވެރިކަން ގެނެސްދީ މޫނަށް ހިނިތުންވުން ވަނީ ގެނެސްދީފައެވެ.

އެމެރިކާއަށް ނިސްބަތްވާ، ޓްވިޓާ ބޭނުންކުރާ ފަރާތެއް ކަމުގައިވާ ކަރަން އެލީ އޭނާގެ ބައްޕަގެ ޚާއްސަ ފޮޓޯ ޝޫޓް އޮންލައިންކޮށް ހިއްސާކޮށް ގިނަ ފަރާތެއްގެ ސަމާލުކަން ވަނީ ހޯދާފައެވެ. ބައްޕަގެ ޚާއްސަ އުފަންދުވަހުގެ ތިން ފޮޓޯ ޓްވިޓާގައި ހިއްސާކުރަމުން އެލީ ބުނެފައިވަނީ، ބައްޕަޔަކީ ސޯޝަލް މީޑިޔާ އެއްގޮތަކަށްވެސް ބޭނުން ނުކުރާ މީހެއް ނަމަވެސް ބައްޕަ ބޭނުންވަނީ އުފަންދުވަހުގެ ފޮޓޯތައް ސޯޝަލް މީޑިޔާގައި ހިއްސާކުރުމަށެވެ. މިގޮތުން ހިއްސާކޮށްފައިވާ އެއް ފޮޓޯގައި ފެންނަނީ އޭނާގެ ގޭގައި ބެހެއްޓިފައިވާ ޕިއާނޯއެއް ކައިރީ ފޮޓޯއަކަށް ޕޯސްވެގެން ހުންނަ ފޮޓޯއެއްގެ އިތުރުން އޭނާގެ ކުއްތާއާ އެކު ހުންނަ އިތުރު 2 ފޮޓޯއެކެވެ.

View post on Twitter

ނޮނަގެނޭރިއަންގެ ފޮޓޯއިން ދައްކުވައިދޭ އުފާވެރި އިޙްސާސްތަކުން މިފޮޓޯތަކުން އޮންލައިން އެތައްފަރާތެއްގައި ހިތްތައް ލަންބުވައި، މުޅި އިންޓަނެޓްގައި މިފޮޓޯތައް ވައިރަލްވެ، އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްފައިވާ ނާއިބުރައީސާ، ކަމަލާ ހެރިސްގެވެސް ސަމާލުކަމަށްވެސް މިފޮޓޯތައް އައިސްފައި ވެއެވެ.

View post on Twitter

View post on Twitter

އިތުރު އަޕްޑޭޓެއްގެ ގޮތުގައި އެލީ ބުނެފައިވަނީ، އޭނާގެ ބައްޕަގެ އުފަންދުވަހުގެ ފޮޓޯތަކަށް ބެލުންތެރިން ފާޅު ކޮށްފައިވާ ލޯތްބާއި، އުފަންދުވަހުގެ ތަހުނިޔާތަކަށް ބައްޕަ ވަރަށް ބޮޑަށް އުފާވެފައިވެއެވެ. އެލީ އިތުރަށް ބުނެފައިވާގޮތުން، އޭނާގެ ބޭބެ ބައްޕަގެ ފޮޓޯތަކަށް މީހުން ކޮށްފައިވާ ކޮމެންޓްތައް ދެއްކުމުން، ބައްޕަގެ މޫނަށް ހިނިތުންވުން އައިސްފައިވެއެވެ. އޭނާގެ ބައްޕަ ބުނެފައިވާ ގޮތުން، އޭނާގެ ފޮޓޯތަކުގެ ސަބަބުން، ދިރިއުޅުމުގައި ހާސްކަމާއި މާޔޫސްކަން އެކުލެވޭ މީހުންގެ މޫނަށް ފަޅި ސިކުންތަކަށް ނަމަވެސް އުފާވެރިކަމުގެ އިޙްސާސެއް ގެނެވުނީތީ އޭނާ ވަރަށް ބޮޑަށް އުފާވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ