logoEN
cocacola
ކޮފީ މޭޒުން ތަޢުލީމު ހާސިލް ކުރާ ރޯނު އެދުުރުންގެ ވާހަކަ!

ކޮފީ މޭޒުން ތަޢުލީމު ހާސިލް ކުރާ ރޯނު އެދުުރުންގެ ވާހަކަ!

Admin

logo

12/27/2020, 10:17:43 AM

l_2020_03_20_124726_pe4ots5i392czr8awl7dnbqvxm6kufjg1hy_EN_

އަޅުގަނޑުމެން ދިވެހިންނަކީ ގިނަވަގުތު ކޮފީ މޭޒުތަކުގައި ވަގުތު ހޭދަ ކުރަމުންދާ ބައެކެވެ. މާލެ އަށް ބަލައިލި ކަމުގައިވިއަސް އަދި އަތޮޅުތެރޭ ރަށްތަކަށް ބަލައިލި ކަމުގައި ވިޔަސް ކޮފީ ބޯ މީހުން މި ރާއްޖޭގައި ވަރަށް ގިނަ އެވެ. ގިނަ ދިވެހި ފިރިހެނުނަށް އެންމެ ކަމުދާ އެއް ތަނެއް ކަމުގައި ކޮފީ ބޯ ތަންތަން ވެގެންދަނީ ހަމަ ގައިމުވެސް ގެއިން ކޮފީ ނުލިބޭތީ އެއް ނޫނެވެ. ގެއިން މީރު ކޮފީ ލިބެން ހުއްޓަސް ކޮފީ ބޯ ތަނަކަށް ދާން މި ޖެހެނީ މޮޅެތި ވާހަކަ ދެއްކުމުގެ ބޭނުމުގައި ކަން ޔަގީނެވެ.

ގޮސިޔާ

ދުވާލަކު މަދުވެގެން ދެތިން ކޮފީ އަށް އަރާ މީހާ ކޮންމެ ކޮފީ އަކަށް ގަޑި ދެގަޑި އިރު ހޭދަކުރާ ފިރިހެން ވެރިންނަކީ ޔުނިވާރސިޓީ ތަކުން ދޭ ސަނަދުތަކަށް ވުރެ މަތީ ފާހެއް ހޯދައިގެން ތިބޭ ބައެކެވެ. މިއަދުގެ ކޮފީ މޭޒުގައި އެމީހަކު ކުޅަދާނަ ކެޔޮޅަކަށް ވެދާނެވެ. އޭނައަށް ނޭނގެ ފަޅެއް، ގިރިއެއް، ދަތުރު ނުކުރާ ކަނޑެއް މި ރާއްޖޭގައި ނޯންނާނެވެ. މާދަމާ އެނާ ގައިނީ އަކަށް ވެދާނެވެ. އަންހެނުންގެ ޚާއްސަ ބަލިތަކުން ނޭނގޭ އެކައްޗެއްވެސް ނޯންނާނެވެ. އޭނާއާއި އެކު ކޮފީ ބޯން ދެން އިންނަ މީހަކަށް އޭނާ ގެ ކުޅަދާނަކަން ދައްކާލައެވެ. ކޮފީ މޭޒުގައި ދެކެވޭ ވާހަކައިގެ މައުޟޫ ރަނގަޅަށް ނޭނގުނަސް ހުރިހާ އެއްޗެއް އަމިއްލައަށް އެނގިގަނެގެން ވާހަކަ ދައްކާއިރު ދެންތިބީ އެ ކަމުގެ ހަގީގީ މާހިރުން ކަމެއްވެސް ގިނަ ފަހަރު ނޭނގެއެވެ. ސިޔާސީ ވާހަކައެއް ދެކެވޭ ނަމަ، އޭނާ އަށް ވުރެ ރަނގަޅަށް ސިޔާސީ ކަންތަކާއި އުކުޅު އިނގޭ މީހަކު ނުހުންނަކަން ސާބިތުކުރުމަށް ފަހު ކޮފީ ނިންމާލާފައި ތެދުވެގެން ދާއިރު ހިވާނީ ރައީސް ކަމުގެ ދައުރެއް ފުރިހަމަ ކޮށްފަ ދާ މީހެއްހެ ހެންނެވެ.

ކޮފީ މޭޒުތަކުގައި ބޮޑެތި ނިންމުން ތައް ނިންމައެވެ. ވިޔަފާރި ގެ ވާހަކަ އިތުރުން އަމިއްލަ ދިރިއުޅުމުގައި ނަގަން ޖެހޭ ބޮޑެތި ފިޔަވަޅުތައްވެސް ގިނަ ފިރިހެންވެރިން ނިންމާނީ ރަހުމަތްތެރިއަކާއި އެކު ކޮފީއެއްގައި ތިބެގެންނެވެ. ކޮންމެ ކަމަކާއި ގުޅިގެން ރަހުމަތްތެރިޔާއާއި ސުވާލެއް އަމާޒު ކޮށްލާ އިރަށް އެމީހެއްގެ ވާހަކަ ފަށާނެވެ. ވާހަކަ ވަރަށް ވެސް ފުރިހަމަ ވާނެވެ. އެކަމަކު ދެރަ ކަމަކީ ހުރިހާ އެއްޗެއް އިނގޭ މީހަ އަދި ކަން އޮންނަވީ ގޮތާއި ކުރަންވީ ގޮތް އިނގޭ މީހާ އަށް ކޮފީ މޭޒުގައި އެ ވާހަކަތައް ދެކެވިފަ އެއަށް އަމަލެއް ނުކުރެވެއެވެ. މިކަހަލަ ގިނަ މީހުންނަކީ ގިނަފަހަރު ތަނެއް ދޮރެއް ދަންނަ ބައެއް ނޫނެވެ. "ނޭނގެ" ބުނަން ލަދުން ހުރިހާ ކަމެއް އިނގޭ ރޯނު އެދުރެކެވެ.

ހަގީގަތަކީ މިއީއެވެ. މި ކުޑަ ކުޑަ ރާއްޖޭގައި ރޯނު އެދުރުން ވަރަށް ވެސް ގިނަވެއްޖެއެވެ. ނޭނގޭ އެއްކަމެއްވެސް ނޯންނައިރު ތައުލީމެއް ތަޖުރިބާއެއްވެސް ނެތެވެ. އަދި ދެރަކަމަކީ މި ހުރިހާއެއްޗެއް އިނގޭމީހައަށް ކުރެވޭ އެއްވެސް ކަމެއް ނޯވެއެވެ. މި ރޯނު އެދުރުންނަށް ފެންނާނީ ހުރިހާ ކަމެއްގެވެސް މައްސަލައެވެ. އެއިން އެއްވެސް ކަމެއްގެ ހައްލެއް ނުފެންނާނެއެވެ. ހައްލު ހޯދޭނެ ރަނގަޅު ގޮތެއް އިނދެލާފައި ބުނެލިޔަސް ރަނގަޅަށް ވިސްނައިފި މީހަކަށް އެއީ ދެކޮޅު ޖެހޭ ގޮތެއް ނޫންކަން އިނގޭނެވެ. އެކަމާއި ދެކޮޅަށް އެހެން މީހަކު އެއްޗެކޭ ބުނެފި ނަމަ ޖަދަލު ކޮށްގެން ވެސް "ރޯނު އެދުރު" ގޮތުގައި ހިފަހައްޓާނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ