logoEN
cocacola
މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

އަޙްމަދު ޖަމީލު

logo

12/20/2020, 5:57:24 PM

DSC_3397 copy

ގދ. ތިނަދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި އެވެ.

ގޮސިޔާ

ސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އެއް އޮޕަރޭޝަންގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 7 ރަބަރު ޕެކެޓާއެކު 47 އަހަރުގެ ފިރިހެނަކު ތިނަދޫން ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ބުނެއެވެ.

ލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ރަށުތެރެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވި ވަގުތު އޭނާ ހުރި ދިމާ ބިންމައްޗަށް އެއްޗެއް ވައްޓާލިތަން ފެނިގެން ފުލުހުން އެނަގާ ބެލިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތް ރަބަރު ޕެކެޓް ފެނުމާއި ގުޅިގެންނެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ