
Epqtf8iW4AYrJkj
ގއ. ވިލިނގިލީގެ ގެއެއްގެ ތެރޭގައި ހުރި ގޭސްފުޅިއަކުން ލީކުވެ، ގޮވުމެއް ގޮވައި، ގޭގެ ބިއްލޫރިތައް ތަޅައިގެން ގޮސްފިއެވެ.

އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު އެވެ.
އޮންލައިން ނޫސް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިލިނގިލީ ކައުންސިލަރު ހަބީބް ހަސަން ވިދާޅުވީ ބިއްލޫރިތައް ތަޅައިގެން ދިޔައީ ބަދިގެ ތެެރޭޭގައި ހުރި ގޭސް ފުޅިއަކުން ލީކުވެ ގޭސް ބާރުުވުމުގެ ސަބަބުން ކަމަށެވެ. އަދި ހާދިސާގަ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.
"ގާފު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެރަށު ގޯލްޑެން ހައުސް ކިޔާގެއެއްގެ ފުރަތަމަ ފަންގިފިލާގައެވެ.