ވެމްކޯ މުވައްޒަފަކު މުސްހަފެއް މަތީގައި ބޯއަޅައިގެން އޮތް ވީޑިއޯއެއް ދައުރުވަނީ

ކުނީގެ ކަންކަން މެނޭޖް ކުރާ ސަރުކާރުގެ ކުންފުނި ވެމްކޯގެ މުވައްޒަފަކު ހަތިމުތަކެއް މަތީގައި ބޯއަޅައިގެން އޮތް ވީޑިއޯއެއް މީސް މީޑިއާގައި އާއްމުވެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި "ހަތިމުތަކެއްގެ މަތީގައި ބޯއަޅައިގެން އޮށޯއްވެގެން އޮތީ ވެމްކޯގެ ބަންގްލަދޭޝް މުވައްޒަފެކެވެ." އަދި ވީޑިއޯ އިން ފެންނަ ގޮތުގައި ބޯދަށަށް ދެހަތިމު ލައިގެން އޭގެމަތީގައި ބޯއަޅާލައިގެން އޭނާ އޮތީ ފޯނާއި ކުޅޭށެވެ. އެ ވީޑިއޯ ނަގާފައި ވަނީ ވެމްކޯ ސައިޓްގައި މުއައްޒަފުން ނަމާދުކުރަން ހަދާފައި ހުރި މިސްކިތުގެ ތެރޭގައި ކަމަށް މީށްމީޑިއާގައި ބުނެފައިވެއެވެ.

ފަހަކަށް އައިސް މިސްކިތަކަށް އިހްތިރާމް ކުޑަވާގޮތައް ބައެއް މީހުންގެ އަމަލުތައް ހުންނަ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިސްކިތްތަކުގައި ކައިބޮއެ އުޅޭ މައްސަލަ އާއި މިސްކިތްތަކުގައި މީހުން ނިދުން އިތުރުވުމުން ބައެއް މީހުން މީސް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް