މިއޮތީ ޕިއްޒާ ފަރާޓާ ހަދާނެ ގޮތް!

ޕިއްޒާ އާއި ފަރާޓާ އަކީ ގިނަބަޔަކަށް ވަރަށް ކަމުދާ މީރު ދެ ކާއެއްޗެކެވެ. އެހެންކަމުން ފަރާޓާ އާއި ޕިއްޒާ އެއްކޮށްލައިގެން ތައްޔާރުކޮށްލާ މި ކެއުމަކީ ފަހަކަށް އައިސް ދިވެހިންގެ ތެރޭގައިވެސް މަގްބޫލު ކެއުމަކަށް ވެއްޖެއެވެ.

ބޭނުންވާނެ ތަކެތި:

  • 1 ސައިސަމުސާ ޔޯގަޓް
  • ޓިއްކާ ހަވާދު
  • ½ ސައިސަމުސާ ލޮނު
  • ލޮނު (ބޭނުންވާނެ ވަރަށް)
  • 4 ޖޯޑު ކަށިނެތް ކުކުޅު
  • 4 ޖޯޑު ފުށް– 1 ސައިސަމުސާ ތެޔޮ
  • 1 ½ ޖޯޑު މޮޒަރެއްލާ ޗީޒް (ގާނާފައި)
  • ½  ޖޯޑު ކެޕްސިކަމް (ކުދިކޮށް ކޮށާފައި)
  • ½ ޖޯޑު ޒުވާރި (ފެނު ކައްކާފައި)
  • ½ ފިޔާ (ކުދިކޮށް ކޮށާފައި)
  • ½ ޖޯޑު ޓޮމާޓޯ (ކުދިކޮށް ކޮށާފައި)
  • 3 ސައިސަމުސާ ޕިއްޒާ ސޯސް

ތައްޔާރުކުރާނެ ގޮތް:

1- ބޯތަށްޓެއްގެ ތެރެއަށް ފުށް، ލޮނު އަދި ބޭނުންވާވަރަށް ފެން އެއްކުރަމުން ފުށްގަނޑު މޮޑޭށެވެ. 10 މިނެޓް ވާންދެން ފުށްގަނޑު ބާއްވާށެވެ.

2- އެހެން ބޯތަށްޓެއްގެ ތެރެއަށް ކުކުޅު، ޔޯގަޓް އަދި ޓިއްކާ ހަވާދު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ތަވައެއްގެ ތެރެއަށް 1 ސައިސަމުސާ ތެޔޮ އެޅުމަށްފަހު ކުކުޅުކޮޅު ކައްކާފައި އެއްފަރާތެއްގައި ބަހައްޓާށެވެ.

3- ބޯތަށްޓެއްގެ ތެރެއަށް ކައްކާފައިހުރި ކުކުޅު، މޮޒަރެއްލާ ޗީޒް އަދި ކޮށާފައިހުރި ތަރުކާރީ އަޅައި ރަނގަޅަށް އެއްކޮށްލުމަށްފަހު އެއްފަރާތެއްގައި ބަހައްޓާށެވެ.

4- މޮޑުނު ފުށްގަނޑު ނަގައިގެން ރަނގަޅަށް ފުށްގަނޑު އަނެއްކާވެސް މޮޑެލުމަށްފަހު ކުދިކުދި ފަރާޓާ ހަދާށެވެ. އެއަށްފަހު ފަރާޓާ މަތީގައި ޕިއްޒާ ސޯސް ހާކައި، އޭގެ އެއްފަޅިއަށް ކުރިން ތައްޔާރުކުރި ތަރުކާރީއާއި ކުކުޅު އަޅާށެވެ. އަދި މޮޒަރެއްލާ ޗީޒް ވެސް އަޅާ ދެފަރާތް މަޅާލައި ރަނގަޅަށް އޮއްބާލާށެވެ.

5- ތަވައެއްގައި ތެޔޮ ނުވަތަ މާޖިރީން ކޮޅެއް ހޭޭކުމަށްފަހު ޕިއްޒާ ފިހެލާށެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް