logoEN
cocacola
ކްރިސްމަސް ފާހަގަކުރުމަކީ ﷲ ގެ އެއްކައުވަންތަކަން ގަބޫލުނުކުރުން: ޢިލްޔާސް

ކްރިސްމަސް ފާހަގަކުރުމަކީ ﷲ ގެ އެއްކައުވަންތަކަން ގަބޫލުނުކުރުން: ޢިލްޔާސް

އަޙްމަދު ޖަމީލު

logo

12/20/2020, 10:34:13 AM

Sheikh Ilyas Hussain

ކްރިސްޓިއަނުން ފާހަގަކުރަމުން އަންނަ އީދެއް ކަމުގައިވާ ކްރިސްމަސް ފާހަގަކޮށް، އެކަމަށް ތާއީދު ކުރުމަކީ ﷲ ގެ އެއްކައުވަންތަކަން ގަބޫލުނުކުރުން ފަދަ ކަމެއް ކަމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އިލިޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އިލްޔާސް މިހެން ވިދާޅުވީ ކްރިމަސް ފާހަގަ ކުރަން ކ.އަތޮޅު މާފުށީގައި ބަހައްޓާފައި ހުރި ގްރިމަސް ޓްރީއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލަ ހޫނުވެފައި ވަނިކޮށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އެގަސް ގެންދިއުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ އަށް ނިސްބަތްވާ އެހެން ބައެއް ބޭފުޅުން ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ސޫރަތުލް އަޙްޒާބްގެ 36 ވަނަ އާޔަތާއި އެއާޔަތުގެ މާނަ ވެސް ހިމަނުއްވައި އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިސްމަސް ފާހަގަ ކުރުމަށް ތާއީދު ކުރުމަކީ ﷲ ގެ އެއްކައުވަންތަކަން ގަބޫލު ނުކުރާކަމުގެ ހެއްކެއް ކަމަށެވެ.

އަދި ތިމާ ބޭނުންވާކަމެއް ހާސިލް ކުރުމަށް ގާނޫނުތައް ހެދިޔަސް އިލާހީ ގާނޫނާ ފުށުއަރާ ގާނޫނުތަކަށް މުސްލިމުން އަމަލު ކުރަން ނުޖެހޭނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

View post on Twitter

މި ދުވަސްވަރަކީ އައު އަހަރު ފެށުމާ ދިމާކޮށް ކްރިސްމަސް ފަދަ މާތް ވެގެންވާ އިސްލާމްދީނާ ޚިލާފު ހަރަކާތްތައް ހިންގަމުން ދާ ދުވަސްވަރަކަށް ވެފައިވާއިރު، މިފަދަ ކަންކަމަކީ ކަނޑައެޅިގެން އިސްލާމްދީނާ ޚިލާފު ކަންކަމެވެ. އެހެން ނަމަވެސް ޓޫރިސްޓުން އުޅޭ ރިސޯޓު ތަކުގައި މިފަދަ އެތައް ހަރަކާތް ތަކެއް އަންނަނީ ހިންގަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ