logoEN
cocacola
ޔާމީން ޖަލަށްލީ ދުވަހު ނަޝީދު ޕާޓީ ބާއްވާއި އުފާފާޅު ކުރި: ޝުއައިބު

ޔާމީން ޖަލަށްލީ ދުވަހު ނަޝީދު ޕާޓީ ބާއްވާއި އުފާފާޅު ކުރި: ޝުއައިބު

އަޙްމަދު ޖަމީލު

logo

12/19/2020, 7:24:36 PM

Shuaib-850x548

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލަށް ލުމުން ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިޅިހުގެ ރައީސް މުޙައްމަދު ނަޝީދު އުފާ ފާޅު ކުރެއްވި ކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ކުރީގެ ނައިބު މުގައްރިރުގެ ޝުއައިބު އަލީ ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އެމްޑީޕީގެ ހަރުގޭގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ކުރީގެ ރައީސުން ޖަލަށްލުމަކީ އެމަނިކުފާނު އެއްވެސް ގޮތަކަށް އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށާއި އެ ސަގާފަތް އެމަނިކުފާނުގެ ވެރިިކަމުގައި ދަމަހައްޓަވާފައިވާނެ ކަމަށެވެ.

އެވާހަކަތަކާ ގުޅިގެން ޝުއައިބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ޖަލަށްލާން ހުކުމް ކުރި ދުވަހު ރައީސް ނަޝީދު ޕާޓީ ބާއްވާ އުފާ ފާޅުކުރި ކަމަށެވެ. ރައީސް ނަޝީދު ދޮގު ނުހެއްދެވުމަށް ވެސް އެދިވަޑައިގަންނަވަމުން ޝުއައިބު ވިދާޅުވީ ގާތް އިޚްލާސްވެރި މީހުންނަށް މަކަރާ ހީލަތް ހެދޭނީ ވެސް ވަކި ވަރަކަށް ކަމަށެވެ.

View post on Twitter

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސުން ޖަލަށް ލުމަކީ އެމަނިކުފާނު އެއްވެސް ގޮތަކަށް އެދިވަޑައިގަންނަވާ ކަމެއް ނޫން ކަމަށާއި އެސަގާފަތް އެމަނިކުފާނުގެ ވެރިިކަމުގައި ދަމަހައްޓަވާފައި ނުވާނެ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ