ގއ. މާނަގަލާ ކައިރިއަށް ގެނބުނު 13 އަހަރުގެ ކުޑަ ކުއްޖެއްގެ ހާލު ސީރިއަަސްވެ ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
އެ އަތޮޅު ހޮސްޕިޓަލަށް އެ ކުއްޖާ ގެންގޮސްފައިވަނީ އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމުގައެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި ކުއްޖާ ގެނބެމުން ދަނިކޮށް ސަލާމަތް ކުރީ ކުއްޖާގެ އާއިލާގެ މީހެއް ކަމަށާއި އެހާދިސާގެ މައުލޫމާތު ލިބުނީ މިއަދު 13:53 ހާއިރު ކަަށެވެ.
މިހާދިސާގައި ގެނބުނީ އަންހެން ކުއްޖެއް ކަމެއް ނުވަތަ ފިރިހެން ކުއްޖެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ސިފައިން ބުނި ގޮތުގައި ގއ.އަތޮޅު ހޮސްޕިޓަލަށް ކުއްޖާ ގެންދިޔައީ ނޭވާ ލާން އުނދަގޫ ވާތީ އިތުރު ފަރުވާ ދިނުމަށެވެ.
Post Views: 1,019