logoEN
cocacola
އެމްޑީޕީ އަބަދުވެސް އޮންނާނީ ވާދަކޮށްލާނެ އިންތިހާބެއް ނުލިބިގެން: ނަޝީދު

އެމްޑީޕީ އަބަދުވެސް އޮންނާނީ ވާދަކޮށްލާނެ އިންތިހާބެއް ނުލިބިގެން: ނަޝީދު

އަޙްމަދު ޖަމީލު

logo

12/19/2020, 12:26:38 PM

mohamed nasheed anni

އެމްޑީޕީ އަބަދުވެސް އޮންނާނީ ވާދަކޮށްލާނެ އިންތިހާބެއް ނުލިބިގެން ކަމަށާއި ލޯކަލް ކައުންސިލް އިންތިހާބު 50 ޕަސެންޓަށްވުރެ މަތިން ކާމިޔާބު ކުރާނެ ކަމަށް މަޖިލިސް ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ނަޝީދު މިހެން ވިދާޅުވެފައިވާނީ އިއްޔެ އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ މަޖިލިސް އިންތިހާބަށްވުރެ، ކައުންސިލް އިންތިހާބުގައި އެމްޑީޕީން ހޯދާ ކާމިޔާބީ ބޮޑުވާނެ ކަމަށެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ ކައުންސިލްތަކުގެ އިންތިހާބު ލަސްނުކޮށް، ވީހާވެސް އަވަހަކަށް ބޭއްވުމަށް އުންމީދު ކުރައްވާ ކަމަށާއި އަންނަ އަހަރުގެ މާޗް މަހުގެ ކުރީކޮޅު ބޭއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ކައުންސިލް އިންތިބާހު ވަރަށް ބޮޑު އަގުލަބިއްޔަތަކުން އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށާއި، އެމްޑީޕީ އަބަދުވެސް އޮންނާނީ ވާދަކޮށްލާނެ އިންތިހާބެއް ނުލިބިފައި ކަމަށާއި ކޮންމެ އިންތިހާބެއް ކުރިމަތިވިޔަސް އެމްޑީޕީ އޮންނާނީ ތައްޔާރަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވަން ހަމަޖައްސާފައިވަނީ މި އަހަރުގެ އެޕްރީލް މަހުގައެވެ. އެހެންނަމަވެސް އިންތިހާބު ފަސްކޮށްފައި ވަނީ މުޅި ދުނިޔޭގައި ވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19 އިގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ