logoEN
cocacola
ގައްދޫ އަދި ވާދޫގެ ސާފަރުންނަށް ސާފް ޝެކް ތަރައްގީކުރަނީ

ގައްދޫ އަދި ވާދޫގެ ސާފަރުންނަށް ސާފް ޝެކް ތަރައްގީކުރަނީ

އަހުމަދު ޝުރާއު

logo

11/10/2020, 2:20:04 PM

ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ އަދި ވާދޫގެެ ސާފަރުންނަށް ސާފް ޝެކް ނުވަތަ ސާފް ހައުސް ހެދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި.

ގޮސިޔާ

މި ދެރަށުގައި ވަކިވަކިން ތަރައްގީކުރުމަށް ހަމަޖެހިފައިވާ ސާފް ޝެކްތަކަށް ޖުމްލަ ހޭދަވާނެކަމަށް ބަޖެޓުގައި ހިންމަނާފައިވަނީ 5 ލައްކަ ރުފިޔާއެވެ. މިއީ ކޮންމެ ރަށަކަށް 250،000 ގެ ގޮތުގައެވެެ. މި ޕްރޮޖެކްޓް ކުރިޔަށް ގެެންދިއުމަށް ލަފާކޮށްފައިވަނީ ޑޮމެސްޓިކް ބަޖެޓްގެ ތެރެއިންނެވެ.

މި ޕްރޮޖެކްޓަކީ ވެދުވެދިޔަ އަހަރު ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް އިއުލާން ކުރެއްވި ޕްރޮޖެކްޓެކެވެ. ސާފިންގް އެސޯސިއޭޝަންއާއި ގުޅިގެން ކުރިޔަށް ގެންދާ މި ޕްރޮޖެކްޓް މިދެެރަށުގެ އިތުރުން އިތުރު 4 ރަށެއްގައި ކުރިޔަށްދާނެއެވެ. އެއީ ފުވައްމުލަށް ސިޓީ ، ނ. ޅޮހި، މ. މުލި އަދި ލ. މާބައިދޫ އެވެ. އަންނަ އަހަރަށް ލަފާކުރި ބަޖެޓުގައި މި 4 ރަށްވެސް ވަނީ ހިމަނާފައެވެ.

މި ޕްރޮޖެކްޓްތަކުގެ ދަށުން ސާފް ސްޕޮޓްތައް ގާއިމުކުރާ ސަރަހައްދުތަކުގައި ރާޅާއެޅުންތެރިންނަށް ހަޓުތަކުގެ އިތުރުން ސާފް ބޯޑު ރެކްތަކެއް ބެހެއްޓިގެންދާނެ ކަމަށްވެސް މިނިސްޓަރ މަހްލޫފް ވަނީ ކުރިން ވިދާޅުވެފައެވެ.

ގދ ވާދޫ އާއި ގދ ގައްދޫއަކީ ރާއްޖޭގައި ސާފިންއަށް މަޝްހޫރު 2 ރަށެެވެ. މި ޕްރޮޖެެކްޓާއި އެކު މި އަތޮޅުގެ ސާފަރުންނަށް ގިނަ ފުރުސަތު ތަކެއް ހުޅުވިގެންދާނެެއެވެ.

ސާފިންގ އަކީ ރާއްޖެއަށް ބައިނަލްއަގުވާމީ ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ކުޅިވަރަކަށް ވާއިރު ސާފިންގ އަށް މީގެކުރިން މާބޮޑު އަހައްމިއްޔަތު ކަމެއް ދީފައިނުވާ ކުޅިވަރެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ