ދެ ފާރު ދޭތެރޭގައި ތާށިވެފައި އޮތް ބުޅަލެއް ސަލާމަތް ކޮށްފި

ދެ ފާރު ދޭތެރޭގައި ހުރި ކުޑަ ކުޑަ ޖާގައެއްގައި ތާށިވެފައި އޮތް ބުޅަލެއް އިގިރޭސިވިލާތުގެ އަލިފާން ނިއްވާ މީހުން ސަލާމަތް ކޮށްފިއެވެ.

އިގިރޭސިވިލާތުގެ އަވަށެއްގައި ސަލާމަތްކުރި މި ބުޅަލަށް މި ބުޅާ ސަލާމަތް ކުރި މީހުން ދީފައިވާ ނަމަކީ ޑިކްސީއެވެ. ޑިކްސީ ސަލާމަތް ކުރުމަށްޓަކާ ފާރުން ބައެއް ގާތައް ނައްޓަން ޖެހުނު އިރު އެ ކުޑަ ދޭތެރޭގައި އެ ބުޅާ ތާށިވި ގޮތެއް އެއްވެސް ބަޔަކަށް ނޭނގެއެވެ.

އެއްވެސް އަނިޔާއަކާ ނުލާ ޑިކްސީ ވަނީ ސަލާމަތް ކޮށްފައެވެ. ސަލާމަތް ކުރުމަށްފަހު އެ ބުޅާ ގެންދިޔައީ ފަޔާ ސްޓޭޝަނަށެވެ. އެތަނުން އެ ބުޅާ ހަވާލުކުރީ ޖަނަވާރުން ހިމާޔަތްކޮށް ބަލަހައްޓާ ބަޔަކަށެވެ. އަދި ފަހުން އެ ބުޅާ ވަނީ އޭގެ ވެރި ފަރާތާ ހަވާލުކޮށްފައެވެ.

އެ ބުޅާ ސަލާމަތް ކުރި އަލިފާން ނިއްވާ މީހުން ބުނީ އެ ދޭތެރޭގައި ބުޅާ ތާށިވެފައި އޮތް އިރު އެ އޮތީ ވަރަށް ބޮޑަށް ބިރުގަނެ ހާސްވެފައި ކަމަށެވެ. އަދި ނަސީބަކުން އެ ބުޅާ ވަނީ ވަރަށް ކާމިޔާބު ކަމާއެކު ސަލާމަތް ކުރެވިފައި ކަމަށެވެ.

އެ ޤައުމުގެ އަލިފާން ނިއްވާ މީހުންނަކީ މިފަދައިން ވަރަށް ގިނަ ޖަނަވާރު ހިމާޔަތް ކޮށް ސަލާމަތް ކުރުމުގައި ބައިވެރިވާ ބައެކެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް