ހަވަރު ސްޕޯޯޓްސް އާއި ތިނަދޫ ސްޓޭޭޑިއަމް ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ފުޓްބޯޅަ މުބާރާތް " ހަވަރު ޔޫތް ކަޕް 2020 " ގައި ޓީމުތަކުގެ ޓީމް ލިސްޓު ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ ސުންގަޑި ހަމަވި އިރު ޖުމުލަ 8 ޓީމަކުން މުބާރާތުގައި ބައިވެރިވުމަށް ޓީމު ލިސްޓު ހުށަހަޅައިފި އެވެ.
25 ޑިސެމްބަރ 2020 އިން 09 ޖެނުއަރީ 2021 އާއި ހަމައަަށް ތިނަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމަށް ޓީމު ލިސްޓުތަށް ހުށަހަޅާފައިވަނީ މުބާރާތުގައި ބައިވެރިވުމަށް ނަން ނޯޓު ކުރި 8 ޓީމެވެ. އޭގެ ތެރޭގައި ތިނަދޫ އަށް ނިސްބަތްވާ 4 ޓީމާއި ގދ. ކާޑެއްދޫ ގެ ޓީމަކާއި ގދ. ހޯޯނޑެއްދޫ ޓީމަކާއި ގދ. މަޑަވެލި ޓީމެއްގެ އިތުރުން ގދ. ގައްދޫއިން ވެސް ވަނީ ޓީމެއް ބައިވެރިވެފައެވެ.
ޓީމުތަކުގެ ޓީމް ލިސްޓުތަށް ހުށަހެޅުމުގެެ ސުންގަޑި ހަމަވެފައިވަނީ 18 ޑިސެމްބަރ 2020 ވަނަ ދުވަހުގެ ރޭ 22:00 އަށެެވެ. ތިނަދޫގެ ޓީމުތަކުން ހުށަހެޅި ޓީމު ލިސްޓުތަކާއި ތިނަދޫ ސްޓޭޑިއަމްގެ ފަރާތުން ހަވާލުވީ ޔޫތް މިނިސްޓްރީގެެ އެގްސެކިއުޓިވް މުހައްމަދު ވިފާގް އެވެ.
މުބާރާތުގައި ބައިވެރިވި ޓީމްތަށް :
- ފޮއިނިކްސް އެފްސީ – ގދ. ގައްދު
- ހޯނޑެއްދޫ އެެފްސީ – ގދ. ހޯނޑެއްދޫ
- މަޑަވެލި އެފްސީ – ގދ. މަޑަވެލި
- އެފްސީ ނޯޗޮއިސް – ގދ. ތިނަދޫ
- ކާޑެއްދޫ އެެފްސީ – ގދ. ކާޑެއްދޫ
- އާރްއެފްސީ – ގދ. ތިނަދޫ
- ޑީއެފްސީ – ގދ. ތިނަދޫ
- އެފްސީ ނޮދާން ސްޓާރ – ގދ. ތިނަދޫ
މި މުބާރާތުގެ އެއްވަނަ އަށް ދާ ޓީމްއަކަށް ވިހި ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ލިބެއެވެ. އަދި ދެވަނައަށް ދާ ޓީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެެހިފައިއެވެ.
ހަވަރު ޔޫތް ކަޕް 2020 ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ "ގާފު" އޮންލައިން އެެވެ. ގާފު އޮންލައިންއިން މުބާރާތާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.